Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ އެއަރޕޯޓާއި ސީޕޯޓް ޕްރައިވަޓައިޒް ކުރުން

އައްޑޫގެ އެއަރޕޯޓާއި ސީޕޯޓް ޕްރައިވަޓައިޒް ކުރުމަށް ހުށަހެޅި ގަރާރު ފާހެއް ނުވި

އެންމެ ފައިދާވާނެ ގޮތަކަށް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 10:09
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް

ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ ގަރާރު ފާހެއް ނުވިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. މި ގަރާރުގައި ބުނެފައިވަނީ މިއީ އައްޑޫގެ އެއަރޕޯޓާއި ސީޕޯޓް ޕްރައިވެޓައިޒްކޮށް، އައްޑޫ ސަރަހައްދަށް އައްޑޫ ރައްޔިތުންނާއި އަދި ސަރުކާރުން ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނެސްދިނުމަށް އެދި ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.

އަދި އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުމަށާއި، އެ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި އެ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީކުރެވޭނީ އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީކޮށް، އެއަރޕޯޓާއި ސީޕޯޓާއި އަދި ޓޫރިޒަމާ ކަނެކްޓިވިޓީ އިތުރުކޮށްގެންކަމަށެވެ.

އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި، މިގޮތުން އައްޑޫ އެއަރޕޯޓް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފަޔަރ ސްޓޭޝަން ބިލްޑިންގ ހެދުމާއި، ޑޮމެސްޓިކް ޓަރމިނަލްއާއި އަދި އިންޓަރނޭޝަނަލް ޓަރމިނަލް ހެދުމާއި، އެއަރޕޯޓް އެކްސަސް ރޯޑް ހެދުންވެސް ހިމެނޭކަމާއި، މީގެ އިތުރުން އައްޑޫ އެއަރޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އައްޑޫ އެއަރޕޯޓާއި ސީޕޯޓް ތަރައްގީކުރުމަށް ގިނަގުނަ ހަރަދުތަކެއް ހިނގާނެކަމާއި، އަދި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ މި ދަނޑިވަޅުގައި ސަރުކާރުން މި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް ދަތިވާނެކަމަށް ބެލެވޭކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުވުމުން ފައިދާވާނެކަމަށް ގަބޫލުކުރެވޭ ކުންފުނިތައް ކަނޑައަޅައި އެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ދިރަސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާއިރު، އައްޑޫ އެއަރޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވަޓައިޒްކޮށްފިނަމަ އައްޑޫ ރައްޔިތުން އެދެމުންދާ ތަރައްގީ އެސަރަހައްދަށް ގެނެވޭނެ ކަމަށެވެ.

އަދި ސަރުކާރުން އައްޑޫ ސަރަހައްދަށް ގެންނަން ތަސައްވަރުކުރާ ތަރައްގީ ގެނެވި، އައްޑޫ އެއަރޕޯޓާއި ސީޕޯޓުން ސަރުކާރަށް ފައިސާވަނުން އިތުރުވެ، ކަމުގެ ގާބިލުކަން އަދި ތަޖުރިބާ ހުރި ފަރާތެއްގެ ބައިވެރިވުމާއެކު، އެ ކުންފުނިތައް ރީސްޓްރަކްޗަރކޮށް އެފިޝަންޓްވެގެންދާނެކަމަށް ބެލެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން އައްޑޫ އެއަރޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ޕްރައިވަޓައިޒްކުރުމުގެ އޮޕްޝަންތަކަށް ރިއާޔަތްކޮށް މީގެ ތެރެއިން އެންމެ ފައިދާވާނެ ގޮތަކަށް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ގަރާރު ހުށަހަޅާފައިވެއެވެ.

މި ގަރާރަށް އަންގާރަ ދުވަހު ނެގި ވޯޓުގައި ބައިވެރިވިވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 34 މެންބަރުން ވަނީ ގަރާރު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ. މި ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. އަދި 12 މެންބަރަކު ވޯޓު ދެއްވާފައި ނުވެއެވެ.

އައްްޑޫ ސިޓީގަން އިންޓަރނޭޝަނަލް އެއަރޕޯޓްގަން ރީޖަނަލް ޕޯޓްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު