Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު500 އަހަރުވީ ހަވާދު

500 އެތައް އަހަރެއް ވީ އިރުވެސް ކަނޑު އަޑީގައި ސަލާމަތުން ހުރި ހަވާދުގެ ބާވަތްތަކެއް ފެނިއްޖެ!

8 މާރިޗު 2023 | ބުދަ 03:20

ފެތިފައި އޮތް ޝާހީ މަނަވަރުގައި ހުރި ހަވާދުގެ ބާވަތްތަކަކީ ވަރަށްވެސް އާދަޔާ ޚިލާފު ޚަޒާނާއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 މާރިޗު 2023 | ބުދަ 03:20
500 އެތައް އަހަރެއް ވީ އިރުވެސް ކަނޑު އަޑީގައި ސަލާމަތުން ހުރި ހަވާދުގެ ބާވަތްތަކެއް ފެނިއްޖެ

500 އެތައް އަހަރެއް ވީ އިރުވެސް ކަނޑު އަޑީގައި ސަލާމަތުން ހުރި ހަވާދުގެ ބާވަތްތަކެއް ފެނިއްޖެ

ބައެއް ކަހަލަ އެއްޗިއްސަކީ ދުވަސްވީ ވަރަކަށް އޭގެ އަގު އުފުލިގެންދާ އެއްޗިއްސެވެ. އެ އެއްޗެއް ގެންގުޅެފައި ހުރި މީހެއްގެ ސަބަބުން، ނުވަތަ އެއާ ގުޅިފައިވާ ހާދިޘާއެއްގެ ސަބަބުންވެސް އަގު އުފުލިގެންދާ ފަހަރު އާދެއެވެ. މިފަހަރުވެސް މި ފެނިގެން މިއުޅެނީ ހަމަ އެކަހަލަ އެއްޗެކެވެ. ދައްކަން މިއުޅެނީ މީގެ 500 އެތައް އަހަރެއް ކުރިން ސްވީޑަންގެ ބޯލްޓިކް ކަނޑުގެ ސަރަޙައްދަށް ޣަރަޤުވި ޝާހީ މަނަވަރެއްގެ ތެރޭގައި ރައްކާ ކޮށްފައި ހުރި ހަވާދުގެ ބާވަތްތަކެއްގެ ވާހަކައެވެ.

ތާރީޚީ އާޘާރުތައް ދިރާސާކުރާ ތަޖުރިބާކާރުން ނުވަތަ އަރކިއޮލޮޖިސްޓުން ބުނާ ގޮތުގައި، ފެތިފައި އޮތް ޝާހީ މަނަވަރުގައި ހުރި ހަވާދުގެ ބާވަތްތަކަކީ ވަރަށްވެސް އާދަޔާ ޚިލާފު ޚަޒާނާއެކެވެ. ފެތިފައި އޮތް ޝާހީ މަނަވަރު "ގްރިބްޝަންޑް" ތެރެއިން ފެނުނު ހަވާދު ހަޒާނާގައި ހުރި ބާވަތްތައް ހުރީ، ވަރަށް ރަނގަޅަށް، ހަލާކު ނުވެ ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތް ހަދާފައެވެ. މަނަވަރު ތެރެއިން ފެނުނު ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ސެފްރޯންއާއި އަސޭމިރުހުގެ އިތުރުން އިނގުރުވެސް ހިމެނެއެވެ.

"ގްރިބްޝަންޑް" އަކީ ޑެންމަރކްއާއި ނޯވޭގައި ވެރިކަން ކުރެއްވި ކިންގް ހާންސްގެ ޒާތީ މިލްކިއްޔާތުގައި ހިމެނޭ މަނަވަރެކެވެ. މި މަނަވަރު ފެތުނީ މީލާދީން 1495 ވަނަ އަހަރުއެވެ. މަނަވަރު ފެތުނީ އަލިފާނުގެ ހާދިޘާއަކާ ގުޅިގެންނެވެ. ހާދިޘާ ހިނގި އިރު ރަސްގެފާނު ގެންދެވީ ސްވީޑަންގައި އޮތް ސިޔާސީ ބައްދަލުވުމަކަށް ވަޑައިގަތުމަށް ދަތުރުކުރައްވަމުން ކަމަށްވެއެވެ.

"ގްރިބްޝަންޑް" ފެތިފައި އޮތް ސަރަޙައްދު ހޯދީ ކުޅިވަރެއްގެ ގޮތުގައި ޑައިވް ކުރަމުން ދިޔަ ބަޔަކަށް، 1960ގެ އަހަރުތަކުގެ ތެރޭގައެވެ. އެ މަނަވަރު ތެރެއިން ތަފާތު އެކި އެއްޗިހި ނެގުމުގެ މަސައްކަތް ފަށާފައި ވަނީ ދާދި ފަހުންނެވެ. މިކަމުގައި އިސްކޮށް އުޅެނީ ލަންޑް ޔުނިވަރސިޓީގެ އަރކިއޮލޮޖިކަލް ސައެންޓިސްޓް، ބްރެންޑަން ފޯލޭއެވެ. 

ހާދިޘާއަށް އެތައް ޤަރުނެއް ފާއިތުވެގެން ދިޔަ އިރުވެސް، ހަވާދުގެ ބާވަތްތަކަށް ގެއްލުމެއް ނުލިބި ހުރި ސަބަބެއް، ދާއިރާގެ ތަޖުރިބާކާރުންނަށްވެސް އަދި އޮތީ ދެނެގަނެވޭ ގޮތް ނުވެފައެވެ. ހަވާދުގެ ބާވަތްތައް ހުރީ މަނަވަރު ތެރޭގައި އުފެދިފައިވާ ވެލިތަކުގެ ތެރޭގައި ރައްކާ ކުރެވިފައި ކަމަށް ވީ ނަމަވެސް، އެތަކެތި އެންމެ ފުރަތަމަ ހުރީ ފޮށިގަނޑެއް ކަހަލަ އެއްޗެއްގައި ކަމަށާ، ޒަމާންވެ، އެ ފޮށިގަނޑު ވީރާނާވެ ނެތި ގޮސްފައި ވުން އެކަށީގެންވާ ކަމަށް އަރކިއޮލޮޖިސްޓުން ލަފާ ކުރެއެވެ.

ލަންޑް ޔުނިވަރސިޓީގެ ރިސަރޗަރެއް ކަމަށް ވާ މައިކަލް ލަރސަންއަކީވެސް ޝާހީ މަނަވަރުން ފެނުނު ހަވާދުގެ ބާވަތްތައް ދިރާސާ ކުރަމުންދާ ތަޖުރިބާކާރެކެވެ. އޭނާވެސް ހުރީ ފެތިފައި އޮތް ޝާހީ މަނަވަރުން ފެނުނު ހަވާދުގެ ބާވަތްތައް، މިހާ ދުވަހު ރައްކާތެރިކޮށް ހުރީތީ ހައިރާންވާކަމަށް ބުނެފައެވެ.

ހާދިޘާ ހިނގި ދުވަސްވަރަށް ބަލާއިރު ސެފްރޯންއާއި ކަރަންފޫ ފަދަ ބާވަތްތަކަކީ މީހާގެ ތަނަވަސްކަމާއި މަތީ ޢިއްޒަތާއި ހައިބަތު އަންގައިދޭ ރަމްޒެކެވެ. މި ބާވަތްބާވަތުގެ ސާމާނަކީ، އެ ދުވަސްވަރު ވިލާތަށް އިމްޕޯޓްކުރާ ބާވަތްތަކެކެވެ. މި ތަކެއްޗަކީ ކިންގް ހާންސް ސްވީޑަންއަށް ކުރެއްވި ދަތުރުފުޅުގައި ގެންދެވި ސަމާނު ކަމަށްވެސް ބެލެވެއެވެ.

ފޯލޭގެ އަމާޒު މިހާރު ހުރީ ބޯލްޓިކް ކަނޑުގެ ސަރަޙައްދު ފަދަ، ތިމާވެށީގެ ގޮތުން އާދަޔާ ޚިލާފު ކަނޑުގެ ސަރަޙައްދުތައް ދިރާސާކޮށް، މިފަދަ އިތުރު ހަޒާނާތައް ހޯދުމާ ދިމާއަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2018

މި އަހަރަކީ އަހަންނަށް ވަރަށް ހާއްސަ އަހަރެއް: ދިވިޔާ ދައްތާ

16 އެޕްރީލު 2018
މި އަހަރަކީ އަހަންނަށް ވަރަށް ހާއްސަ އަހަރެއް: ދިވިޔާ ދައްތާ
06 އެޕްރީލު 2018

ޕެންޝަން ފައިސާ ހޯދަން މަރުވެފައިވާ މަންމަގެ ހަށިގަނޑު އެތައް އަހަރެއް ވަންދެން ފޮރުވާފައި ބާއްވައިފި

06 އެޕްރީލު 2018
ޕެންޝަން ފައިސާ ހޯދަން މަރުވެފައިވާ މަންމަގެ ހަށިގަނޑު އެތައް އަހަރެއް ވަންދެން ފޮރުވާފައި ބާއްވައިފި
29 މާރިޗު 2018

ކަނޑު އިބިލީސްގެ ޕޯސްޓަރ ރިލީޒް ކުރުން މިރޭ

29 މާރިޗު 2018
ކަނޑު އިބިލީސްގެ ޕޯސްޓަރ ރިލީޒް ކުރުން މިރޭ
06 މާރިޗު 2018

ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

06 މާރިޗު 2018
ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން
02 މާރިޗު 2018

ޕަދްމާވަތަށް 500 އަށްވުރެ ގިނަ ކުރޯރް ރުޕީސް

02 މާރިޗު 2018
ޕަދްމާވަތަށް 500 އަށްވުރެ ގިނަ ކުރޯރް ރުޕީސް
30 ޖެނުއަރީ 2018

ކަނޑު އިބިލީސްގެ ޝޫޓިން ފަށައިފި

30 ޖެނުއަރީ 2018
ކަނޑު އިބިލީސްގެ ޝޫޓިން ފަށައިފި
10 ޖެނުއަރީ 2018

ޓައިގާ ޒިންދާހޭއަށް 500 ކްރޯޑަށް ވުރެ ގިނަ ރުޕީސް

10 ޖެނުއަރީ 2018
ޓައިގާ ޒިންދާހޭއަށް 500 ކްރޯޑަށް ވުރެ ގިނަ ރުޕީސް
20 އޮކްޓޯބަރު 2017

އީސަގެ 'ކަނޑުކޮސް ކެޔޮޅު' ލަވަފޮށީގައި ރިލީޒްކޮށްފި

20 އޮކްޓޯބަރު 2017
އީސަގެ 'ކަނޑުކޮސް ކެޔޮޅު' ލަވަފޮށީގައި ރިލީޒްކޮށްފި
20 މާރިޗު 2017

"ސަރްކާރް 3" އިން އެތައް ކަމެއް ދަސްވެއްޖެ: އަމިތު ސާދު

20 މާރިޗު 2017
"ސަރްކާރް 3" އިން އެތައް ކަމެއް ދަސްވެއްޖެ: އަމިތު ސާދު
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް