Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައިފި

މަސީހުގެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ މެމްބަރުންގެ ސޮޔާއެކު

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 06:04
މަސީހު

މަސީހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސާޅީސް ފަސް މެމްބަރުންގެ ސޮޔާއެކު ދާދި ދެންމެ ހުށަހަޅައިފި އެވެ.

މިއީ މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދި ތިން ވަނަ ފަހަރެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ މާޗް 8، 2017 ގަ އެވެ. އެ ފަހަރު ހުށަހެޅި 26 މެމްބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ރޯލް ކޯލް ވޯޓް ނަގައި މައްސަލަ ބޭރުކޮށްލި އެވެ. ދެ ވަނަ ފަހަރަށް މަސީހުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮޔާއެކު އޭޕްރީލް 9 ގަ އެވެ. އެ ފަހަރު އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކު އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

Advertisement - newsAdvertisement

އެޓާނީ ޖެެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހުގައި ފާސްކުރާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް މަޖިލީހަށް ވަޑައިގަތީ އެމްޑީޕީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު އެވެ. އެ ބޭފުޅުންގެ އަރިހުގައި ބައެއް އެހެން މެމްބަރުން ވެސް މަޖިލީހަށް ވަަޑައިގަތެވެ.

މި މައްސަލައާ ގުޅޭ ގޮތުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުނޫޒްގައި ޕްރެސް ކޮންފަރެންސްއެއް ބާއްވާނެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު ހުށަހެޅިއިރު، ޕީޕީއެމްގެ ބައެއް މެމްބަރުން ސޮއިކުރައްވާފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަން އަދި ނޭނގެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރުން ސޮއިކުރުމާއެކު، ސަރުކާރަށް މަޖިލީހުގެ އަޣުބަލަބިއްޔަތު މިވަނީ ގެއްލިގެން ގޮސްފައި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު، ޕީޕީއެމްގެ ވައިބާ ގްރޫޕްގައި ހޯމަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އުޅެނީ ހުވަފެނެއްގައި ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށް ފަހު، މިހާރު ކުނޫޒުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ސަބަބުތައް ވިދާޅުވެ ދެއްވި އެވެ. އެ ސަބަބުތަކަކީ

1. ގާނޫނު އަސާސީއާ ހިލާފު ބިލްތައް ހުށަހެޅުން.

2. ގަވާއިދު އިސްލާހުކުރަން ކޮމިޓީއެއް ނަގައި، މަސައްކަތް ކުރައްވަމުން ދަނިކޮށް އެކަމަށް ހުރަސް އަޅުއްވައި މަޖިލީހުގެ ރައީސް ބޭނުންފުޅުވާ ބަދަލުތައް ގަވާއިދަށް ގެނައުން

3. ބިލްތައް ދިރާސާކުރަން ވަގުތު ނުދީ، މަރުހަލާ އެއްކޮލައިގެން ކުރިއަށް ގެންދިއުން

4. ވަކި ސަބަބެއް ނެތި ޖަލްސާތައް ނުބޭއްވުން

5. ބިލްތައް ހުށަހަޅުއްވާއިރު މެމްބަރަށް އެނގިވަޑައިނުގެން މަޖިލީހުގެ ރައީސް ބިލްތަކަށް ބަދަލު ގެނައުން.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކާމިޔާބު ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ.

"މި މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދިޔަ. އެ ހުރިހާ ބޭފުޅުންގެ ނަންތައް ވަކިން ދެންނެވުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކަކަށް ޝުކުރިއްޔާ،" އިބޫ ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި ފާރިސް ވިދާޅުވީ 45 މެމްބަރުންގެ ސޮއި ލިބުނު ނަމަވެސް، "ކުރިއަށް ހުރި މަސައްކަތް ބޮޑުވެފައި، މިއަށްވުރެ ދަތިވާނެ" ކަމަށެވެ،

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް 45 މެމްބަރުންގެ ސޮއި ލިބިގެން މިދިޔައީ ޕީީޕީއެމްގެ މެމްބަރުން"ރައްޔިތުންގެ ފަޅި ހިޔާރުކުރުން" ކަމަށެވެ.

"ޕީޕީއެމްގެ އެތެރެއިން މިކުރި މަސައްކަތަކީ ރައީސް މައުމޫން ޕާޓީ އިސްލާހު ކުރެއްވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ، އެކަމުގެ ހެޔޮ ފާލު، ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުން މިކަމުގައި މަޝްވަރާކުރެއްވި،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 45 މެމްބަރުންގެ ސޮޔާ ހަމައިން ނިންމާނުލާނެ ކަމަށާއި އިތުބާރު މެމްބަރުން ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ލީޑަރުންނަށް ހިތްވަރު ލިބެނީ ރައްޔިތުންގެ ފަރާތުން ދޭ ހިތްވަރުން ކަމަށެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅީ އެ މަނިކުފާނު އާއި އަދި ރައީސް ޔާމީނާ އޮތް ޒާތީ މައްސަލައަކުން ނޫން ކަމަށެވެ.

މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މަސީހު އިސްތިއުފާ ދެއްވުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ދެން ރޯލްކޯލްއަކަށް ދާކަން ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މަސީހުގެ އިތުބާރު ނެތްކަމަށް ސޮއިކުރެއްވީ؛

1. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މެމްބަރު އަބްދުﷲ ސިނާން

2. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ލަތީފް

3. ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު

4. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

5. އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު

6. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

7. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް

8. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ

9. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް

10. ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ

11. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު