Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަންކެޑެ ތަރައްގީކުރުން

ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރުމަށް މި މަހު މަސައްކަތް މޮބިލައިޒްކުރާނެ: މިނިސްޓަރު ފައްޔާޒު

އެއަރޕޯޓުގެ މަސައްކަތް ނިމޭއިރު، ގެސްޓްހައުސްއާއި ހަންކެޑެ ޕްރޮޖެކްޓް ހިމަނައިގެން 6000 އެނދު ތަރައްގީކުރެވިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 މާރިޗު 2023 | އާދީއްތަ 11:55
ހަންކެޑެ އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓް

ހަންކެޑެ އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓް

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް މި މަހު މަސައްކަތް މޮބިލައިޒްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއަރޕޯޓާއެކު ފަތުރުވެރިކަމަށް މަގު ތަނަވަސްވެގެންދާނެ ކަމަށާއި ސަރަހައްދުގެ ފަތުރުވެރިކަމުގެ އެނދުތައް، އެއަރޕޯޓާއެކުއެކީ މާރކެޓަށް ނެރުމަށްޓަކައި ހަންކެނޑެ ތަރައްގީކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، ވިލިނގިލީގައި ގާއިމުކޮށްފައިވާ ރިސޯޓު އަލުން ހުޅުވުމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން ރިސޯޓުތައް ތަރައްގީކުރުމަށް ފަސް ރަށެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ހަންކެޑެއަށް ފައިސާ ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މާރޗް މަހު މަސައްކަތް މޮބިލައިޒް ކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެއަރޕޯޓުގެ މަސައްކަތް ނިމޭއިރު ގެސްޓްހައުސްއާއި ހަންކެޑެ ޕްރޮޖެކްޓް ހިމަނައިގެން 6000 އެނދު ތަރައްގީކުރެވިގެންދާނެކަމަށެވެ.

އައްޑޫގެ ޓޫރިޒަމަށް ވަރަށް ބޮޑު ޖާގައެއް އޮތްކަމަށް މި ސަރުކާރުން ގަބޫލުކުރާކަންވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއެކު ފަށަނީ އައްޑޫސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މުޅިން އައު ސަފްހާއެއް ކަމަށާއި، މި މަޝްރޫއަކީ ދެކުނުގެ ތަރައްގީއަށް އިތުރުވެގެންދާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މަޝްރޫއުގެ ސަބަބުން ވިޔަފާރިތަކަށް އުންމީދު އައުވެގެން ދާނެކަމަށެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރަން ފެށުމުން ފައިދާވާނީ ހަމައެކަނި ފަތުރުވެރިކަމަށް ނޫންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ކަންނެލި ބޭރު ކުރުމުގެ ފުރުސަތުވެސް މަސްވެރިންނަށް ހުޅުވިގެންދާނެ ކަމަށެވެ.

ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުގައި ފަށާއިރު، އެ ސަރަހައްދަކީ އައްޑޫގައި ޓޫރިޒަމަށް އެންމެ ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ތަނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2004ގައި ހަންކެޑެގައި 120 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ހުޅުވާލައި، އޭރު ތޫނޑު ޕްރައިވެޓް ލިމިޓެޑްކިޔާ ކުންފުންޏަކާ ވެސް ހަވާލުކުރިއެވެ. އެކަމަކު މަސައްކަތް ފަށަން އެ ކުންފުންޏަށް ދިން މުއްދަތުގެ ތެރޭގައި މަސައްކަތް ނުފެށުމުން ކުންފުނި ޖޫރިމަނާކޮށް، ފަހުން އެއްބަސްވުން ބާތިލުކުރީއެވެ.

އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަނެއްކާވެސް ހަންކެޑެ ތަރައްގީކުރުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އަލުން ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008ގައި ހަވާލުކޮށް އެތަނުގައި ސާމްޕާލް ރޫމެއްވެސް ހެދިއެވެ.

ނަމަވެސް އެ މަސައްކަތްވެސް ފަހުން ހުއްޓުނީއެވެ. 2013ގައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާވެސް ހަންކެޑެ ތަރައްގީކުރަން ސަރުކާރުން ހަވާލުކުރިއެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންތަކެއްވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014ގައި، ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ޚިދުމަތަށް ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު ފަހުން އެ މަސައްކަތްވެސް ހުއްޓުނީއެވެ.

ހަންކެޑެގެ އާ ޕްލޭންގެ ދަށުން، އެތަނުގައި ހޮޓަލާއި ގެސްޓްހައުސްއާއި ސްޕާއާއި ބީޗް ކުލަބާއި ކޮންފަރެންސް ހޯލާއި ފިޓްނެސްއާއި ކުޅިވަރާއި ވޯޓަރ ސްޕޯޓްސްއާއި ޑައިވިންގ އަދި އިވެންޓް ސްޓޭޖްފަދަ ތަންތަން ހެދުމަށް ނިންމާފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު