Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިޑްރޯގްރެފިކް ސަރވޭ

ތިން ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސަރވޭ ނިންމާލައިފި

ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ 19 ޖެނުއަރީ އިން 26 ފެބްރުއަރީ އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 މާރިޗު 2023 | ހޮނިހިރު 02:34
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ބައެެއް ސަރަހައްދުތަކުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައި

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ބައެެއް ސަރަހައްދުތަކުގެ އުދައިގެ ސައްހަ އަންދާޒާތައް ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައި

ތިން ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސަރވޭ ނިންމާލައިފިއެވެ.

އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިންވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ 19 ޖެނުއަރީ އިން 26 ފެބްރުއަރީ އަށް އިންޑިއަން ނޭވަލް ޝިޕް އިންވެސްޓިގޭޓަރ (އައިއެންއެސް އިންވެސްޓިގޭޓަރ) އިންނެވެ.

އިންޑިއަން ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި މުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިހަވަންދިއްޕޮޅާއި ތިލަދުންމަތީ އަތޮޅާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރު ރާއްޖެ ސަރވޭ ކޮށްފައިވާ ކަމަށެވެ. ފުރަތަމަ ޖޮއިންޓް ހައިޑްރޯގްރެފިކް ސަރވޭ 2021 ވަނަ އަހަރުގެ ފެބްރުއަރީ/ މާރޗް މަހު އައިއެންއެސް ދަރްޝަކުން ކުރިއަށް ގެންދިޔައިރު، ދެވަނަ ޖޮއިންޓް ސަރވޭ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް/މެއި މަހު އައިއެންއެސް ސުތްލެޖްއިންނެވެ.

މި ސަރވޭ ގައި މި އަތޮޅުތަކުގެ 6308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައިވެއެވެ. މި ސައުންޑިންގ ލައިންތަކުން 2630 އަކަ ކިލޯމީޓަރުގެ ސަރވޭއެއް ކޮށްފައިވާއިރު، މުޅި އިހަވަންދިއްޕޮޅު އަތޮޅާއި ތިލަދަންމަތީގެ ބައެއްގެ ސަރވޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓަކީ 1934 ވަނަ އަހަރު ކުރި ސަރވޭތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޗާޓެކެވެ. މި ސަރވޭތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އުޅަނދުފަހަރުގައި ގަދަވަޔާއި ވިއްސާރައިގައެވެ. އަދި ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައިމަގުގައި ސަރވޭ ކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސަރވޭ ކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައެވެ. މި ސަރވޭގައި އިހަވަންދިއްޕޮޅު އަވަށުގެ ތެރެއިން އަލަށް 52 ޝޮލް ފެނިފައިވެއެވެ.

މި ސަރަޙައްދުތަކުގެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ސަރވޭތަކުގެ ސަބަބުން އުޅަނދުފަހަރުގެ ނެވިގޭޝަނަލް ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ދާއިރާތަކުގެ އަޕްޑޭޓް ނެވިގޭޝަނަލް ޗާޓް/ އިލެކްޓްރޯނިކް ނެވިގޭޝަނަލް ޗާޓްތައް އުފެދިގެންދާނެއެވެ. ދިވެހި ސަރުކާރުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ)ގައި އިސްކަންދޭ 5 ދާއިރާގެ ތެރެއިން ފުރަތަމަ ދާއިރާއަކީ ބްލޫ އިކޮނޮމީ/ނޫ އިޤްތިޞާދެވެ. އެގޮތުން ޓޫރިޒަމް، ފިޝަރީޒް، އެގްރިކަލްޗަރ، އެސްއެމްއީ، ލޭބަރ އެންޑް އެމްޕްލޯއިމަންޓް އަދި އިކޮނޮމިކް ޑައިވަރސިފިކޭޝަން ހިމެނެއެވެ. ނެވިގޭޝަނަށް ލިބޭ ފައިދާތަކުގެ ބޭރުން، މި ހައިޑްރޯގްރެފިކް ސަރވޭތަކުން، ރާއްޖޭގެ ކަނޑުގެ މަގުތައް، ފާގަތި މުސްތަޤްބަލަކަށް މެޕްކުރެއެވެ.

ކުޅުދުއްފުއްޓާއި މާރަންދޫ އަދި ހޯރަފުއްޓަށް އުދައިގެ އޮބްޒަވޭޝަންތައް ވެސް އެ ބޯޓުން ކޮށްފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްޙަ އަންދާޒާތައް ކުރެވޭނެއެވެ. މާރަންދޫ އާއި ހޯރަފުށީގައި ވެސް އައު ބެންޗްމާކްތަކެއް ޤާއިމުކޮށްފައިވާއިރު، އޭގެ ސަބަބުން އުދައިގެ ސައްޙަ ރީޑިންއާއި އަންދާޒާތަކަށް މަގުފަހިވެގެންދާނެއެވެ. މި ސަރވޭގެ ސަބަބުން މުސްތަޤްބަލުގައި އިހަވަންދިއްޕޮޅު އަދި ތިލަދަންމަތީ އަތޮޅު ހިމެނޭގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލް ޗާޓް ޗާޕުކުރުމަށް މަގުފަހިވެގެންދާނެއެވެ.  26 ފެބްރުއަރީ 2023ގައި އައިއެންއެސް އިންވެސްޓިގޭޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރވޭ ކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލުކުރެވުނެވެ. މި ރަސްމިއްޔާތުގައި ސީޑީއެފް މޭޖަރ ޖެނެރަލް ޝަމާލާއި މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްގެ ހެޑް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް މަންސޫރާއި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރވޭ އަކީ ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ސަރވޭ އެކެވެ. ރާއްޖޭގެ އަމިއްލަ ހައިޑްރޯގްރެފިކް ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ސަރވޭގައި، ވަޒީފާގެ ތަމްރީނުތަކާބެހޭ ޖޮއިންޓް ސަރވޭގައި ސިފައިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ސެޓެއް ވެސް ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. މި އިކުއިޕްމަންޓްތަކަކީ 2021 ވަނަ އަހަރުގެ މާޗް މަހާއި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ހައިޑްރޯގްރެފިކް އިކުއިޕްމަންޓްތަކުގެ އިތުރުން ދެވިފައިވާ އިކުއިޕްމަންޓްތަކެކެވެ. އޭގެ ސަބަބުން މޯލްޑިވްސް ހައިޑްރޯގްރެފިކް ސަރވިސްގެ ސަރވޭތައް ހެދުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު