Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

"ޖާދޫ ހަދަން އެމްބާޕޭ އަށް ފުރުސަތެއް ނުދޭނަން"

އޭނާ ބުނީ އެމްބާޕޭ އަކީ ކިހާ ފެންވަރެެއްގެ ކުޅުންތެރިޔެއްކަން ބަޔާންގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2023 | ބުދަ 02:21
ޕީއެސްޖީ މެޗުގެ ކުރިން އޮތް ޕްރެސްގައި ބަޔާންގެ ކޯޗު ނާގަލްސްމަން ވާހަކަ ދައްކަނީ

ޕީއެސްޖީ މެޗުގެ ކުރިން އޮތް ޕްރެސްގައި ބަޔާންގެ ކޯޗު ނާގަލްސްމަން ވާހަކަ ދައްކަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް "ޖާދޫ" ހަދަން ފުރުސަތު ނުދޭނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ފައިދާ ބޮޑީ ވެސް ބަޔާނަށެވެ. އެއީ ގަދަ 16 ގެ ފުރަތަމަ ލެގުގައި އެ ޓީމުން ވަނީ ޕީއެސްޖީގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 1-0 އިން ކުރި ހޯދައިފަ އެވެ. ދެ ވަނަ ލެގުގެ ކުރިން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، ޕީއެސްޖީގައި ބަލިކަށި ކަމެއް އޮތެކޭ އެއްވެސް ޙާލެއްގައި އޭނާ ނުބުނާނެ ކަމަށެވެ. އަދި ޕީއެސްޖީގައި ހުރި ބައެއް ޕެޓާންތަކަކީ ބަޔާނަށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ ކަންކަން ކަމަށާއި، ނަމަވެސް ބައެއް ޙާލަތްތަކުގައި ފަރުވާ ކުޑަވެއްޖެނަމަ އޭގެ ގެއްލުން ވެސް ބަޔާނަށް ދައްކާނެ ކަމަށެވެ. ނާގަލްސްމަން ބުނީ ދެ ވަނަ ލެގުގައި ޕީއެސްޖީ އަށް ތުރާ ކުރާން އެންމެހާ ގޮތްތައް މިހާރު ވެސް ބަޔާނަށް އެނގޭ ކަމަށެވެ. އޭނާ ބުނީ މެޗުގައި ޕީއެސްޖީގެ ތިބީ މޮޅު ކިތައް ކުޅުންތެރިންތޯ ނުބަލާނެ ކަމަށާއި، ބޭނުންވަނީ ބަޔާންގައި ތިބި މޮޅެތި ކުޅުންތެރިން އެންމެ އެކަށީގެންވާ މަގާމުތަކަށް ލައިގެން ކުޅެން ކަމަށެވެ.

ނާގަލްސްމަން ބުނީ ޕީއެސްޖީ މިހާރު އޮތް ފޯމަށް ބަލާއިރު، ވަރަށް އަވަސް ގޭމެއް ލިއޮނަލް މެސީ ބޭނުންކޮށްގެން ކުޅޭނެ ކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމު ވާނީ މެސީ އަށް ޕާސް ކުރާ ބޯޅަތައް ހުއްޓުވުން ކަމަށާއި، އަދި މެސީ އަށް ލިބޭ ފުރުސަތުތައް ވެސް ހުއްޓުވުން ކަމަށެވެ. މީގެ އިތުރުން ނާގަލްސްމަން ބުނީ މެސީއާއެކު ދެން ހުންނާނީ އެމްބާޕޭ ކަމަށާއި، އެހެންކަމުން އެމްބާޕޭ އަށް ވެސް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެމްބާޕޭ އަކީ ކިހާ ފެންވަރެެއްގެ ކުޅުންތެރިޔެއްކަން ބަޔާންގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށާއި، މެޗުގައި އެމްބާޕޭގެ ޖާދޫ ހުއްޓުވަން އެ ޓީމުގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ.

ނާގަލްސްމަންގެ އިތުރުން ބަޔާންގެ ކެޕްޓަން ތޯމަސް މުލާ ވެސް ވަނީ އެމްބާޕޭގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެމްބާޕޭ އަކީ އޭނާގެ ފެންވަރުގައި ބަޔާނަށް އެތައް ނުރައްކަލެއް ކުރިމަތި ކުރުވާނެ ކުޅުންތެރިޔެެއް ކަމަށެވެ. މުލާ ބުނީ އެމްބާޕޭ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ވެސް ޖަހައިދޭ އެއް ކުޅުންތެރިޔާ ކަމަށާއި، މެޗުގައި ވިސްނަން ޖެހޭނީ އެފަދަ ކުޅުންތެރިޔަކު ހުއްޓުވާނެ ގޮތަކާ މެދު ކަމަށެވެ. މުލާ ފާހަގަ ކުރި ގޮތުގައި ފުޓުބޯޅަ އަކީ ޓީމު ކުޅިވަރެކެވެ. އޭނާ ބުނީ އެއީ ވަކި ކުޅުންތެރިޔަކު އެކަނި ކުޅެވޭ ކުޅިވަރެއް ނޫން ކަމަށާއި، އެހެންކަމުން އެމްބާޕޭ އަށް ބޯޅަ ލިބުނަ ނުދީ ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

ބަޔާން އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ

07 ސެޕްޓެމްބަރު 2017
ޕީއެސްޖީއާ ގުޅުނީ އާސެނަލް ރިޖެކްޓް ކުރުމަށްފަހު: އެމްބާޕޭ
04 ސެޕްޓެމްބަރު 2017

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ
18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
11 އޯގަސްޓު 2017

ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދަން މަސައްކަތްކުރަނީ!

11 އޯގަސްޓު 2017
ޕީ.އެސް.ޖީއިން އެމްބާޕޭ ގެންދަން މަސައްކަތްކުރަނީ!
13 ޖުލައި 2017

ފުރުސަތު ހަންޏެއް ނޫން، އޮތީ ހަމަހަމަ ފުރުސަތެއް: ނިޒާމްބެ

13 ޖުލައި 2017
ފުރުސަތު ހަންޏެއް ނޫން، އޮތީ ހަމަހަމަ ފުރުސަތެއް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު