Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތަފާތުކުރުން ނައްތާލުމުގެ ދުވަސް

1 މާރޗް 2023 - ދުނިޔޭގައި ފާހަގަކުރާ "ތަފާތުކުރުން ނައްތާލުމުގެ ދުވަސް"

ސްކޫލްތަކުގައި އޮންނަ ބުލީކުރުމަކީ ޑިސްކްރިމިނޭޓްކުރުން ސިކުނޑީގައި ފެށިގެން އަންނަ ހިސާބު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 14:57
ޒީރޯ ޑިސްކްރިމިނޭޝަން ޑޭ 2023

ޒީރޯ ޑިސްކްރިމިނޭޝަން ޑޭ 2023

"ޑިސްކްރިމިނޭޝަނަކީ ކޮން އެއްޗެއްކަން ނޭނގޭހާ ކުޑައިރު މި މުޖްތަމައުގައި އެކަމާ ކުރިމަތިލާން ޖެހެއެވެ." މި ރިޕޯޓްގެ ވާހަކަ ބުނުމުން ޒުވާން އަންހެނަކު އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާކުރިއެވެ. ގްރޭޑް 3ގައި އުޅުނުއިރު ކްލާހުގައި އުޅޭ ބުލީކުރާ ގްރޫޕަކުން، މަންމައާ ބައްޕައާ ދެމީހުންނަކީ މާލޭ މީހުންނަށް ނުވަންޏާ މާލޭ މީހަކަށް ނުވާނެކަމަށް ބުނެ އޭނާ "ދަށް" ކޮށްލުމަށް މަސައްކަތްކުރި ކަމުގެ ހަނދާންތައް އޭނާ ކުރިއެވެ. އަސަރާ އެކުގައެވެ.

1 މާރޗް 2023 ދުވަހަކީ ޒީރޯ ޑިސްކްރިމިނޭޝަން ޑޭގެ ގޮތުގައި ވަނީ ފާހަގަކުރުމަށް ނިންމާފައެވެ. މިކަމުގެ ބޭނުމަކީ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތައް ނައްތައިލުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި އެއްބާރުލުމުގެ ހަރަކާތެއް ފެށުމެވެ. ކޮންމެ އަހަރަކުވެސް ފާހަގަކުރާ ޒީރޯޑިސްކްރިމިނޭޝަން ޑޭގެ މަގުސަދަކީ އެންމެން ބައިވެރިކޮށްގެން ހަމަހަމަކަންމަތީ، ސުލްހަވެރިކަމާއެކު އުޅުމުގެ ހައްގު އެންމެންނަށްވެސް އޮންނަކަން ބުނެދީ، އެއާއެކު ތަފާތުކުރުންތަކުން ވަކިވަކި ފަރުދުންނަށާއި ސޮސައިޓީތަކާ މުޖްތަމައަށް ކުރާ ނޭދެވޭ އަސަރު އަންގައިދީ ހޭލުންތެރިކަން އިތުރުކުރުމެވެ.

މިމަގުސަދު ހާސިލް ކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ތަފާތު ސެމިނާރުތަކާއި ވަރކްޝޮޕްތައް ބާއްވަމުން އާދެއެވެ.

ވަރލްޑް ޑިސްކްރިމިނޭޝަން ޑޭ ފުރަތަމަ ފާހަގަކޮށްފައިވަނީ 2014 ވަނައަހަރުއެވެ. އެއީ އެޗްއައިވީ ޖެހޭ މީހުން އެކަހެރި ނުކުރުމަށް ބާރުއަޅައި ޔޫއެން އެއިޑްސްއިން ނިންމި ނިންމުމަކަށެވެ. ކެމްޕެއިން ފުރަތަމަ ލޯންޗްކޮށްފައިވަނީ 2013 ވަނަ އަހަރު ފާހަގަކުރި ވަރލްޑް އެއިޑްސް ޑޭގައެވެ. ޔޫއެން އެއިޑްސްގެ އޮފިޝަލުން ވިދާޅުވާގޮތުގައި، މި ކެމްޕެއިންގެ ސަބަބުން އެއިޑްސް ޖެހޭ މީހުން އެކަހެރިކުރުން ކުޑަވެގެން ދިޔައެވެ. އަދި އެމީހުންނަށް ވަޒީފާ އަދާކޮށް އުޅުމަށް މަގު ފަހިވެގެން ދިޔައެވެ. މީގެ އިތުރުން އެއިޑްސް ބަލި ފޮހެލުމަށް ކުރެވެމުންދާ މަސައްކަތުގައި ވެސް ބޮޑު ބާރަކަށް ވަނީ ވެފައެވެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު، ﷲގެ ރަހުމަތް ފުޅުން، ބައްޔެއްގެ ސަބަބުން އެކަހެރިކުރަންޖެހޭ ބައެއް މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތެވެ. ނަމަވެސް އަޅުގަޑުމެންގެ ތެރޭގައި "ޑިސްކްރިމިނޭޝަން" ވަރަށް ބޮޑަށް އެބައޮތެވެ. ސްކޫލްތަކުގައެވެ. ކުޑަކުދިންގެ މެދުގައި އޮންނަ ބުލީކޮށް، އެބަޔަކާ "ކްލިކް"ނުވާ ބަޔަކު ދަށްކޮށްލައި، ތިމާމެން މޮޅުވުމުގެ ބައްޔެވެ. ސްކޫލްތަކުގައި އޮންނަ ބުލީކުރުމަކީ ޑިސްކްރިމިނޭޓް ކުރުން ސިކުނޑީގައި ފެށިގެން އަންނަ ހިސާބެވެ.

މިއީ ބުލީކުރާ ކުދިންނަށްވެސް އަދި ބުލީކުރެވޭ ކުދިންނަށްވެސް މުޅި ހަޔާތަށް ދެމިގެންދާ ޑިސްކްރިމިނޭޝަނެކެވެ. ބުލީކުރާ ކުއްޖާ ބޮޑުވަނީ "މަ މާމޮޅު" ކޮމްޕްލެކްސް ޖެހިފައި ހުރެގެންނެވެ. ތިމަންނާއަކީ އެހެން ކުދިންނާ އެއްހަމައެއްގައި ހުރި މީހެއްކަމުގައެއް ނުދެކެއެވެ. އެންމެންނަކީވެސް އޭނާއަށް ވުރެ ދަށް އަދި "ލުކްޑައުން" ކުރަންޖެހޭ ބައެއްގެ ގޮތުގައި ގަބޫލުކުރެއެވެ.

އަނެއްކޮޅުން ބުލީކުރެވޭ ކުއްޖާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ރަހުމަތްތެރިން ހޯދުމަށް އުނދަގޫވެ، ސްކޫލް ހަޔާތް އެކަނި ހުރެ ނިންމާލާތަންވެސް އާދެއެވެ. ލިބޭނަމަ ލިބެނީ ފޭކް ރަހުމަތްތެރިން ތަކެކެވެ. ޖަޖްކޮށްފާނެ ކަމުގެ ބިރު އަބަދުވެސް އޮވެއެވެ. އެހެން ކަމުން އެހެން ކުދިންނާ ގާތްކަމެއް އުފެއްދުމަށް ޖެހިލުންވެއެވެ.

ބުލީކުރުން ހުއްޓުވުމަށް، ސީދާ އެކަމަށް ފޯކަސްކޮށް އަދިވެސް އެދެވޭ ގޮތަކަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރެވެމުން ދާތަނެއް ނުފެނެއެވެ.

މިއަދު، މާރޗް 1ގައި ފާހަގަކުރާ ޒީރޯ ޑިސްކްރިމިނޭޝަން ޑޭއަށްފަހު ނަމަވެސް މިކަމަށް ޚާއްސަ ކެމްޕެއިންތަކެއް ލޯންޗްކުރުން ކިހިނެއްވާނެތޯއެވެ!

އެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު