Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަރައްގީގެ މަސައްކަތް

އަޅުގަނޑުމެން ތަރައްގީ ގެންނަނީ ކޮންމެ 5 އަހަރަކުން އޮންނަ އިންތިހާބަކަށް ނޫން - ރައީސް

ކޮންމެ 5 އަހަރަކުން ތަރައްގީ ގެންނާތީ އާމްދަނީއާ އެއްވަރަށް ރާއްޖެ ތަރައްގީވެފައި ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 މާރިޗު 2023 | ބުރާސްފަތި 07:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހިރިލަންދޫ އައު އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހިރިލަންދޫ އައު އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

އެމަނިކުފާނުގެ ސަރުކާރުން ތަރައްގީ ގެންނަނީ ކޮންމެ 5 އަހަރަކުން އަންނަ ރިޔާސީ އިންތިހާބަކަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތ. ހިރިލަންދޫ ފެނަކަ އައު އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ ހިރިލަންދޫ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ދެންނެވި މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާއި އަދި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ދެންނެވި މަރުހަބާއިން ފެނިވަޑައިގަތީ ހިރިލަންދޫ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވަމުން އަންނާތަން ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ހުރި އަސާސީ ހިދުމަތްތަކުގެ ތެރެއިން ޒަރޫރީ ހިދުމަތްތަކަށް ބޭނުންވެފައި ހުރި އެތައް ކަމެއް ހުރީ ނުކުރެވި ފުނި ޖެހިފައި ކަމަށެވެ. 2018 ވަނަ އަހަރު ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެކަން ފެނި ތަރައްގީ ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެއްވެސް ރަށެއްގެ ރައްޔިތެއް އަސާސީ ހިދުމަތްތަކުން ބާކީ ނުކޮށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ތަރައްގީވާނީ ރައޔްިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ތަރައްގީ ކުރެވިގެން ކަމަށެވެ. އާއިލާއެކު އުޅެވޭނެ ގޮތެއް ހަދައިދީގެން ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ކުރަން ފަށާފައި ހުރި މަސައްކަތުން ފެންނަނީ ކޮންމެ 5 އަހަރުން އަންނަ އިންތިހާބަށް ތައްޔާރުވަމުންދާ މަންޒަރުކަމަށެވެ. މިއީ ވޭތުވެދިޔަތަނުގައި ސަރުކާރުތަކުން ކަންކުރައްވާފައިވާގޮތް ކަމަށެވެ. މިއާއެކު އާމްދަނީއާ އެއްވަރަށް ރާއްޖެ ތަރައްގީ ނުވާ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ތަރައްގީ ގެންނަވަނީ އިންތިހާބަކަށް ނޫން ކަމަށާއި, އެއީ އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ނިންމަންވީ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ މަޑުޖެހިގެން ތިބޭނީތޯ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުފެނަކަ ކޯޕަރޭޝަންއަހުމަދު ސައީދު މުހައްމަދުމެމްބަރު ނާޝިޒްތ. ހިރިލަންދޫ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
07 އޮކްޓޯބަރު 2025

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
03 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި

03 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު