Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

ނަވާރަ މިނެޓާއި ފަނަރަ ސިކުންތުން ރޭސް ނިންމައިގެން ޝަމްހާ އަށް ރެކޯޑެއް

މިއީ ދިވެހި އަންހެން އެތުލީޓަކުން 20 މިނެޓަށް ވުރެ ކުރިން ރޭސް ނިންމި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2023 | ހޯމަ 04:55
ރާއްޖޭގެ އަންހެން ދުވުންތެރިޔާ ޝަމްހާ

ރާއްޖޭގެ އަންހެން ދުވުންތެރިޔާ ޝަމްހާ

އަންހެނުގެ ފަސް ކިލޯ މީޓަރު ދުވުމުގެ ރޭސް 19 މިނެޓާއި، 15 ސިކުންތުން ނިންމައިގެން ރާއްޖޭގެ ދުވުންތެރިޔާ ޝަމްހާ އަޙުމަދު ރެކޯޑު އައުކޮށްފި އެވެ.

ޝަމްހާ ރެކޯޑު އައު ކޮށްފައި ވަނީ ޖަރުމަނުގެ ލެވަކޫސަންގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ ރައުންޑް ދަ ބަޔަރ ކްރޮސްގައި ފަސް ކިލޯ މީޓަރު ދުވުމުންނެވެ. މީގެ ކުރިން ވެސް މި ރެކޯޑު އޮންނަނީ ޝަމްހާ އަތުގަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އޮތް އީވީއެލް ހާފް މެރަތަންގައި ދުވެގެން ޝަމްހާ ރޭސް ނިންމާފައި ވަނީ 20 މިނެޓާއި އަށް ސިކުންތުންނެވެ. ޖަރުމަނުގައި ކުރިއަށް ދިޔަ ރޭސް 19 މިނެޓާއި، 15 ސިކުންތުން ނިންމައި ޝަމްހާ ރެކޯޑު އައު ކުރިއިރު، މިއީ ދިވެހި އަންހެން އެތުލީޓަކުން 20 މިނެޓަށް ވުރެ ކުރިން ރޭސް ނިންމި ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން ޝަމްހާ ބުނީ، ޤައުމީ ރެކޯޑު އައު ކުރެވުމުން އޭނާ ވަރަށް އުފާވާ ކަމަށާއި، 20 މިނެޓަށް ވުރެ އަވަހަށް ރޭސް ނިންމި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިޔާގެ ޝަރަފު ލިބުމުން ވެސް އުފާވާ ކަމަށެވެ. ޝަމްހާ ވަނީ އޭނާގެ ކޯޗު ނަސްރުﷲ އަޙުމަދު (ނަސްރު)ގެ އިތުރުން އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2019

4370 ދުވުންތެރިންނާއިއެކު ދިރާގު ރޯޑް ރޭސް ނިންމާލައިފި

20 ސެޕްޓެމްބަރު 2019
4370 ދުވުންތެރިންނާއިއެކު ދިރާގު ރޯޑް ރޭސް ނިންމާލައިފި
18 ސެޕްޓެމްބަރު 2019

ދެ ދުވުމަކަށް ބަހާލައިގެން ދިރާގު ރޯޑް ރޭސް ހުކުރު ދުވަހު ފަށަނީ

18 ސެޕްޓެމްބަރު 2019
ދެ ދުވުމަކަށް ބަހާލައިގެން ދިރާގު ރޯޑް ރޭސް ހުކުރު ދުވަހު ފަށަނީ
30 އޯގަސްޓު 2019

ލަންކާގައި ބާއްވާ ރޭސިންގ މުބާރާތަށް ރާއްޖޭގެ ރޭސް ޖެހުންތެރިން ފުރައިފި

30 އޯގަސްޓު 2019
ލަންކާގައި ބާއްވާ ރޭސިންގ މުބާރާތަށް ރާއްޖޭގެ ރޭސް ޖެހުންތެރިން ފުރައިފި
17 ޖުލައި 2019

އައިއޯއައިޖީ 2019: ފަނަރަ މެޑަލްއަށް ޓާގެޓްކޮށް، ރާއްޖޭގެ ޓީމު މޮރިޝަސް އަށް ފުރައިފި

17 ޖުލައި 2019
އައިއޯއައިޖީ 2019: ފަނަރަ މެޑަލްއަށް ޓާގެޓްކޮށް، ރާއްޖޭގެ ޓީމު މޮރިޝަސް އަށް ފުރައިފި
02 ނޮވެމްބަރު 2018

ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލައިފި

02 ނޮވެމްބަރު 2018
ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު