Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާއިން ނަގާ ލޯނު

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް

ޗައިނާގެ (ބީއާރުއައި) މަޝްރޫއުގެ ދަށުން، އޭޝިޔާއާއި ޕެސިފިކްގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދީފައިވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 އެޕްރީލު 2018 | އާދީއްތަ 07:52
ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ- މީ ޗައިނާގެ ލޯން އަދި ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެއް

ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ- މީ ޗައިނާގެ ލޯން އަދި ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެއް

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވުމަށް ވޯލްޑް ބޭންކްގެ އިރުމަތީ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ސުދީރު ޝެޓީ ގޮވާލައްވައިފިއެވެ.

ޗައިނާއިން ކުރިއަށް ގެންދާ ރޯޑް އެންޑް ބެލްޓް އިނިޝިއޭޓިވް (ބީއާރުއައި) މަޝްރޫއުގެ ދަށުން، އެގައުމުން ވަނީ އޭޝިޔާއާއި ޕެސިފިކްގެ ގައުމުތަކަށް އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދޫކޮށްފައެވެ.

Advertisement - newsAdvertisement

ރާއްޖެއަަކީ ވެސް ޗައިނާ ސަރުކާރުން ލޯނު ނަގައިގެން ބްރިޖް ފަދަ ބޮޑެތި މަޝްރޫއުތަކާއި އަދި މިނޫންވެސް ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ގައުމެކެވެ.

ޗައިނާގެ މައިގަނޑު ގޮތެއްގައި މިލޯނުތައް ދޫކޮށްފައި ވަނީ ޗައިނާ ދެކުނު އިރުމަތީ އޭޝިއާ އާއި، އެފްރިކާއާއި، ޔޫރަޕާ ގުޅުގުވައިދޭ މަގުގައި ހިމެނޭ ގައުމު ތަކުގެ އާބާތުރަ ފިލުވުމަށެވެ. މީގެ ބޭނުމަކީ ޗައިނާގެ ވިޔަފާރިއަށް މަގު ފަސޭހަކޮށްދިނުމާއި ލޯން ލިބޭ ގައުމުތަކުގައި ޗައިނާގެ ނުފޫޒު ގަދަކުރުމެވެ. އޭޝިއާ ޕެސިފިކް ޤައުމުތަކުން މިކަމަށް ސަމާލުވުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ ބީއާރުއައި މަޝްރޫއަކީ ބޮޑު އުއްމީދެއް އެއާމެދު ކުރެވޭ މަޝްރޫއަކަށް ވިޔަސް، މިމަޝްރޫއުގެ ދަށުން ހިންގޭ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ފައިދާ ހޯދޭނެ އެހެން ވަސީލަތްތައް ވެސް ގާއިމްކުރަން ޖެހޭ ކަމަށެެވެ. ވޯލްޑް ބޭންކުން ފާހަގަ ކުރާގޮތުގައި އެންމެ ކަންބޮޑުވާ އަނެއް ކަމަކީ ބައެއް ގައުމުތަކުން ނަގަމުންދާ ލޯނުތައް ބޮޑުވުމެވެ. ޝެޓީ ވިދާޅުވިގޮތުގައި، ޗައިނާއިން ލޯނު ނަގައިގެން ގައުމުތަކުން ހިންގާ ހުރިހާ މަޝްރޫއުއަކީ ރަނގަޅު މަޝްރޫއުތަކެއް ނޫނެވެ.

"މި މަޝްރޫއުތައް ހިންގަން މިލިބޭ ލޯނުތަކަށް ކިހާ ހޭދައެއް ކުރަން ޖެހޭބާ؟ މި ލޯނުތައް މިދޫކުރެވެނީ ކިހާވަރަކަށް ހާމަކަން ބޮޑު ޝަރުޠުތަކަކާއެކުބާ؟ ޝެޓީ ސުވާލު އުފައްދަވައެވެ.

ޗައިނާއިން ވަނީ އޭޝިޔާއާއި، އެފްރިކާއާއި، ޔޫރަޕުގައި ހިންގޭ ބީއާރުއައިއާ ގުޅުން ހުރި މަޝްރޫއުތަކަށް 300 ބިލިއަން ޔޫއެސް ޑޮލަރު ޚަރަދުކޮށްފައެވެ. މިއަދަދު 1 ޓްރިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

"ދަތުރު ފަތުރާ ގުޅުން ހުރި ހުރިހާ މަޝްރޫއުތަކަކީ ރަނގަޅު މަޝްރޫއުތަކެއް ނޫން. ހުރިހާ ގުޅުންތަކަކުން ލިބޭ އެއްޗަކީ އީޖާބީ އެއްޗަކަށް ނުވެދާނެ"

އޭނާ އިތުރަށް ވިދާޅުވިއެވެ.

މިފަދަ ލޯނުތަކުގެ ނޭދެވޭ ނަތީޖާގެ އެއް މިސާލަކީ ސްރީލަންކާގެ ހަންބަންތޯޓާ ބަނދަރެވެ. މި ބަނދަރަކީ ޗައިނާގެ ބޮޑު މާސިންގާ ލޯނު މަޝްރޫއެކެވެ. ޤައުމުތައް ދަރަނިވެރިވެ، ޗައިނާއަށް ފައިދާވުމުގެ އެންމެ މަޝްހޫރު އެއް މިސާލެވެ. ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިގެން ސްރީލަންކާގެ ދެކުނުގައި ޗައިނާއިން ޤާއިމްކުރި ހަންބަންތޯޓާ ބަނދަރު ޖެހުނީ 99 އަހަރަށް ޗައިނާއަށް ކުއްޔަށް ދޭށެވެ.

މީގެ އިތުރުން ވެސް އޭޝިއާ، އެފްރިކާ އަދި އިރުމަތީ ޔޫރަޕްގައި ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހުނު ބައެއް ޕްރޮޖެކްޓްތައް އެޤައުމުތަކުން ބޭނުންވެގެން ވަނީ ކެންސަލް ކޮށްފައެވެ. އަދި އަނެއް ބައި ޕްރޮޖެކްޓްތައް ވަނީ މަޑުޖައްސާލާފައެވެ. ޕާކިސްތާން ފަދަ ޗައިނާގެ އެހީއަށް ބަރޯސާވެފައިވާ ޤައުމަކުން ވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއްގެ ގޮތުގައި ހިމެނޭ ޕްރޮޖެކްޓެއް ކެންސަލް ކުރުމުން، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި މައްސަލަތައް އުޅޭކަން ހާމަވާ ކަމަށް މުހައްލިލުން ބުނެއެވެ.

ހަންބަންތޯޓާ ބައިނަލްއަގުވާމީ ބަނދަރަކީ ޗައިނާގެ 1.3 ބިލިއަން އެމެރިކާ ޑޮަލަރުގެ ލޯނަކުން ހަަދާފައިވާ ބަނދަރެކެވެ. ޗައިނާގެ ދެ ކުންފުންޏަށް 99 އަހަރަށް އެ ބަނދަރު ދިނީ 1.1 ބިލިއަން ޑޮަލަރުގެ އެއްބަސްވުމެއްގެ ދަށުންެނެވެ. ސްރީލަންކާގެ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ

ރާއްޖޭގައިވެސް ހަދަމުންއަންނަ އިންފްރާސްޓްރަކްޗާ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ބްރިޖް މަޝްރޫއަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. އަދި މި ނޫނަސް ޗައިނާއިން ބޮޑެތި ބިޔަ ލޯނުތައް ނަގައިގެން ރާއްޖޭގައި މެގަ ޕްރޮޖެކްޓް ތައް ދަނީ ހިންގަމުންނެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ޕްރޮޖެކްޓް އަކީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ޕްރޮޖެކްޓެވެ. އެތަން ތަރައްގީ ކުރަން ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ. މުޅިން ލޯނު ނަގައިގެން ހިންގާ މި މަޝްރޫއަށް ޗައިނާ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނެވެ. އެ ލޯނު ފައިސާ އިން ހަދާ 3.2 ކިލޯމީޓަރުގެ އާ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ

ވޯލްޑް ބޭންކްގެ އިރުމަތީ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ސުދީރު ޝެޓީ ވިދާޅުވީ އޭނާ އަބަދުވެސް އެދޭނީ އޭޝިއާއަށް ތަރައްގީ ކަމަށެވެ. އެހެން ނަމަވެސް ލޯނު ނަގައިގެން ހިންގާ ބިޔަ މަޝްރޫއުތައް ވިސްނުންތެރިކަމާއެކު ހިންގުމަށާއި، އަދި އެކަމުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނުން ބެހެއްޓުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު