Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޮކޭޝަނަލް ދާއިރާ

ވޮކޭޝަނަލް ދާއިރާއިން ޑިގްރީ ފެންވަރަށް ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ

ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2023 | ހޮނިހިރު 12:34
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ވޮކޭޝަނަލް ދާއިރާއިން ޑިގްރީފެންވަރަށް ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ގުޅިގެން ބޭއްވި ސްކިލްޑް ސަރޓިފިކެޓް އެވޯރޑިންގ ސެރެމަނީ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި އެމްއައިޓީ އަކީ ވަރަށް ޚާއްސަ ބައިވެރިއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވެގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ދާދިއަވަހަށް ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި ޑިގްރީފެންވަރަށް އެދާއިރާއިން ކިޔެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.

މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ކޮންމެ ދުވަހެއްގެވެސް ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއްކަމަށާއި މެތަމެޓިކްސްއާއި ސައިންސާއި ފިޒިކްސްގެ މައްޗަށް ބިނާވެފައި އޮންނަ ތައުލީމެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދެވޭންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. އަދި ވިސްނުން ހުރީވެސް އެދިމާލަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހުތިރާމް ބޮޑުވާން ޖެހޭ ކަމަށާއި އެކަން ފުރިހަމައަށް ކުރެވޭނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
13 އޮކްޓޯބަރު 2017

އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" މާދަމާ ހުޅުވަނީ

13 އޮކްޓޯބަރު 2017
އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" މާދަމާ ހުޅުވަނީ
12 ޖުލައި 2017

އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން

12 ޖުލައި 2017
އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން
06 ޖުލައި 2017

މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި

06 ޖުލައި 2017
މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު