Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާލް ގައިޑް އެވޯޑް

ގަރލް ގައިޑްސް އަދި ގަރލް ސްކައުޓުންނަށް ދޭ އެންމެ މަތީ ޝަރަފް ރައީސްގެ އަނބިކަނބަލުންނަށް އަރުވައިފި

4 މާރިޗު 2023 | ހޮނިހިރު 17:40

މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2023 | ހޮނިހިރު 17:40
  ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް އަރުވައިފިއެވެ.

އެކަމަނާއަށް މިއެވޯޑު އަރުވާފައި ވަނީ، ކަސްޓަމްސް ބިލްޑިންގ، މީރުބަހުރު މާލަމުގައި ބޭއްވި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ، އަހަރީ ޢާންމު ޖަލްސާގައެވެ.

Advertisement - newsAdvertisement

މިއެވޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރައްވައި، އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހި ރާއްޖޭގެ ގާރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ގައިޑް ފަޒްނާ އަހްމަދަކީ ގައިޑިން ޙަރަކާތުގެ ދަންމަރު ފެތުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންދާ ބޭކަނބަލެކެވެ. ޗީފް ގައިޑުގެ މަޤާމާއި ޙަވާލުވެލެއްވުމުގެ ކުރިން، ސްކޫލު ދައުރުގައި އެކަމަނާއަކީ ގާރލް ގައިޑެކެވެ.

އަދި ވޯރލްޑް އެސޯސިއޭޝަނުން ރާވާ ހިންގާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް Voices Against Violenceގެ ފެސިލިޓޭޓަރެކެވެ. ހޭލުންތެރި ކުރުވުމުގެ ތަފާތު ޙަރަކާތްތަކުގައި އަދި އެޑްވޮކަސީ ކަންކަމުގައި ވަރުބަލި ކަމެއްނެތި ދަރުމަވެރިއެއްގެ ލާމަސީލު ނަމޫނާއެކެވެ. ކޮވިޑް-19ގައި ޗީފް ގައިޑުގެގޮތުގައި ދެއްކެވި ހިތްވަރުން އެތައް ބަޔަކަށް ސާބިތުކަން ލިއްބައިދިނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެކަމަނާ ފުރަތަމަ ޞަފުގައި މަސައްކަތް ކުރައްވާފާއިވެއެވެ. މީގެ އިތުރުން ތަފާތު ކާރިޘާތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތުގައި ބައިވެރިވެ ވަޑައިގެން، ބައިނަލް އަޤްވާމީ މުޖްތަމަޢުގައި، ދުނިޔޭގެ ލީޑަރުންގެ ފަންތީގައި ދިވެހި ރަޢްޖޭގެ ގާރލް ގައިޑްސް އެސޯސިއޭޝަން ތަމްސީލުކޮށްދެއްވާ، ކުދިންގެ އަޑު އުފުލާދެއްވަމުން ގެންދަވާފައިވެއެވެ.

މީގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނުން ކުރާ ކޮންމެ މަސައްކަތެއް، ވަރަށް ގާތުން ބައްލަވަމުން އަދި ބައިވެރިވަމުން ގެންދަވައެވެ. ކ. ޤުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅުން ތިއްބަވާ މަރުކަޒަށް، ޢީދު ފާހަގަކުރުމަށްޓަކައި ޗީފް ގައިޑުގެ ގޮތުގައި ބައިވެރިވަމުންދެއެވެ. އަދި ހަމައެހެންމެ، ކުދިންނާ ބައްދަލުވާ ކޮންމެ ހިނދެއްގައި ދެއްވާ ތަރުޙީބާއި ދެއްވާ ހިތްވަރުގެ ބަސްތަކަކީ ކުދިންގެ މުސްތަޤުބަލަށް ދެއްވާ ނުހަނު އަގުހުރި ހަދިޔާއެކެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން، އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް، އަދި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދެއްވާފައެވެ.

މި ޖަލްސާގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން މިޖަލްސާގައި، ކޮމިޝަނަރ ސެޓްފިކެޓާއި ޚިދުމަތުގެ އެވޯޑް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ، ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީޤެވެ.

މިޖަލްސާގައި، 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ، 75 ފަރާތަކަށާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ޙާސިލްކުރި 2 ފަރާތަކަށް ވަނީ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ.

މިޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް އިއްވައި ފާސްކުރުންވެސް އޮތެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"

02 އެޕްރީލު 2017
ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް