Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހްމަދު އަދީބް

ދޫނިދޫ ޖަލުގައި އަދީބު އޮންނެވި ފޮޓޯ އާންމުވި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

4 ޖުލައި 2017 | އަންގާރަ 04:59

އަދީބް ޖަލުގައި އޮންނެވި ފޮޓޯ އާންމު ކުރީ މަހުލޫފް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 4 ޖުލައި 2017 | އަންގާރަ 04:59
އަދީބު ޖަލުގައި އޮންނަވާ ފޮޓޯއެއް

އަދީބު ޖަލުގައި އޮންނަވާ ފޮޓޯއެއް

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ދޫނިދޫ ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށް މޯޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ފޮޓޯއިން ފެންނަ ޖަލުގޮޅިއަކީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެން ކަމުން އަދީބު އޮންނެވި އެ ޖަލު ގޮޅީގެ ފޮޓޯ އާންމުވި ގޮތް ހޯދުމަށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކުރީގެ ނައިބް ރައީސް ދޫނިދޫގައި ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްއެވެ.

އެ ފޮޓޯއިން ފެންނަނީ އަދީބު އައްޓެއްގައި އޮށާވެލައިގެން އޮންނެވި މަންޒަރެވެ. އަދި ކަނެއްގައި މޭޒެއް ހުންނައިރު އެ މޭޒުގައި ފޮތްތަކެއް ބަހައްޓާފައިވާކަން އެ ފޮޓޯއިން އެނގެއެވެ.

މަޚްލޫފު މީގެ ކުރިން ވިދާޅުވީ އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން ސިއްހީ ހާލަތު ގޯސްކޮށް އަވަހާރަކޮށްލަފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށެވެ. އަދީބުގެ އާއިލާގެ ބޭފުޅުންނާއި އޭނާ ބައްދަލުކުރެއްވި ކަމަށާއި އަދީބުގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ.

ސަރުކާރުން އަދީބުގެ ބޭސްފަރުވާއަށް، ރާއްޖެއިން ބޭރަށް މިހާރު ނުފޮނުއްވި ކަމުގައި ވިއަސް 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު ފޮނުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މަޚްލޫފު ވިދާޅުވިއެވެ.

ޖަލުގައި އަދީބާއި މަޚްލޫފާ ދެމެދު ވާހަކަތައް ދެކެވިފައިވާ ކަމަށާއި އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއަކީ ޖަލުތެރޭގައި ދެކެވުނު ވާހަކައިގެ ތެރެއިން އެއް ވާހަކަ ކަމަށް ވެސް މަޚްލޫފު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް