Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރޯދަ މަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައެޅުން

ރޯދަ މަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި، އުސޫލާ ހިލާފުވާނަމަ 750 ރުފިޔާއިން ޖޫރިމަނާ

ހަވީރު 16:30ން ފެށިގެން 20:00 އާއި ދެމެދު ވިޔަފާރި އުޞޫލުން މުދާ އުފުލުމަކީ މަނާކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2023 | ހޯމަ 10:20
މާލޭގެ ބާޒާރުމަތި

މާލޭގެ ބާޒާރުމަތި

މިއަހަރުގެ ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރު ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 9:00ން ފެށިގެން ހަވީރު 16:30ށް އަދި ރޭގަނޑު 20:00ން ފެށިގެން ހެނދުނު 6:00ށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށެވެ. ނަމަވެސް ހަވީރު 16:30ން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހެނދުނު 9:00ން ފެށިގެން ހަވީރު 16:00ށް އަދި ދަންވަރު 1:00ން ފެށިގެން ހެނދުނު 6:00ށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށެވެ. އަދި މިނޫން ވަގުތުތަކުގައި ބުރިޖުމަތިން މުދާ އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ހެނދުނު 9:00ން ފެށިގެން ހަވީރު 16:00ށް އަދި ރޭގަނޑު 20:00ން ފެށިގެން ހެނދުނު 6:00ށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެ ކަމަށެވެ. އަދި މިނޫން ވަގުތުތަކުގައި ބުރިޖުމަތިން ފެނާއި ކައްކާ ގޭސް އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ހ އިން ބާރުލިބިގެން އެ ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރާނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހުރިހާ ފަރާތްތަކުން ވެސް ރަމަޟާން މަހު ވަގުތަށް ބަލައި، އަމަލު ކުރުމަށް އެދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ

12 މެއި 2017
އޭޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު