Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެއި 6ގެ ހަމަލާގެ ޝަރީއަތް

މެއި 6ގެ ހަމަލާގެ ޝަރީއަތް - "ކުރީގެ ބެންޗު އުވިފައި އޮތަސް ކުރީގެ ބައެއް މަރުހަލާތައް އަލުން ނުފެށޭނެ"

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށައަޅާފައިވަނީ 4 ޖޫން 2022ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މާރިޗު 2023 | ހޯމަ 13:01
ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މެއި 6ގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ބާއްވާފައި

ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް މެއި 6ގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ބާއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ ބަލާ ބެންޗު އުވިފައި އޮތަސް ކުރީގެ ބައެއް މަރުހަލާތައް އަލުން ފެށުމުގެ ފުރުސަތު ދެއްވެން ނެތްކަމަށް، މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވެއްޖެއެވެ.

މެއި 6، 2021ގައި ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށައަޅާފައިވަނީ 4 ޖޫން 2022ގައެވެ. އެގޮތުން ދައުލަތުގެ ހުށަހެޅުންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ސިއްރު ހެކިވެރިންނަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމާއި، ހާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާން ކޮށްދިނުމަށް ދިފާއުން ހުށައަޅާފައިވާ ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތަކަކާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ދާއިމީ ކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތައް ހިމެނެއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، މި މައްސަލައާއި ގުޅިގެން އެކުލަވާލާފައިވާ ބެންޗު އުވިފައިވާތީ ކުރީގެ ބައެއް މަރުހަލާތައް އަލުން ފެށުމަށް އެދިފައެވެ. ނަމަވެސް އެކަމަށް ދައުލަތުން ވަނީ ދެކޮޅުހަދާފައެވެ.

މިކަމާގުޅިގެން، މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ ސޮފްވަތު ހަބީބު ވަނީ، ކުރީގެ މަރުހަލާތައް އަލުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަވާފައެވެ. އަދި ކުރިން ބެންޗުން މައްސަލަ ބަލާ ނިންމުންތައް ނިންމާފައިވަނީ ފަނޑިޔާރުންގެ އިއްތިފާގުންކަމަށް ވިދާޅުވެފައެވެ. އަދި ތަހުމީނަށް ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނުކަމަށް ދިފާއީ ވަކީލު ދެއްކެވި ވާހަކައާ ގުޅިގެން ގާޒީ ސޮފްވަތު ވިދާޅުވީ، އެ ފުރުސަތު ދީފިނަމަ ހަމަހަމަކަން ގެއްލޭނެ ކަމަށެވެ.

މި މައްސަލަ އަވަސްކުރުމާ ގުޅޭގޮތުން ވެސް ގާޒީ ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ދުރާލައި ކަނޑައެޅުން މުހިންމުނަމަވެސް، ކޯޓުގެ ޖާގައާއި ވަސީލަތްތައް ހުރިގޮތުން އެކަން ކުރަން ދަތިކަމަށް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ކަމަށް ގާޒީ ވިދާޅުވި ނަމަވެސް، ދިފާއީ ވަކީލުން ވަނީ ހޮނިހިރު ދުވަސްތަކުގައި ޝަރީއަތުގައި ބައިވެރިވާން އުނދަގޫވާނެކަމަށް ބުނެފައެވެ.

މި މައްސަލާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހެޅުމާއި ޝަރީއަތުގެ މަރުހަލާ ފެށުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު