Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސައްކަތްތެރިންގެ ހައްގުތައް

މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ސަރުކާރުގެ ވިސްނުމަކީ މިނިމަމް ވޭޖެއް ކަނޑައަޅާ ނިންމާލުމެއް ނޫން - މާރިޔާ

5 މާރިޗު 2023 | އާދީއްތަ 08:18

ފާއިތުވެދިޔަ 4 އަހަރު ވެގެންގޮސްފައިވަނީ، މުވައްޒަފުންނަށް ފަހި، އަދި އެތަކެއް ލުއިފަސޭހަތަކެއް ގެނެސްދިން 4 އަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މާރިޗު 2023 | އާދީއްތަ 08:18
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި، މި ސަރުކާރުގެ ވިސްނުމަކީ، މިނިމަމް ވޭޖެއް ކަނޑައަޅާ އެހިސާބުން ނިންމާލުމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތަޢާރަފްކުރި "ބިނާރު" ކެމްޕެއިން އިފްތިތާޙްކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި މި ސަރުކާރުގެ ވިސްނުމަކީ މިނިމަމް ވޭޖެއް ކަނޑައަޅާ އެހިސާބުން ނިންމާލުމެއް ނޫން ކަމަށެވެ. މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭހެން، ހުރިހާ މާނައެއްގައިވެސް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ރައްކާތެރި، އަމާން އަދި ސަލާމަތްތެރި މަސައްކަތުގެ ވެށްޓެއް ޤާއިމް ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމާޒެއް ކަމަށެވެ.

ސަރުކާރުގެ މި އަމާޒާއެއްގޮތަށް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އަދި ސެކިއުރިޓީ އަށް ސަމާލުކަން ދީގެން ޚާއްޞަ އަދި މިހާ ފުޅާ ކެމްޕޭނެއް ފަށައި ފުރަތަމަ އެސް.އޯ.އީ އަކީ އެމް.އޭ.ސީ.އެލް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއަރޕޯޓުގެ ސޭފްޓީ އާއި ސެކިއުރިޓީގެ ކަންކަން އެންމެ މަތީ މިންގަނޑުގައި ދަމަހައްޓަން ކުންފުނިން އަބަދުވެސް ބޭނުންވާނެ ކަމަށެވެ. ނަމަވެސް، ތަންފީޒުކުރަން ތިބޭ މުވައްޒަފުން އެކަންކަން ސީރިއަސްކޮށް ނަގާނީ ކުންފުނިންވެސް އެމުވައްޒަފުންގެ ސިއްޙަތާއި ރައްކާތެރިކަމަށް ސަމާލުކަން ދީގެން ކަމަށެވެ.

ތަނަށް މަންފާހުރި ވަޞީލަތަކަށް އެމުވައްޒަފުން ވާނީވެސް، ޤާބިލް، ހުނަރުވެރި، އަދި ދުޅަހެޔޮ ބަޔަކަށް އެމީހުން ވެގެން ކަމަށެވެ. އެހެން އޮޕަރޭޓަރުންނާއި ޚިލާފަށް، އެމް.އޭ.ސީ.އެލްގައި، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ، ފްލައިޓެއް ރަންވޭއަށް ޖެއްސުމުގެ މާކުރިން، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދަށް އުދުހޭ އުޅަނދެއް ވަންނަ ހިސާބުން ފެށޭ ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް މިއޮޕަރޭޓްކުރަނީވެސް ވީއައިއޭގެ ތެރެއިންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ފަހިކޮށްދެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ގިނަގުނަ ފިޔަވަޅުތަކަކީ އެއްވެސް ރައްޔިތަކަށް ވަންހަނާވާނެ ކަންކަމެއްނޫން ކަމަށެވެ.

މުސާރައާއި އިނާޔަތްތައް ކަމުގައިވިޔަސް، ޗުއްޓީ އާއި ސަލާމުގެ ކަންކަން ކަމުގައިވިޔަސް، ފާއިތުވެދިޔަ 4 އަހަރު ވެގެންގޮސްފައިވަނީ، މުވައްޒަފުންނަށް ފަހި އަދި އެތަކެއް ލުއިފަސޭހަތަކެއް ގެނެސްދިން 4 އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށާއި، ސަރުކާރާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޙާލަތު ރަނގަޅު ކުރެއްވުމުގައި ގެންގުޅުއްވާ ތަޞައްވުރާއި، ކުރައްވަމުން ގެންދަވާ ކާމިޔާބު މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެހުރިހާ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް