Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ރޯޑް ރޭސް

ކާމިޔާބުކަމާއެކު ދިރާގު ރޯޑް ރޭސް ނިންމާލައިފި

10 ކިލޯ މީޓަރުގެ ފިރިހެން ބައިން އެއްވަނަ ހޯދީ ހުސެއިން ފަޒީލް

ލީވާން އަލީ
ލީވާން އަލީ | 2 ނޮވެމްބަރު 2018 | ހުކުރު 18:09
ދިރާގު ރޯޑް ރޭސްގެ ތެރެއިން

ދިރާގު ރޯޑް ރޭސްގެ ތެރެއިން

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބަޔަކު ބައިވެރިވާ ދިރާގު ރޯޑް ރޭސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިފަހަރުގެ ރޭސްގައި އެކި ކެޓަގަރީތަކުން 4،000 ދުވުންތެރިން ވާދަކޮށްފައިވާއިރު، މިއީ 2007 ވަނަ އަހަރު ފެށި މި ރޭހުގައި އެންމެ ގިނަ ބަޔަކު ބައިވެރި ފަހަރެވެ.

ރޭހުގެ 10 ކިލޯ މީޓަރުގެ ފިރިހެން އެއްވަނަ 34 މިނެޓު 28 ސިކުންތުން ނިންމައިގެން ހުސެއިން ފަޒީލް ހާރޫން ހޯދާފައިވާއިރު، ދެވަނަ ހޯދީ ހުސެއިން ރިޒާ އެވެ. އަދި ތިންވަނަ ހޯދީ އަހުމަދު ރިޒާއެވެ. 10 ކިލޯ މީޓަރުގެ އަންހެން ބައިން އެއްވަނަ 45 މިނެޓު 33 ސިކުންތުން ނިންމައިގެން މަރިޔަމް އަބްދުލް ކަރީމް ހޯދިއިރު، ދެވަނަ ހޯދީ ޕެޓްރީޝިއާ ޑޮރީން ގޮމޭޒްއެވެ. އަދި ތިންވަނަ ހޯދީ ފާތިމަތު ނިއުޝާއެވެ.

ރޭހުގެ ފަސް ކިލޯ މީޓަރުގެ ފިރިހެން ބައިން އެއްވަނަ 16 މިނެޓު 41 ސިކުންތުން ރޭސް ނިންމައިގެން މުހައްމަދު ރަޝީދު ހޯދިއިރު، ދެވަނަ ހޯދީ ޝިފާޒް މުހައްމަދު އެވެ. އަދި ތިންވަނަ ހޯދީ އަބްދުލް ރަޝީދު އިސްމާއިލްއެވެ. ފަސް ކިލޯ މީޓަރުގެ އަންހެން ބައިން އެއްވަނަ 21 މިނެޓު 20 ސިކުންތުން ރޭސް ނިންމައިގެން ވަފިއްޔާ މުހައްމަދު ހޯދިއިރު، ދެވަނަ ހޯދީ އާމިނަތު ޖާއިޝާ ޖުނީޒްއެވެ. އަދި ތިންވަނަ ހޯދީ ތިލްނާ ޗަތުރަންގާ ޖަޔަކޯޑިއެވެ.

އުމުރު ފުރާތަކުން 45 އަހަރުން މަތީގެ ފިރިހެން ބައިގެ އެއްވަނަ 20 މިނެޓު 26 ސިކުންތުން ރޭސް ނިންމައިގެން އިބްރާހިމް ނައީމް ހޯދިއިރު، ދެވަނަ ހޯދީ އަލީ ރިޔާޒްއެވެ. އަދި ތިންވަނަ މުހައްމަދު ޖުނައިދުއެވެ. 45 އަހަރުން މަތީގެ އަންހެން ބައިން އެއްވަނަ 29 މިނެޓު 33 ސިކުންތުން ރޭސް ނިންމައިގެން ފާތިމަތު ސީމާ ހޯދާފައިވާއިރު، ދެވަނަ ހޯދީ ނަޝީދާ އަލީއެވެ. އަދި ތިންވަނަ ހޯދީ އައިޝަތު ސައީދާއެވެ.

ސްކޫލް ކެޓަގަރީތަކުގެ 13 އަހަރުން ދަށުގެ ފިރިހެން އެއްވަނަ 22 މިނެޓު 37 ސިކުންތުން ރޭސް ނިންމައިގެން އަބްސަލް އަބްދުﷲ އާދަން ހޯދިއިރު، އަންހެން ބައިގެ އެއްވަނަ 27 މިނެޓު އެއް ސިކުންތުން ރޭސް ނިންމައިގެން ހޯދީ މަރިޔަމް ސާރާ އިސްމާއިލް އެވެ.

ސްކޫލް ކެޓަގަރީތަކުގެ 13 އަހަރުން މަތީގެ ފިރިހެން އެއްވަނަ 19 މިނެޓު 12 ސިކުންތުން ރޭސް ނިންމައިގެން އިސްމާއިލް މަސޫން އަހުމަދު ހޯދިއިރު، އަންހެން ބައިން އެއްވަނަ 26 މިނެޓު ފަސް ސިކުންތުން ރޭސް ނިންމައިގެން ހޯދީ މަރިޔަމް ޔާނާ ނާސިހް އެވެ.

މިއަހަރުގެ ރޭހުގެ ވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ފަސް ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

29 އޯގަސްޓު 2017
ފަސް ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި
20 ޖޫން 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި

20 ޖޫން 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި
13 މެއި 2017

މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި

13 މެއި 2017
މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި
06 މެއި 2017

ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި

06 މެއި 2017
ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
15 އެޕްރީލު 2017

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

15 އެޕްރީލު 2017
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި
18 މާރިޗު 2017

އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި

18 މާރިޗު 2017
އޮފީސް ކުންފުނި ޓީޓީ މުބާރާތް: ފުރަތަމަ ޑިވިޝަންގެ ތަށި ދިރާގުން މިލްކުކޮށްފި
19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު