Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތުރުކީ ބިންހެލުން

ހަތޭގައި މީހުން އާޝޯޚް ކުރުވަމުންދާ ސިންޖާން!

ހަތޭގެ ގިނަ ފިހާރަތައް ހުރީ ބަންދުކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 މާރިޗު 2023 | އާދީއްތަ 13:07
ސިންޖާން

ސިންޖާން

އެ ނާމާން ފަތިހުގެ ބިރުވެރި ތަޖުރިބާތަކަށް މަހެއްހާ ދުވަސް ވީއިރުވެސް، ތުރުކީވިލާތުގެ ހަތޭ ޕްރޮވިންސްގެ ރަށްވެހިންނަށް މިއިން ދުވަހަކުވެސް އާންމު ދިރިއުޅުމުގެ އާދަތަކަށް އެނބުރި ދެވިދާނެ ކަމަކަށް ނުފެނެއެވެ. ފެބުރުއަރީ 6 ވަނަ ދުވަހު، ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމުގައި، ތުރުކީވިލާތާއި ސޫރިޔާ ހިއްސާކުރާ ބޯޑަރު ސަރަހައްދު މުޅިންހެން ސުންނާފަތިވެފައި ވާއިރު، ގަދަ ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށްދާ މީހުންވެސް ވަކި މަދެއްނޫނެވެ. ހަތޭގެ ގިނަ ފިހާރަތައް ހުރީ ބަންދުކޮށްފައެވެ. އިމާރާތްތައް ވަނީ ބަރިބަރިއަށް ވެއްޓި، ގާ ކުނޑިތަކަކަށް ވެފައެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލެއެވެ.

މިފަދަ ހާލެއްގައިވެސް ދިރިއުޅުން ކޮޅަށް ޖެހުމަށް ގަދަ ހިތްވަރާއެކު ތެދުވެ ހުރި އެކަކީ، އުމުރުން 50 އަހަރުގެ މަހުމޫދު ސަރްކާން ސިންޖާންއެވެ. ސިންޖާންއަކީ ތުރުކީވިލާތުގައި އާސާރީތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހެކެވެ. ބިންހެލުމުގައި މުޅި ސަރަހައްދުގެ އާންމު ދިރިއުޅުން އެފުށް މިފުށަށް ޖެހިފައި އޮތެއް ކަމަކު، ސިންޖާންގެ އަޒުމު، އޭނާގެ މިސްރާބު އަނބުރާލީ ކުރިއަށް ދިއުމާ ދިމާއަށެވެ. ތަކެތި ވިއްކަމުން ދަނީ މަގު މަތީގައި އަތުރައިގެންނެވެ. އެ ސަރަހައްދު ހުރަސްކުރާ މީހުންގެ ހިތް އުފާކޮށްދިނުމަށް ލަވަ ޖަހައިދީފައިވެސް ހުރެއެވެ. ބިންހެލުމުގައި ހަތޭ ސުންނާފަތިވުމުގެ ކުރިންވެސް އޭނާ ކަން ކުރަމުން ދިޔަ ގޮތަށެވެ.

ސިންޖާން ހިންގަމުން ދިޔަ ފިހާރައިގެ ބޭރުގައި ނެތް އާސާރެއް ނެތެވެ. ޒަމާނީ ތުރުކީވިލާތުގެ ބާނީގެ ގޮތުގައި ބަލާ އަތާތުރުކުގެ މޮޒެއިކް ތަސްވީރަކާއި އިހުގެ މަޖައްލާތަކުގެ އިތުރުން، ތުރުކީވިލާތުގެ ދިދަވެސް ވިއްކަން ބަހައްޓާފައި ހުއްޓެވެ.

ބިންހެލުމުގެ ކާރިސާގައި ތުރުކީވިލާތާއި ސޫރިޔާއިން މަރުވި މީހުންގެ އަދަދު ބައިލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެތެރޭގައި ސިންޖާންގެ ރަހުމަތްތެރިންނާއި އަވައްޓެރިންވެސް ހިމެނެއެވެ. ސިންޖާން ބުނާގޮތުގައި، މިފަދަ ދަނޑިވަޅެއްގައި، މި ފަދަ ގޮތަކަށް ވިޔަފާރި ކުރިއަށް ގެންދިއުމަކީވެސް އާންމު ހާލަތަށް ރުޖޫއަވެވޭ ކަމުގެ އިހުސާސް ގެނެސްދޭ ކަމެކެވެ.

މީގެ ކުރިން އެ މަގުތައް ފިތި ބާރުވެފައި އޮންނަނީ ކޮޅުކޮޅު މައްޗަށް ހޭލަމޭލަވާ ފަތުރުވެރިންނައިގެންނެވެ. ނަމަވެސް މިހާރު އެ ސަރަހައްދުން ހުރަސްކުރާ ގިނަ މީހުންނަކީ ސިފައިންނާއި، ފުލުސް އޮފިސަރުންގެ އިތުރުން ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންނެވެ.

ސިންޖާންގެ ތަރިކަ ފިހާރަ ހިންގަމުން ދިޔަ އިމާރަތަކީ، މީހުން ވަދެއުޅެން ރައްކާތެރި އިމާރާތެއް ކަމަށް، އިންޖިނޭރުން ބުނެފައިވާ ކަމަށް ސިންޖާން ބުނެއެވެ. ބިންހެލުމުގައި އެ އިމާރާތަށް ލިބުނީ ކުޑަ ގެއްލުމެކެވެ. ނަމަވެސް، އެތައް އަހަރެއްގެ މަތިން ސިންޖާން އެއްކޮށްފައިވާ އެތައް ހާސް، ތާރީޚީ އާސާރުތަކަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އޭގެ ތެރޭގައި އާސާރީ މާވަށިގަނޑުތަކާއި، ސައިބޯ ޖޯޑާއި ވަތު ތަށީގެ އިތުރުން ގެވެހިކަންވާރުގެ ސަމާނުތައް ހިމެނެއެވެ. ބައެއް ކަބަޑުތަކުގެ ބިއްލޫރިގަނޑުތައްވެސް ވަނީ ތަޅައިގެން ގޮސްފައެވެ. ލަކުޑިން ހަދާފައިވާ ބައެއް ފަރުނީޗަރުތަކަށްވެސް ވަނީ ގެއްލުންވެފައެވެ.

ސިންޖާން ވަނީ އޭނާގެ ފިހާރައިން ސަލާމަތް ކުރެވެން ހުރި އެއްޗިހިތައް ހޮވާފައެވެ. އޭގެ ތެރޭގައި ސިންޖާންގެ ބައްޕަގެ ފޮޓޯ ލޯގަނޑަކާއި، އެލްބަރޓް އައިންސްޓައިންގެ ކާޓޫން ކުރެހުމަކާއި، މޮނާ ލީސާ ކުރެހުމުގެ ކޮޕީއެއްވެސް ހިމެނެއެވެ. ސިންޖާންގެ ފިހާރައިގެ އެއް ފާރު ވެއްޓިފައި އޮތީ އާސާރީ ބިއްލޫރި ތަށިތަކެއްގެ މައްޗަށެވެ.

މި ފަހުގެ ތާރީޚެއްގައި ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ބަލާ، ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގެ ކާރިސާގައި އެގައުމުގެ ތާރީޚާއި ދީނިއްޔާތާ ގުޅޭ ގިނަ އިމާރާތްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިސްކިތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބަންގިދޭ އިމާމުންވެސް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާއިރު، އެ މަތިވެރި ޒިންމާ މިއަދު އުފުލަމުން ދަނީވެސް ސިންޖާންއެވެ.

މަގު މަތީގައި ތަންކޮޅެއް އުސް މިންބަރެއްހެން ހުރި ބެލްކަންޏެއް ފަދަ ތަނެއްގެ މައްޗަށް ސިޑިއަކުން އަރައި ސިންޖާން ބަންގިދޭ މަންޒަރަކީ، ބަލައިލި ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭނެ މަންޒަރެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

ޓައިޓޭނިކް އަޑިއަށް ދިޔައިރު މަރުވި ފަސްޓް ކްލާސް ފަސިންޖަރެއްގެ ޕޮކެޓް ގަޑިއެއް 1.7 މިލިއަން ޕައުންޑަށް ނީލަން ކިޔައިފި

23 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

ދުނިޔޭގެ އެންމެ ފުރަތަމަ ކަލްކިއުލޭޓަރ ނީލަމުގައި ވިއްކާލުން ޕެރިހުގެ ކޯޓަކުން ހުއްޓުވައިފި

20 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު