Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޯބްރާ ގޯލްޑް

"ކޯބްރާ ގޯލްޑް" އަނެއްކާވެސް ބާރު ދުވެލީގައި ކުރިއަށް!

4 މާރިޗު 2023 | ހޮނިހިރު 09:45

މާޗް 10 ވަނަ ދުވަހާ ހަމައަށް ތަމްރީނުތައް ކުރިއަށްދާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 މާރިޗު 2023 | ހޮނިހިރު 09:45
ކޯބްރާ ގޯލްޑް

ކޯބްރާ ގޯލްޑް

ކޯބްރާ ގޯލްޑްއޭ ދެންނެވުމުން ފަހަރުގައި އެއީ އާ ނަމަކަށް ވެދާނެއެވެ. އަދި އަސްލު މާނަ އޮޅުންވެސް އެކަށީގެންވެއެވެ. ފަހަރެއްގައިވެސް ދަންވަން މިއުޅެނީ ރަން ހަރުފައެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް، ހަމަ، އެފަދަ ވަރުގަދަ ކަމެއްގެ ވާހަކައެވެ. ކޯބްރާ ގޯލްޑްއަކީ، އޭޝިއާ ސަރަހައްދުގައި ހިންގާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނު ޕްރޮގްރާމެކެވެ. މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިސީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން 2 އަހަރު ދުވަހަށް މެދުކަނޑާލާފައި އޮތުމަށްފަހު، މި ހިނގާ ހަފުތާ ބަންދަކީ، އެންމެ ފޯރީގައި އަނެއްކާވެސް ކޯބްރާ ގޯލްޑް އަސްކަރީ ތަމްރީނުތައް، އޭގެ އެންމެ ފުލް ގިއަރުގައި ފަށައިގެން ކުރިއަށް ގެންދާ ހަފުތާ ބަންދެކެވެ.

ކޯބްރާ ގޯލްޑް އަސްކަރީ ތަމްރީނުތަކުގެ މި އަހަރުގެ ތަމްރީނު ފަށާފައިވަނީ ފެބުރުއަރީ 28 ވީ އަންގާރަ ދުވަހުއެވެ. ތަމްރީނުތަކުގެ މަރުކަޒަކީ ތައިލޭންޑްއެވެ. މާޗް 10 ވަނަ ދުވަހާ ހަމައަށް ތަމްރީނުތައް ރާވާލާފައިވާއިރު، ޔޫއެސް މެރީންސްއާއެކު މީޑިއާ އޮޕަރޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ކެޕްޓަން ޖޮނަތަން ކޮރޯނެލް ވިދާޅުވާ ގޮތުގައި، މިއީ ބައިވެރިންނާއެކު މިހާ ފުޅާ ދާއިރާއެއްގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ހަނގުރާމަމަތީ ކުޅިގަނޑެއް ސިފަވެގެންދާގޮތަށް ފަރުމާކޮށްފައިވާ ކޯބްރާ ގޯލްޑް އަސްކަރީ ތަމްރީނުތައް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ 1982 ވަނަ އަހަރުއެވެ. މި ތަމްރީނުތަކުގައި 30 ގައުމަކުން، އަސްކަރީ ސިފައިން ބައިވެރިވެއެވެ. ކޯބްރާ ގޯލްޑްއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ގިނަ ގައުމުތަކަކުން ބައިވެރިވެގެން މިހާތަނަށް، އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނެވެ. ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އަސްކަރީ ތަމްރީނުވެސްމެއެވެ.

މިއީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ގުނާލެވޭ އެމެރިކާގެ ސަރުކާރަށް، އޭޝިއާގެ ބައިވެރިންނާ ގުޅުން ބަދަހިކޮށް، ވާދަވެރި ޗައިނާގެ މައްޗަށް އިތުރަށް ފާރަވެރިވުމަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތަކަށް އޮންނަނީ ވެފައެވެ.

ތައިލޭންޑްގައި މިހާރު ކުރިއަށްދާ ކޯބްރާ ގޯލްޑް އަސްކަރީ ތަމްރީނުގައި، 30 ގައުމަކުން 7394 ސިފައިން ބައިވެރިވާކަމަށް މައުލޫމާތު ލިބެއެވެ. ކޯބްރާ ގޯލްޑްއަކީ، 2004 ވަނަ އަހަރު އޭޝިއާ ސަރަހައްދަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ރޭވުންތެރިކަމާއެކު އަސްކަރީ އެހީތެރިކަން ކުރިއަށް ގެންދިއުމަށް ލިބުނު އެއް ލުއިފަސޭހައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
12 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް

12 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ އިން ހަމަލާ ދިނީ އިވަންކާ ޓްރަަމްޕް ބާރުއެޅުއްވުމުން: އެރިކް ޓްރަމްޕް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް