Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެރާޕީ އަލިފާން ފަރުބަދަ

އިންޑޮނޭޝިއާގެ މެރާޕީ އަލިފާން ފަރުބަދަ ގޮވައިފި

12 މާރިޗު 2023 | އާދީއްތަ 03:51

މީހަކު މަރުވިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މާރިޗު 2023 | އާދީއްތަ 03:51
އިންޑޮނޭޝިއާގެ މެރާޕީ އަލިފާން ފަރުބަދަ ގޮވައި ދުމާއި އަޅި ބޭރުވަނީ

އިންޑޮނޭޝިއާގެ މެރާޕީ އަލިފާން ފަރުބަދަ ގޮވައި ދުމާއި އަޅި ބޭރުވަނީ

އިންޑޮނޭޝިއާގެ މެރާޕީ އަލިފާން ފަރުބަދަ ގޮވައިފިއެވެ.

މެރާޕީ އަލިފާން ފަރުބަދަ ގޮވަން ފެށުމާއެކު، ދުމާއި، އަޅި މުޅި ސަރަހައްދަށް ފެތުރި، އެ ހިސާބު ކައިރީގައިވާ ރަށްތައް ފޮރުވި، ފަތުރުވެރިކަމާއި މައިންކުރުމުގެ ހަރަކާތްތައް ހުއްޓާލަން ކަމާބެހޭ ފަރާތްތަކަށް ވަނީ މަޖުބޫރުވެފައެވެ.

އިންޑޮނޭޝިއާގެ ޔޮގްޔާކާޓާ ހާއްސަ ސަރަހައްދުގައި އޮންނަ މި އަލިފާން ފަރުބަދަ ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް 12:00 ހާއިރު ގޮވިއިރު، ހޫނު އަޅިއާއި ހިލަ، ލާވާ އަދި ގޭސް އެކުވެފައިވާ ވިލާތައް ފަރުބަދަތަކުގެ ހަތް ކިލޯމީޓަރު މައްޗަށް ދަތުރުކޮށްފައިވެއެވެ.

ހޫނު ވިލާތަކުގެ ކޮލަމެއް ވައިގެ ތެރެއަށް 100 މީޓަރު މައްޗަށް އުފުލިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ވިދާޅުވެފައިވެއެވެ. އަދި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފަރުބަދަ ގޮވުމުގެ ސަބަބުން މުޅި ދުވަހު އިރުގެ އަލިކަން ފަނޑުވެގެން ދިޔައެވެ. އަލިފާން ފަރުބަދަ ކައިރީގައިވާ މަދުވެގެން އަށް ރަށަކަށް އަލިފާންގަނޑުގެ ދުމާއި އަޅީގެ އަސަރުކޮށްފައިވާ ކަމަށް މެރާޕީގެ އޮބްޒަވޭޝަން ޕޯސްޓެއްގެ އޮފިސަރަކު ވިދާޅުވެފައިވެއެވެ.

ކޮމްޕާސް ޓީވީން ދުރަށް ދެއްކި މަންޒަރުތަކުން ފެންނަނީ ޖާވާ އައިލެންޑްގައި އޮންނަ ރަށެއްގައި ފެނިގެން ދަނީ އަޅިން ވަޅުލެވިފައިވާ ގެތަކާއި މަގުތަކެވެ.

2،963 މީޓަރު (9،721 ފޫޓު) އުސްމިނުގައި ހުންނަ މެރާޕީ ފަރުބަދައަކީ އިންޑޮނޭޝިއާގެ އެންމެ ހަރަކާތްތެރި އެއް އަލިފާން ފަރުބަދައެވެ. އެންމެ ފަހުން 2010 ވަނަ އަހަރު އޭގެ ބޮޑު ގޮވުމެއް ގޮވުމުން 300ށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 280،000 އެއްހާ ރައްޔިތުން ވަޒަން ދޫކޮށްލަން މަޖުބޫރުވިއެވެ.

ހޮނިހިރު ދުވަހަކީ 1930 ވަނަ އަހަރަށް ފަހު މެރާޕީގެ އެންމެ ބާރުގަދަ ގޮވުން ކަމަށްވާއިރު، އެއިރު އެ ހާދިސާގައި ގާތްގަނޑަކަށް 1،300 މީހުން މަރުވިއެވެ. 1994 ވަނަ އަހަރު ހިނގި ގޮވުމެއްގައި ގާތްގަނޑަކަށް 60 މީހުން މަރުވެފައިވެއެވެ.

އަލިފާން ފަރުބަދަގެ އެލާޓް ސްޓޭޓަސް 2020 ވަނަ އަހަރަށް ފަހު ދެވަނައަށް އެންމެ މަތީ ލެވެލްގައި އޮތީ އާ ހަރަކާތްތަކެއް ފެނިގެންނެވެ.

ގާތްގަނޑަކަށް 130 ވަރަކަށް އެކްޓިވް އަލިފާން ފަރުބަދަ ހުންނަ އިންޑޮނޭޝިއާ އޮންނަނީ ޕެސިފިކް ރިންގް އޮފް ފަޔަރގައެވެ. އަދި އެތަނުގައި ކޮންޓިނެންޓަލް ޕްލޭޓްތައް ބައްދަލުވުމުން އަލިފާން ފަރުބަދަތައް ގޮވުމާއި ބިންހެލުމުގެ ހަރަކާތްތައް ބޮޑެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2017

30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި

04 ސެޕްޓެމްބަރު 2017
30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި
04 ސެޕްޓެމްބަރު 2017

މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް

04 ސެޕްޓެމްބަރު 2017
މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް
28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
21 އޯގަސްޓު 2017

މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި

21 އޯގަސްޓު 2017
މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި
23 ޖުލައި 2017

ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް

23 ޖުލައި 2017
ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
30 އެޕްރީލު 2017

ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!

30 އެޕްރީލު 2017
ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް