Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

އެޗްޑީސީން ރޯދަ މަހަށް ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަނީ

މިއީ 18 ގޮޅި ހިމެނޭ މާރުކޭޓެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 މާރިޗު 2023 | ބުދަ 12:19
ހިޔާ ފްލެޓް ސަރަހައްދު

ހިޔާ ފްލެޓް ސަރަހައްދު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި އަންނަ ރޯދަމަހާ ދިމާކޮށް ވަގުތީ މާރުކޭޓެއް ހުޅުވަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، މިދިޔަ އަހަރާ އެއްގޮތަށް މިއަހަރު ވެސް ހިޔާ ސަރަހައްދުގައި މާރުކޭޓެއް ހުޅުވާނެ ކަމަށެވެ. އެއީ 18 ގޮޅި ހިމެނޭ މާރުކޭޓެއްކަން ވެސް އެޗްޑިސީން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ބުނީ މި މާރުކޭޓުން ދޫކުރަން ނިންމާފައިވާ 18 ގޮޅީގެ ތެރެއިން 50 އިންސައްތަ ނުވަތަ ނުވަ ގޮޅި ހާއްސަކޮށްފައިވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ ނުވަ ގޮޅި ދޫކުރާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ހިޔާ ސަރަހައްދުގައި ރޯދަ މަހަށް ހާއްސަ ކޮށްގެން މާރުކޭޓެއް ހުޅުވަން އެޗްޑީސީން ނިންމީ، ރޯދަ މަހު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ލިބޭނެ ގޮތް މަގު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ.

ރޯދަ މަހު މިފަދަ ޚިދުމަތްތަކަށް އޮންނަ ޑިމާންޑު އިތުރުކަން ފާހަގަކޮށް އެޗްޑީސީން ބުނީ، އެ ކުންފުނިން ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މާލޭ ސިޓީ ކައުންސިލަށް ވެސް ވަގުތީ މާރުކޭޓެއް ހަދަން ބިން ހަމަޖައްސާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ އެ މާރުކޭޓުން ދޫކުރާނެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ދެވަނަ ފިޔަވަހިން އެސްޓީއޯއަށް ވެސް އެޗްޑީސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ވިނަރެސް ފްލެޓުތަކުގެ ކޮމަރޝަލް ބްލޮކްގައި އެސްޓީއޯގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޔުނިޓެއް ކަނޑައަޅައި މިދިޔަ މަހު ހަވާލުކޮށްފައި ވާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ ކޮންމެ ކަމަކީ ވެސް އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ކަމަށާއި، އެފަދަ ކަންކަމަށް އެ ކުންފުނީގެ އެއްބާރުލުން ހުރިހާ މުއައްސަސާއަކަށް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

އެޗްޑީސީހިޔާ ފްލެޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
29 ނޮވެމްބަރު 2025

ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟

29 ނޮވެމްބަރު 2025
ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟
28 ނޮވެމްބަރު 2025

އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން

28 ނޮވެމްބަރު 2025
އިއުލާނު ކުރުމެއް ނެތި ހުޅުމާލޭގައި ހުރި ހުސް ބިންތައް އަމިއްލަ ފަރާތްތަކަށް ވިއްކާލައިފި, އަގު ސާފެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު