Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާގެ މުޒާހަރާ

ކޮލަމްބިއާގެ މުޒާހަރާ: ހަތްދިހަ ނުވަ ފުލުހަކު ރަހީނުކޮށްފި

އެމީހުން ޑިމާންޑް ކުރަމުން ދިޔައީ އާ މަގުތައް މަރާމާތުކޮށް އާ މަގުތައް ހަދަން އެހީތެރިކަން ދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 މާރިޗު 2023 | ހުކުރު 17:15
ކޮލަމްބިއާގެ މުޒާހަރާގައި ހަތްދިހަ ނުވަ ފުލުހަކު ރަހީނުކުރުން

ކޮލަމްބިއާގެ މުޒާހަރާގައި ހަތްދިހަ ނުވަ ފުލުހަކު ރަހީނުކުރުން

ކޮލަމްބިއާގެ ދެކުނުގެ ކަކެޓާ ޕްރޮވިންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފުލުހަކު މަރުވެ އިތުރު 79 މީހަކު ރަހީނުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި މުޒާހަރާ ފެށީ ތެޔޮ ހޯދުމުގެމަސައްކަތް ކުރާ ކުންފުނި އެމަރަލްޑް އެނާޖީގެ ކޮމްޕައުންޑް ރައްޔިތުން ބްލޮކޭޑް ކުރުމުންނެވެ. އެމީހުން ޑިމާންޑް ކުރަމުން ދިޔައީ އެ ސަރަހައްދުގެ އާ މަގުތައް މަރާމާތުކޮށް އާ މަގުތައް ހަދަން އެ ކުންފުނީގެ އެހީތެރިކަން ހޯދުމަށެވެ.

ފުލުހުންގެ އޮފިސަރުންނާއެކު އާންމުން މަރުވެ، ތެޔޮ ފީލްޑްގައި މަސައްކަތް ކުރާ ނުވަ މީހަކު ވެސް ވަނީ އަތުލައިގަނެފައެވެ. ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުވެފައިވާއިރު އެވީޑިއޯއިން ފެންނަ ގޮތުގައި ރަހީނުކޮށްފައިވާ މީހުން ތޮއްޖެހިފައިވާ ކޮޓަރިއެއްގައި ގޮނޑިތަކެއްގެ ސަފުތަކެއްގައި އަދި ތަޅުގައި އިށީނދެގެން ތިއްބެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ އަނިޔާވެރިކަން ބޮޑުވުމުގެ ކުރިން އެމީހުން "އެފަރާތުން" ދޫކޮށްލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ރެޑްކްރޮސްގެ ސިއްހީ އެހީތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ މީހުންނަކީ ސެން ވިސެންޓޭ ޑެލް ކަގުއަން ސަރަހައްދުގެ ވަށައިގެން އެމަރަލްޑް އެނާޖީން އާ މަގުތަކުގެ އިންފްރާސްޓްރަކްޗާ ހެދުމަށް ބޭނުންވާ ރަށްރަށުގެ މީހުންނެވެ. ރޮއިޓާސް ނިއުސް އެޖެންސީން ގުޅުމުން ވެސް ތެޔޮ ކުންފުނިން ޖަވާބެއް ނުދެއެވެ.

ލޯކަލް ގަވަރމަންޓް އޮފިޝަލުން ބުނީ އެ އޮފިސަރު މަރުވީ މެޝެޓް ހަމަލާއެއްގައި ކަމަށާއި، އާންމު މީހާ މަރުވީ ބަޑިޖެހުމުގެ ސަބަބުން ކަމަށެވެ. ކޮލަމްބިއާގެ އިންސާނީ ހައްގުތަކާ ބެހޭ އޮމްބަޑްސްމަން ކާލޯސް ކަމާގޯ(މެދުވެރިއަކަށް ސައިޓްގައި ހުރި) ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކައި، ތެޔޮ ފެސިލިޓީގައި މޮލޮޓޯވް ކޮކްޓެއިލް ޖަހަން ހުއްޓުވާފައިވާ ކަމަށެވެ.

ކޮލަމްބިއާގައި ހަކަތައާއި މައިނިންގ އޮޕަރޭޝަންތަކާ ކައިރީގައިވާ ސަރަހައްދުތަކުގައި މުޒާހަރާތައް ކުރުމަކީ އާންމު ކަމަކަށް ވާއިރު، މުޖުތަމައުތަކުން ނާއި ކުންފުނިތަކުން މަގުތަކާއި ސްކޫލްތައް ހިމެނޭ ގޮތަށް އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ޑިމާންޑް ކުރެއެވެ.

ފުލުހުން ބުނީ 2016 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމާ ދެކޮޅު ހެދި ފާކް ބާޣީންގެ ޚިޔާލުތަފާތުވާ ސަބްގްރޫޕެއް އެ ސަރަހައްދުގައި ތިބި ކަމަށާއި އެއީ ހަމަނުޖެހުންތައް އުފައްދަމުން ދާބައެއް ކަމަށް ވެދާނެ ކަމަށެވެ.

ވަކިން ހާއްސަކޮށް ބުރާސްފަތި ދުވަހު ހީވެސް ނުކުރާ ގޮތަކަށް ޓްވިޓާގައި ޕެޓްރޯ ވަނީ އެމަނިކުފާނުގެ ދަރިފުޅާއި ބޭބެއާ ގުޅުން ހުރި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ކިބައިން އެދިވަޑައިގެންފައެވެ.

އެ ބަޔާނުގައި އޭނާގެ ދޮށީ ދަރިފުޅު ނިކޮލަސް ޕެޓްރޯ ބުރްގޯސް އާއި ބޭބެ ޚުއާން ފަރްނާންޑޯ ޕެޓްރޯ އުރެގޯގެ މައްޗަށް ކުރާ ތުހުމަތުތައް ކަނޑައެޅިފައި ނުވި ނަމަވެސް އޭނާ ސަރުކާރުން ރިޝްވަތުގެ ބަދަލުގައި ކުށްވެރިންނަށް އިނާޔަތް ނުދޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު