Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ޓޭޒަރގަން ބޭނުންކުރުން

ޓޭޒަރ ގަން ބޭނުންކުރުމާމެދު ޖަމިއްޔާތަކުގެ ކަންބޮޑުވުން

ޓޭޒަރ ގަން ބޭނުން ކުރާ އިރު ކެމެރާއިން އެ މަންޒަރު ރިކޯޑު ކުރަން ޖެހޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 މާރިޗު 2023 | ހުކުރު 07:42
ފުލުހުން ބޭނުން ކުރާ ޓޭޒަރ ގަން ދައްކާލަނީ

ފުލުހުން ބޭނުން ކުރާ ޓޭޒަރ ގަން ދައްކާލަނީ

ދިވެހި ފުލުހުންނަށް ކޮންޑަކްޓިވް އެނާޖީ ޑިވައިސް ނުވަތަ ޓޭޒާ ގަން ބޭނުން ކުރަން ފުރުސަތު ދިނުމާ މެދު ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް (އެމްއެޗްއެސްޖީ)، ރައިސް އަޕް މޯލްޑިވްސް، އަދި ސޭވް މޯލްޑިވްސް ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި އެކަން އެގޮތަށް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ ޓޭޒާ ބޭނުން ކުރުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވެދާނެކަން ދިރާސާތަކުން އެނގެން ހުރިކަމަށް ބުނެފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން މެޑިކަލް އިމްޕްލިކޭޝަންސް އޮފް ލެސް ލީތަލް ވެޕަންސް އިން ހާމަކުރި ދިރާސާއަކުން އެކަން އެނގޭ ކަމަށާއި ޓޭޒާ ބޭނުންކުރުމުގެ ސަބަބުން ބައެއް ފަހަރު ހިތް ހުއްޓެން ދިމާވާ ކަމަށް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާތަކުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މީގެ ކުރިން ވެސް ފުލުހުން ހާލަތާއި ނުބައްދަލުކޮށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޓޭޒަރ ގަން ބޭނުންކުރަން ފެށުމުން ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ޓޭޒާ ގަން ބޭނުން ކުރަން މި މަހުގެ 26 ވަނަ ދުވަހު ފެށި ނަމަވެސް ޓޭޒަރ ގަން ބޭނުން ކުރެވެނީ ވަރަށް ހަރުކަށި އުސޫލެލުތަކަކާއި އެކުގައެވެ.

ޓޭޒަރ ގަން ބޭނުން ކުރުމުގެެ ހުއްދަ ފުލުހުންނަށްް ދޭން ނިންމާފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅާގޮތެއްގެެ މަތިން އެޑިވައިސް ހަވާލުކުރެވޭ މީހަކު މަސައްކަތްކުރާ ކޮމާންޑެއްގެ ހެޑް އޮފް ކޮމާންޑް ނުވަތަ އެެ ކޮމާންޑެއް ހިންގުމާއި ހަވާލުވެ ހުރި އެންމެ އިސް ފަރާތްކަމަށް އުސޫލުގައި ވެއެވެ. އަދި އެކަން ކުރަން ވާނީ ތަމްރީނުވެފައިވާ ފަރާތްތަކަށް އެކަނި ޓޭޒަރ ގަން ބޭނުންކުރަން ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިތުރަށް އުސޫލުގައި ބުނެފައި ވަނީ ޓޭޒަރ ގަން ބޭނުންކުރަން ފުލުހުންނަށް ހުއްދަ ދެވޭނީ ލިޔުމުން ކަމަށެވެ. މި އުސޫލުގައި ވާގޮތުން މި ޑިވައިސް ހަވާލުކުރެވޭ ފުލުހަކު ޑިވައިސްއާއެކު ޑިއުޓީ އަދާކުރެވޭނީ ބޮޑީ ކެމެރާ އާއި އެކުގައެވެ. އަދި ޓޭޒަރ ގަން ބޭނުން ކުރާއިރު ކެމެރާއިން އެ މަންޒަރު ރިކޯޑު ކުރަން ޖެހެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު