Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިހާބަށް ނުފޫޒު ފޯރުވުން

އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާކަމަށް ބުނެ ގަރާރެއް ހުށަހަޅައިފި

އިންތިހާބުތައް އިންސާފުވެރިކުރުމާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް އެކަން ސަރުކާރުން ތަންފީޒުކުރަމުންދާކަމަށް ނުފެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 06:18
ލޯކަލް ކައުންސިލް އިންތިޚާބު 2020

ލޯކަލް ކައުންސިލް އިންތިޚާބު 2020

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

Advertisement - newsAdvertisement

މި ގަރާރުގައި ބުނެފައިވަނީ ޑިމޮކްރަސީގެ މައިގަނޑު އެއް އަސާސްއަކީ މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު އަދި އިތުބާރުކުރުވަނިވި އިންތިހާބު ބޭއްވުމަށް ޖާގަ ކަށަވަރުވެފައި އޮތުން ކަމަށްވުމާއި، ގާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ވޯޓުދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުގުގެ ކަށަވަރުކަން ދިފައިވުމުން، އެއީ މިނިވަން އަދި އިންސާފުވެރިކޮށް ހިނގާ ޕްރޮސެސްއަކަށް ވާންޖެހޭނެކަން އެނގޭ ކަމަށެވެ.

އަދި ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ހަމަހަމަކަން ކަށަވަރުކޮށްދީފައިވުމާއި، 8 ވަނަ މާއްދާއިން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމާއި، ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބުނެދީފައިވީހިނދު، އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދިއުމާމެދު، އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން އަދި މަދަނީ ޖަމިއްޔާތަކުން އާންމުކޮށް މިހާތަނަށް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިތުބާރުކުވަނިވި ހައްލެއް ދައުލަތުން ނުވަތަ ސަރުކާރުތަކުން ހޯދައި ދީފައިވާ ނުވާ ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ސަރުކާރަށް އައުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިންތިހާބުތައް އިންސާފުވެރިކުރުމާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް އެކަން ސަރުކާރުން ތަންފީޒުކުރަމުންދާކަމަށް ނުފެންނާތީއާއި، އެކަމުގައި ސާފު ސިޔާސަތެއް ގެންގުޅޭކަން ވެސް އެނގެން ނެތުމާއި، އަދި މި ސަރުކާރުން ވެސް އިންތިހާބުތަކަށް ނުފޫޒުފޯރުވުމުގެ އަމަލުތައް ހިނގާކަމުގެ ތުހުމަތު ބޮޑުވެފައިވާ ކަމަށެވެ.

މި ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އަދި ސަރުކާރުގެ އެނޫން ބޭފުޅުން ވާދަކުރައްވާ އިންތިހާބުތަކުގެ ކެމްޕޭން ދަތުރުތައް ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައްވައިގެން ކުރެއްވުމާއި، އެފަދައިން އެކޮށްލައްވައިގެން ދަތުރުކުރެއްވުމުގެ ބޭނުމަކީ ދައުލަތުގެ ފައިސާއާއި ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރެވޭ ގޮތް އޮޅުވާލެއްވުން ކަމަށް ދެކޭތީއާއި، އަދި އެއީ އިންތިހާބަށް ނާޖާއިޒް ނުފޫޒާއި ބާރު ފޯރުވުންކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

އަދި އިންތިހާބުތަކުގައި ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރުގެ ކުންފުނިތަކުގައި، އެތަންތަނުގެ ވަސީލަތްތައް ބޭނުންކޯށްގެން ކެމްޕޭނުގެ ހަރަކާތްތައް ފުޅާ މިނެއްގައި ހިންގަމުންދާއިރު، އަދި އިންތިހާބުތަކުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް އެތައް ގުނައަކުން އިތުރުކޮށް ވަޒިފާތައް ހުށަހަލައިގެން އިންތިހާބުތަކަށް ނުފުޒު ފޯރުވަމުންދާތީއާއި، އަދި ސަރުކާރު ބޭނުންވާ ކެންޑިޑޭޓަކަށް ތާއިދުކޮށް ކެމްޕޭންކުރުމަށް މަޖުބޫރުކުރުވުމާއި، އެގޮތަށް އެކަން ނުކޮށްފިނަމަ ސަރުކާރުގެ ސިޔާސީ ވަޒީފާގައި ދެމިނުހުރެވޭނެކަމުގެ އިންޒާރުދެމުންދާ ކަމަށެވެ.

ހަމައެފަދައިން، އިންތިހާބުތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި، އެސްއެމްއީ ލޯނުތައް އިއުލާނުކުރުމާއި، އަދި ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ ޕްރޮޖެކްޓް ހުއްޓާލާނޭކަމުގެ މޭރުމުން ކެމްޕޭނުގައި ވާހަކަދައްކާ އިންޒާރުދެމުންދާ ކަމަށެވެ.

އަދި ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުުރުސަތު ނުދީ، ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓަށް ފާޅުކަން ބޮޑުގޮތެއްގައި ކެމްޕޭންކޮށްދީ އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އެކަންކަމުގެ ސަބަބުން އިންތިހާބުތަކުގެ ސައްހަކަން ގެއްލި އިތުބާރު ކުޑަވެގެންދިއުމާއި، ރާއްޖޭގެ ޑިމޮކްރަސީއަށް ގެއްލުން ލިބޭކަމަކަށް އެކަން ވާތީ، އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރުފޯރުވުން ސަރުކާރުން ހުއްޓާލުމަށާއި، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށާއި، އެކަމުގައި ސާފު ސިޔާސަތެއް ސަރުކާރުން ގެންގުޅުމަށް ގަރާރުގައި ގޮވާލާފައިވެއެވެ.

އިންތިޚާބުރައްޔިތުންގެ މަޖިލިސްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު