Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތަށް ހޮވުނު ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

2 މާރިޗު 2023 | ބުރާސްފަތި 02:19

މި މުބާރާތުގައި 20 ބައިވެރިން ވާދަ ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މާރިޗު 2023 | ބުރާސްފަތި 02:19
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ އެކު ބޭއްވި ބައްދަލުވުން

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ އެކު ބޭއްވި ބައްދަލުވުން

ރާއްޖެ ޓީވީ އާއި ޔޫތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަނުން ހޮވުނު 20 ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މި ސެޝަނަކީ މި މުބާރާތުގެ ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ފުރަތަމަ ސެޝަނެވެ. އެގޮތުން، މުބާރާތް ކުރިއަށްދާނެ ގޮތާއި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި މުގައްރަރާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އާއި ޔޫތު މިނިސްޓްރީން ވަނީ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

މި ސެޝަނުގައި ބައިވެރިންގެ ފަރާތުން ހުރި ސުވާލުތަކަށް ވެސް ވަނީ ޖަވާބު ދީފައެވެ.

ފުރަތަމަ ސެޝަނުގައި މުބާރާތައް ހޮވުނު 20 ބައިވެރިން ވެސް ބައިވެރިވެފައިވާއިރު، ރަށްރަށުގައި މިވަގުތު ތިބި ބައިވެރިން މި ސެޝަނުގައި ބައިވެރިވީ އޮންލައިންކޮށެވެ.

ރަންތާޖު ޤުރުއާން މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޑިޝަންތައް ބާއްވައި ފައިނަލް 20 ބައިވެރިން ވަނީ ހޮވައިފައެވެ. މި ބައިވެރިން ހޮވާފައި ވަނިކޮށް އޭގެ ތެރެއިން ދ. ކުޑަހުވަދޫ އީލަފް އަހުމަދު ސޮލާހު މުބާރާތުން އަމިއްލައަށް ވަކިވުމާ ގުޅިގެން އެ ޖާގައަށް އޮޑިޝަންގައި 21 ވަނައަށް އެންމެ މަތިން މާކްސް ލިބުނު ބައިވެރިޔާ ވަނީ ހޮވާފައެވެ. އެއީ ހއ. ހޯރަފުށި، އައިޝަތު ޝަރުފާއެވެ.

އީލަފް މުބާރާތުން ވަކިވުމަށް އެދިފައިވަނީ މުބާރާތާއި އޯލެވެލްގެ ދުވަސްވަރާ ދިމާވާތީ އެ ދުވަސްވަރު މާލޭގައި ހުންނަން ދަތިވުމާ ގުޅިގެންނެވެ.

3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ބޭއްވިއެވެ. މި އޮޑިޝަންތަކުން މުބާރާތަށް ކުދިން ހޮވުމުގައި އޮޑިޝަންތަކުގައި ބައިވެރިވި ހުރިހާ ކުދިން ވެސް އެއް މިންގަނޑަކުން މިންކުރެވުނު ކަމަށާއި މުބާރާތުގައި ވާދަކުރާނީ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާގުވެވުނު 20 ބައިވެރިން ކަމަށް މުބާރާތުގެ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

ރަންތާޖު ޤުރުއާން މުބާރާތްރާއްޖެޓީވީޔޫތު މިނިސްޓްރީއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް