Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަންހެނުންގެ ހައްގުތަކާ ގުޅޭ ޕެނަލް ޑިސްކަޝަން

އަންހެނުން ބައިވެރިވާ އަންހެނުންގެ ހައްގުތަކާ ގުޅޭ ޕެނަލް ޑިސްކަޝަނެއް އަފްޣާން ޓީވީން ދައްކައިފި

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިފަހުން 75 އިންސައްތައަށްވުރެ ގިނަ އަންހެން ނޫސްވެރިންގެ ވަޒީފާ ވަނީ ގެއްލިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 މާރިޗު 2023 | ބުރާސްފަތި 02:26
ޓޯލޯ ނިއުސްގައި މަސައްކަތްކުރާ އަންހެން ނޫސްވެރިއެއް

ޓޯލޯ ނިއުސްގައި މަސައްކަތްކުރާ އަންހެން ނޫސްވެރިއެއް

އޯޑިއަންސްގެ އިތުރުން ޕެނަލްގައިވެސް މުޅިން އަންހެނުން ބައިވެރިކޮށްގެން އަންހެނުންގެ ހައްގުތަކާ ގުޅޭ ޕެނަލް ޑިސްކަޝަނެއް އަފްޣާނިސްތާނުގެ ޓޯލޯ ނިއުސް އިން ދުރަށް ދައްކައިފިއެވެ.

މިއީ މީގެ އަހަރެއްކުރިން އަފްޣާނިސްތާންގެ ވެރިކަމާއި ހަވާލުވި ތާލިބާން ސަރުކާރުގައި ވުން ވަރަށް ދުރުކަމެކެވެ. އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވުމާއެކު ގިނަ އަދަދެއްގެ އަންހެން ނޫސްވެރިން ވަނީ ނޫސްވެރިކަން ދޫކޮށްލާފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މިދިޔަ އަހަރު ކުރިޔަށްދިޔަ ދިރާސާއަކުން ހާމަވެފައިވާގޮތުގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިފަހުން 75 އިންސައްތައަށްވުރެ ގިނަ އަންހެން ނޫސްވެރިންގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ސަރޖިކަލް މާސްކުން މޫނު ފޮރުވައިގެން ތިބި ތިން އަންހެނުން ޕެނަލްގައި ހިމެނޭއިރު މޮޑަރޭޓަރެއްގެ ގޮތުގައިވެސް އިނީ އަންހެނެކެވެ. ޕެނަލްގައި ވާހަކަދެކެވެނު މައުލޫއަކީ އިސްލާމްދީނުގައި އަންހެނާގެ މަގާމާ ގުޅޭގޮތުންނެވެ.

ޕެނަލްގައި ވާހަކަދައްކަމުން އަންހެން ނޫސްވެރިއެއް ކަމުގައިވާ އަސްމާ ޚުޔާނީ ބުނީ އިސްލާމީ ނަޒަރިއްޔާއަކުން ބަލާނަމަ އަންހެނުންނަށް ހައްގުތަކެއް ވާކަމަށާއި މަސައްކަތްކުރުމާއި ތައުލީމު އުނގެނުމަކީ އަންހެނުންނަށްވެސް ލިބިދީފައިވާ ހައްގެއްކަމަށެވެ.

ތާލިބާނުން ވަނީ ފާއިތުވި އަހަރު ގިނަ އަންހެން ކުދިންތަކަކަށް ކިޔަވަން ސްކޫލަށާއި ޔުނިވަސިޓީތަކަށް ދިޔުން މަނާކޮށް އެންޖީއޯތަކުގައި އަންހެނުން މަސައްކަތްކުރުން ހުއްޓުވާފައެވެ.

ޕެނަލްގައި ބައިވެރިވި ޔުނިވަސިޓީގެ ކުރީގެ ޕްރޮފެސަރެއް ކަމުގައިވާ ޒާކިރާ ނާބިލް ބުނީ ކިޔެވުމާއި މަސައްކަތްކުރުމުގެ އިތުރު ގޮތްތައް އަންހެނުން ބަލަމުންދާނެކަމަށެވެ. ބޭނުންވިއަސް ނުވިއަސް އަންހެނުންނަކީ މުޖުތަމައުގައި އުޅޭ ބައެއްކަމަށާއި ސްކޫލުން ތައުލީމު ނުލިބޭނަމަ ގޭގައި ތިބެގެންވެސް އަންހެނުން އިލްމު އުނގޭނެނެކަމަށް ޒާކިރާ ބުންޏެވެ.

އަންހެނުން މަސައްކަތަށް ނުކުތުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުންނާއި އަފްޣާނިސްތާނުގެ އިގްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އަންހެނުން މަސައްކަތްކުރާ މިންވަރު ވަނީ 25 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ގިނަ އަންހެނުން އަމިއްލައަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ކުރަމުންދާކަމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ބުނެއެވެ.

އަފްޣާނިސްތާނުގައި ހުންނަ އދ ގެ މިޝަން އިން ވަނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ތާލިބާނުންނަށް ގޮވާލާފައެވެ.

އެގޮވާލުމާއި ގުޅިގެން ތާލިބާނުން ބުނެފައިވަނީ އެމީހުން ގަބޫލުކުރާ އިސްލާމީ ޝަރީޢަތާއި އަފްޣާނިސްތާނުގެ ޘަގާފަތުގެ ތެރެއިން އަންހެނުންގެ ހައްގުތަކަށް އިހުތިރާމްކުރާކަމަށާއި އަންހެން ކުދިންގެ ސްކޫލްތައް ހުޅުވުމާމެދު ކަމާގުޅޭ ކޮމިޓީން ބަލަމުންދާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު