Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު އީދު

ޢީދު ދުވަހަކީ، ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކުރުމުގެ މުނާސަބަތެއް: ރައީސް ޔާމިން

ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ދެންނެވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 25 ޖޫން 2017 | އާދީއްތަ 05:00
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ޢީދު ދުވަސް ފަދަ މުނާސަބަތުތަކަކީ، އިސްލާމީ ޢަޤީދާ އާއި ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކޮށް އިތުރު ޢަޒުމުތައް އާކުރުމަށް ވަރަށް ވެސް އެކަށީގެންވާ މުނާސަބަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Advertisement - newsAdvertisement

ރައީސް ޔާމިން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މިއުފާވެރި މުނާސަބަތުގެ އިޚުލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ވެސް އަރިސްކުރައްވާފައި ވެއެވެ.

މި ތަހުނިޔާގައި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުގެ ވެރިންނާއި އެތަންތާނގެ އެންމެހާ ބައިވެރިން ޝާމިލުކުރައްވާކަމުގައި ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

ޢީދު ދުވަހަކީ ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އެހީއަށް ބޭނުންވާ މީހުންގެ މަތީން ހަނދާންކޮށް އެމީހަކަށް ވެވުނުވަރަކުން އެފަދަ ފަރާތްތަކަށް އެހީތެރިވާންވީ ދުވަސްކަމަށާއި، ޢާއިލީގުޅުން ބަދަހިކޮށް، އެކަކުއަނެކަކަށް ޒިޔާރަތްކޮށް، ބައްދަލުކޮށް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކޮށް އުޅޭންވީ ދުވަސްކަމުގައި ވެސް އެމަނިކުފާނުގެ ޚިޔާބުގައި ވިދާޅުވެފައި ވެއެވެ.

އީދުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައިވާ އީދު ނަމާދަށް ފަހު ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ވެސް މިއަދު އޮތެވެ. އީދު ސަލާމްކުރުމަށް ގިނަ ބަޔަކު ގޮސްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެ: ކޮމިޝަނަރ ޢަރީފް

އީދު ދުވަހަކީ ހެޔޮ ގުޅުންތަކެއް ބިނާކުރުމަށް ލިބޭ ފުރުޞަތެ: ކޮމިޝަނަރ ޢަރީފް

25 ޖޫން 2017
ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރައްވައިފި

ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރައްވައިފި

25 ޖޫން 2017
މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

މިފަހަރުގެ ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ސްޓޭޑިއަމްގައި

25 ޖޫން 2017
ފިތުރު ޢީދު ބަންދަށް ހަފްތާއެއް

ފިތުރު ޢީދު ބަންދަށް ހަފްތާއެއް

06 ޖޫން 2017
މުލަ ރޯދަ ދުވަހަކީ ހޮނިހިރު ދުވަސް!

މުލަ ރޯދަ ދުވަހަކީ ހޮނިހިރު ދުވަސް!

25 މެއި 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު