Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ކޮވިޑް-19ގެ އަސްލު: އޮބިގޮސްފައި އޮތް ޖިނާޢީ ތަޙުޤީޤެއް ފަދަ ކަމަކަށްވެސް ވެދާނެ!

ވައިރަސް ފެތުރިގެން ދިޔަ ގޮތުގެ އަސްލު ހޯދުމަށް ވުރެ، ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެން ނުދާނެ ގޮތްތައް ދެނެގަތުމުގެ މުހިންމު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 މާރިޗު 2023 | ބުދަ 05:58
ކޮވިޑް-19 ގެ އަސްލު ހޯދުން

ކޮވިޑް-19 ގެ އަސްލު ހޯދުން

ބައެއް މީހުންނަށް އެއީ މިއަދު މާޒީ ކަމުގައި ވެދާނެއެވެ. ނަމަވެސް އެކަމެއްގެ ޙަޤީޤަތް އަދިވެސް މުޅިން ނުހޯދި އޮތް އެއް ކަމަކީ، މީގެ 3 އަހަރު ދުވަސް ކުރިން މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަސްލެވެ. ބަލި ޖައްސާ ވައިރަހުގެ އަސްލާ ބެހޭ ގޮތުން ތަފާތު އެކި ގޮތް ގޮތަށް ކުރަމުންދާ ބަޙުސްތައް އަދިވެސް އޮތީ ކޮޅެއްގައި ނުޖެހިއެވެ. އަދިވެސް އެންމެ ހޫނުކޮށް މި ބަޙުސް ކުރަމުންދާ އެއް ޤައުމަކީ އެމެރިކާއެވެ. އެމެރިކާގެ އެނަރޖީ މިނިސްޓްރީއިން ދާދި ފަހުންވެސް ވަނީ، ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަހެއް ކަމަށް ނިންމާފައެވެ. ނަމަވެސް، ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގެ ސަރުކާރަށް ލަފާ އެރުވި މުޝީރަކު، ފެބުރުއަރީ 27 ވަނަ ދުވަހު ވަނީ، އެނަރޖީ މިނިސްޓްރީގެ ނަޒަރިއްޔާ ދޮގު ކުރައްވާފައެވެ.

ޔުނިވަރސިޓީ އޮފް މިނެސޯޓާގެ ސެންޓަރ ފޮރ އިނފެކްޝަސް ޑިޒީޒް ރިސަރޗް އެންޑް ޕޮލިސީ (ސިޑްރެޕް)ގެ ޑައިރެކްޓަރ، ޕްރޮފެސަރ މައިކަލް އޮސްޓަރހޯމް ވިދާޅުވާ ގޮތުގައި މި ވެގެން އުޅޭ ގޮތުގެ ޙަޤީޤަތް ގުޅެނީ މީޑިއާއެވެ. މީޑިއާއިން މި ވާހަކަތައް ކަވަރު ކުރާ ގޮތާ ކަމަށް އޮސްޓަރހޯމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަހަކަށް ވުން ގާތް ކަމަށް އެމެރިކާގެ އެނަރޖީ މިނިސްޓްރީއިން ނިންމާފައި ވާ ކަމަށް ފެބުރުއަރީ 26 ވަނަ ދުވަހު އެންމެ ފުރަތަމަ ރިޕޯޓް ކުރީ ވޯލް ސްޓްރީޓް ޖަރނަލްއިންނެވެ. އެމެރިކާގެ މި ދަޢުވާއަކީ، ޗައިނާގެ ސަރުކާރުން ސިލްސިލާ ގޮތެއްގައި ދެކޮޅު ހަދާ ދަޢުވާއެކެވެ.

ވޯލް ސްޓްރީޓްއިން ޖަރނަލްއިން އެފަދަ ރޫޙެއްގައި ވާހަކަތައް ޢާންމު ކުރީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ނުވަތަ ވައިޓްހައުސްއާއި ޤާނޫނު ހަދާ މަޖިލީހުގެ އިސް މެންބަރުންނަށް ފޮނުވާފައިވާ ސިއްރު، ޖާސޫސީ ރިޕޯޓެއް ވިދާޅުވި ބައެއް މަސްދަރުތަކާ ހަވާލާ ދީ ކަމަށް ބުނެފައިވެއެވެ. އަދި އެނަރޖީ މިނިސްޓްރީގެ ނިންމުމަކީ، އިތުބާރު ކުޑަ ނިންމުމެއް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

ޤައުމީ ސަލާމަތާ ބެހޭ ވައިޓްހައުސްގެ ތަރުޖަމާނު، ޖޯން ކަރބީ ހޯމަ ދުވަހު ވިދާޅުވީ، ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލާ ބެހޭ ގޮތުން އަދިވެސް ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލާ މެދުވެސް އެމެރިކާގެ ސަރުކާރުން އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ކަރބީ ވަނީ ފާހަގަ ކުރައްވާފައެވެ.

ސައެންސްގެ ދާއިރާގެ ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލަކީ، ޖަނަވާރުންގެ އާބާދީއިން އިންސާނުންނަށް ބަލި ފެތުރުމެވެ.

ކޮވިޑް-19ގެ އަސްލަކީ، ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ލީކު ކުރި ވައިރަހެއް ކަމަށް ބުނި ދަޢުވާތަކެއް އަޑު ގަދަވި ދުވަސްވަރެއްވެސް ދިޔައެވެ.

ޕްރޮފެސަރ މައިކަލް އޮސްޓަރހޯމް ވިދާޅުވާ ގޮތުގައި، ބަލީގެ އަސްލު ކަށަވަރު ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ.

ކަން މިހެން އޮތް އިރު، ވައިރަސް ފެތުރިގެން ދިޔަ ގޮތުގެ އަސްލު ހޯދުމަށް ވުރެ، ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެން ނުދާނެ ގޮތްތައް ދެނެގަތުމުގެ މުހިންމުކަން މާ ބޮޑު ކަމަށްވެސް ޕްރޮފެސަރ މައިކަލް އޮސްޓަރހޯމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާގެ ރައީސް، ޖޯ ބައިޑަންގެ ސަރުކާރުން އަދިވެސް ދަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަމަލު ކުރުމަށް ބާރު އަޅަމުންނެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ވޫހާންގައި ހިނގާ ދިޔަ ކަންކަމާ ގުޅިގެން ޗައިނާއިން ވީހާވެސް ތެދުވެރިކަމާއެކު ވާހަކަދައްކަން ޖެހޭ ކަމަށް، އެމެރިކާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ނިކޮލަސް ބަރންސް ވަނީ ގޮވާލައްވާފައެވެ.

ކޮވިޑް-19ޗައިނާއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު