Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ޑިޖިޓަލް އައިޑީ ބޭނުން ކުރެވޭނެތަ؟

މިވަގުތު ޤާނޫނު އޮތް ގޮތުން ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ނުލެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 މާރިޗު 2023 | އާދީއްތަ 12:44
ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު

ޑިޖިޓަލް އައިޑީ ކާޑު ތައާރަފު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާއިރު މިއީ ގިނަ ސެކިއުރިޓީ ފީޗާތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދޭ ގޮތަށް ފަރުމާކުރާ ކާޑެކެވެ. މި ކާޑު ތައާރަފު ކުރުމާއެކު މިހާރު ގެންގުޅޭ އައިޑީ ކާޑުތައް ނުވަތަ ޕްރިންޓް ކާޑުތައް ގެންގުޅެން ނުޖެހޭނެއެވެ. ނަމަވެސް ބޭނުންވާ ހާލަތެއްގައި އެ ކާޑުތައް ވެސް ލިބޭނެއެވެ. މި ކާޑު ތައާރަފު ކުރާއިރު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މި ކާޑު ބޭނުންކޮށްގެން ވޯޓު ލެވޭނެތޯއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާއިރު އެހާތަނަށް ޑިޖިޓަލް އައިޑީ ކާޑު ތައާރަފުވެ، ގިނަ ބަޔަކު ބޭނުން ކުރަމުންދާނީ އެ ކާޑުތައް ކަމަށް ބެލެވެއެވެ. އެހެންކަމުން އެ ފަރާތްތަކުން ވޯޓުލާއިރު ވެސް ބޭނުން ކުރާނީ އެ ކާޑެވެ. ނަމަވެސް މިއީ ޑިޖިޓަލް ކާޑެއް ކަމުން ޤާނޫނުގެ ދަށުން ކާޑު ގަބޫލު ކުރުމާމެދު މިވަނީ ސުވާލު އުފެދިފައެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޙީގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިހާރު ޤާނޫނު އޮތް ގޮތުން އެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެގޮތުން، އީސީ އިން އަބަދުވެސް ބަލާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށާއި ޤާނޫނުގައި ބުނެފައިވާ ގޮތުގައި ވޯޓްލާއިރު ގަބޫލު ކުރާ ޑޮކިއުމަންޓުތަކުގެ ތެރޭގައި ހަތަރު ބާވަތެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މުއްދަތު ހަމަނުވާ އައިޑީކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓް ކާޑު ނުވަތަ ލައިސަންސު ކާޑެވެ.

ޤާނޫނުގައި ބުނާ މި ކޮންމެ ޑޮކިއުމަންޓަކީ ވެސް ވޯޓުލާން ދާ މީހާ އަތުގައި އޮންނަ ފިޒިކަލް ޑޮކިއުމަންޓެކެވެ. ނަމަވެސް ޑިޖިޓަލް އައިޑީ ކާޑު އިންނާނީ އެ މީހެއްގެ ފޯނުގައެވެ. ވޯޓުލާ މީހުން ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުން ގާނޫނުން މަނާކުރެއެވެ. އެހެންކަމަށްވާނަމަ ފޯނުގައި އިންނަ ކާޑެއް ބަލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

ވޯޓުލާ މަރުކަޒުތަކަށް ފޯނުވެއްދުން މަނާކޮށްފައިވަނީ ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ކަންކަން ވިޔަ ނުދިނުމަށެވެ. އިންތިޚާބުތަކުގައި މިހާރުވެސް މިފަދަ ގިނަ މައްސަލަތައް ދިމާވެއެވެ.

ޤާނޫނުގައި އައިޑީ ކާޑުގެ ބަދަލުގައި ލައިސަންސް ކާޑު ވެސް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވާއިރު އެ ކާޑާ މެދުވެސް ޑިޖިޓަލް އައިޑީ ކާޑާއެއްގޮތަށް މިހާރު ސުވާލު އުފެދެއެވެ. އެއީ ލައިސަންސް ކާޑު ވެސް މިހާރު ޑިޖިޓަލް ކޮށްފައިވާތީއެވެ.

މިއީ މިހާރު ޤާނޫނު އޮތް ގޮތެވެ. އެހެންކަމުން އަލަށް ތައާރަފު ކުރާ ޑިޖިޓަލް ކާޑުތައް ބޭނުންކޮށްގެން ވޯޓު ލާނަމަ ޤާނޫނަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް ހަބީބު ވިދާޅުވެއެވެ. ޑިޖިޓަލް އައިޑީކާޑު ބަލައިގަތުމަށް ގާނޫނުން ހުއްދަ ދިނުމަކީ ވޯޓު ލާ މަރުކަޒުތަކަށް ފޯނު ވެއްދުމުގެ ހުއްދަ ދިނުމެވެ.

ރިޔާސީ އިންތިޚާބަށް އަދި ހަ މަސް ދުވަސް ވަރު އޮތް އިރު ޤާނޫނަށް ގެންނަން ޖެހޭ މި ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ޑިޖިޓަލް އައިޑީ ކާޑަކީ އެކި ގޮތްގޮތުން ރައްޔިތުންނަށް ލުއި ފަސޭހަވާނެ ކާޑަކަށްވާތީއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭ ގޮތަށް އޮތުމުގެ ސަބަބުން އެ ކާޑު ތައާރަފު ކުރުމުން މިއަހަރު އިންތިޚާބުގައި ގިނަ ބައެއްގެ ޙައްގު ގެއްލިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އެގޮތުން، އެ ކާޑު ތައާރަފު ކުރުމާއެކު ވީހާވެސް އަވަހަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ ފަރާތްތަކުން އެދެއެވެ.

ޑިޖިޓަލް އައިޑީ ކާޑު ތައާރަފު ކުރާ ސީދާ ތާރީހެއް އަދި ހާމަ ނުކުރި ނަމަވެސް މިހާރު އެ ކާޑުތައް ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ޑިިޖިޓަލް އައިޑީ ކާޑު ތަޖުރިބާ ކޮށްލުމަށް އާއްމުންނަށް ހުޅުވާލި ފުރުސަތުގައި ބޮޑު ތަރުހީބެއްވެސް ލިބިގެންދިޔައެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް ބޭނުން ޚިދުމަތެއްކަން އެނގެއެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2018

ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟

04 އޯގަސްޓު 2018
ވުޖޫދުގައި ނެތް ޕާޓީއަކުން ރިޔާސީ ކެންޑިޑޭޓެއް ނެރެވިދާނެތަ؟
23 ޖޫން 2018

މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި

23 ޖޫން 2018
މިއަހަރުގެ އައިފާ އެވޯޑްސް ބެންކޮކްގައި
21 ޖޫން 2018

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

21 ޖޫން 2018
އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!
20 މެއި 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!
25 ޖެނުއަރީ 2018

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!
05 ޖެނުއަރީ 2018

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

05 ޖެނުއަރީ 2018
ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!
02 އޮކްޓޯބަރު 2017

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
23 ސެޕްޓެމްބަރު 2017

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!
08 ފެބުރުއަރީ 2017

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް