Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓް

މޫސުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމުގެ ޕްރޮޖެކްޓު ފަށަން ތައްޔާރުވެއްޖެ

6 މާރިޗު 2023 | ހޯމަ 12:57

މި ޕްރޮޖެކްޓުގެ ތެރެއިން ރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 މާރިޗު 2023 | ހޯމަ 12:57
ްއިންސެޕްޝަން މަސައްކަތުބައްދަލުވުމުގެ ބައިވެރިން

ްއިންސެޕްޝަން މަސައްކަތުބައްދަލުވުމުގެ ބައިވެރިން

"ކެޕޭސިޓީ ސްޓްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް" (ސީ-ބިޓް މޯލްޑިވްސް) ޕްރޮޖެކްޓު ފެށުމުގެ ގޮތުން އިންސެޕްޝަން މަސައްކަތުބައްދަލުވުން ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ޕްރޮޖެކްޓާ ގުޅޭ އެކި ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، އެހެނިހެން އިދާރާގެ އިތުރުން މިދާއިރާގައި މަސައްކަތްކުރައްވާ އަމިއްލަ ޖަމިއްޔާ ތަކާއި ދާއިރާގެ އެކްސްޕާޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓަކީ މޫސުމާ ބެހޭ މަސައްކަތްތައް ރިޕޯޓުކުރުމާއި، މަޢުލޫމާތު އެއްކުރުން ހަރުދަނާ ކުރުމާއި، މިކަމާ ގުޅޭ މުއައްސަސާތަކާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިޕްރޮޖެކްޓުގެ ތެރެއިން ޕެރިސް އެގްރީމެންޓްގެ އެންހޭންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވޯކްގެ ދަށުން ދިވެހި ރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓަކީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015ގައި ވަނީ  ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައެވެ. މިއީ ރާއްޖެވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.

ޕެރިސް އެގްރީމެންޓްގައި ކޮންމެ ޤައުމަކުންވެސް ޖައްވަށް ދޫކުރާވިހަގޭހުގެ މަޢުލޫމާތާއި، ވިހަގޭސް ޖައްވަށްދޫކުރާވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫއު ތަކުގެ މަޢުލޫމާތާއި، މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ އަދި އިންވެސްޓު ކުރާވަރާވަރާބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!

13 ސެޕްޓެމްބަރު 2017
ޔޫތް މިނިސްޓްރީން އަރޓިސްޓުންގެ މަސައްކަތްތައް ބަލައިގަތުމުގައި ވަނީ އިހުމާލުވެފައި!
10 ޖުލައި 2017

ރައީސް ޔާމީނުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަންޖެހޭ: ޑރ ޖަމީލް

10 ޖުލައި 2017
ރައީސް ޔާމީނުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަންޖެހޭ: ޑރ ޖަމީލް
08 ޖުލައި 2017

އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!

08 ޖުލައި 2017
އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!
25 ޖޫން 2017

ޢީދު ދުވަހަކީ، ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކުރުމުގެ މުނާސަބަތެއް: ރައީސް ޔާމިން

25 ޖޫން 2017
ޢީދު ދުވަހަކީ، ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކުރުމުގެ މުނާސަބަތެއް: ރައީސް ޔާމިން
22 މެއި 2017

ޖޫން 5 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި

22 މެއި 2017
ޖޫން 5 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި
30 މާރިޗު 2017

އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި

30 މާރިޗު 2017
އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް