Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޕްރެޝަރާއެކު ވެސް ޕޮޓާ ހުރީ ޑޯޓްމަންޑު މެޗަށް ފުރިހަމަ އަށް ތައްޔާރަށް

ޑޯޓްމަންޑުގެ ފޯވާޑް ލައިން އާއި ޑިފެންސްގައި ތިބި ކުޅުންތެރިންނަކީ ވަރަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންތަކެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2023 | އަންގާރަ 07:21
ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ

ޗެލްސީގެ ކޯޗުކަމަކީ ޕްރެޝަރު ބޮޑު ވަޒީފާއެއްކަން އިނގޭ ކަމަށާއި، އެ ޕްރެޝަރާއެކު ވެސް ބޮރޫޝިއާ ޑޯޓްމަންޑު މެޗަށް ފުރިހަމަ އަށް ތައްޔާރު ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

ޕޮޓާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ޑޯޓްމަންޑު އެވެ. އެހެން ކަމުން ޗެލްސީ އަށް ކުއާޓާ ފައިނަލް ބުރުގެ ޖާގައެއް ލިބެން އޮތީ ޑޯޓްމަންޑުގެ މައްޗަށް ދެ ލަނޑުން ކުރި ހޯދައިގެންނެވެ. ޕޮޓާ ބުނީ އެންމެން ވެސް ބުނާ ފަދައިން ޑޯޓްމަންޑުގެ މެޗަކީ ބޮޑު މެޗެއްކަން އޭނާ ވެސް ޤަބޫލު ކުރާ ކަމަށެވެ. އަދި އެއީ ޝައުޤުވެރި މެޗެއް ކަމަށާއި، ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭ ހިމެނެން މުހިންމު މެޗެއް ކަމަށެވެ. އެހެންކަމުން ޗެލްސީގެ ދަނޑުގައި އެރެޔަކީ ވަރަށް ޚާއްސަ ރެޔަކަށް ވާނެ ކަމަށާއި، މެޗައިގެން ކުރިއަށް ދާން މުޅި ޓީމު އޮތް ކަމަށެވެ.

ޕޮޓާ ބުނީ ޑޯޓްމަންޑަކީ އިދިކޮޅުގައި ވަރުގަދަ ޓީމެއް ކަމަށާއި، ޖަރުމަނު ލީގުގައި އެމީހުން ނެރެމުން އަންނަ ނަތީޖާތަކުން ވެސް އެކަން ސާފުވާނެ ކަމަށެވެ. އެކަން ފާހަގަ ކުރަމުން ޕޯޓާ ބުނީ މިވަގުތު ޑޯޓްމަންޑު އޮންނާނީ ވެސް ވަރަށް ފޯމުގައި ކަމަށާއި، ސަބަބަކީ މެޗުތަކުން މޮޅުވަމުން އެ ޓީމު އަންނާތީ ކަމަށެވެ. އޭނާ ބުނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވުމަކީ، އެ ޓީމާމެދު ކޮންމެ ވެސް ވަރަކަށް ވިސްނައިގެން މެޗަށް ނިކުންނަން ޖެހޭ ކަމެއް ކަމަށެވެ. ޑޯޓްމަންޑުގެ ފޯވާޑް ލައިން އާއި ޑިފެންސްގައި ތިބި ކުޅުންތެރިންނަކީ ވަރަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންތަކެއް ކަމަށް އޭނާ ބުންޏެވެ. ޕޮޓާ ބުނީ އޭނާ ވާހަކަ ދައްކަނީ ހަމައެކަނި ވަޒީފާގެ ދިފާއުގައި ނޫން ކަމަށާއި، އޭނާ ވާހަކަ ދައްކަނީ މުޅި ޓީމުގެ މަސްލަހަތުގައި ކަމަށެވެ.

ޗެލްސީގެ ދަނޑުގައި އެ ޓީމުން ޑޯޓްމަންޑާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ އިން ދަންވަރު އެކެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު