Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާން ހައްޔަރުކުރުމުގެ އަމުރު

އިމްރާން ޚާން ހައްޔަރު ކުރުމުގެ އަމުރެއް ޕާކިސްތާނުގެ ކޯޓަކުން ނެރެފި

ކޯޓުތަކުން ދެކޮޅަށްވެސް އަމުރު ނެރެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ފެބުރުއަރީ 2023 | އަންގާރަ 17:42
އިމްރާން ޚާން

އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމުގެ އަމުރެއް އިސްލާމް އާބާދުގެ ކޯޓަކުން އަންގާރަދުވަހު ނެރެފިއެވެ. އޭގެ ކުރިން އިމާރާން ޚާން ވަނީ ސަޕޯޓަރުން މިހާރު ފަށާފައިވާ އިހުތިޖާޖްތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ފުޅާކޮށް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެވެ.

ކަފާލާތުވެސް ނުބެހެއްޓޭގޮތަށް އިމްރާން ޚާން ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނީ، މަގާމުގައި ހުންނެވިއިރު ލިބިވަޑައިގެންނެވި ބައެއް ހަދިޔާ ވިއްކަވާފައިވުމާއި، އަދި އަމިއްލަ އެސެޓްގެ ތަފްސީލް ހާމަކުރައްވާފައި ނުވާތީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކޯޓަށް ވަޑައިގެންފައި ނުވާތީއެވެ.

ހަމަ އަންގާރަދުވަހު ޕާކިސްތާނުގެ އެހެން ތިންކޯޓަކުން ވަނީ އެހެން ތިން މައްސަލައެއްގައި އިމްރާން ޚާންގެ މައްޗަށް އުފުލިފައިވާ ދައުވާގައި އިމްރާން ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ނިންމައި، އެކަން އިއުލާންކޮށްފައެވެ.

މިދިޔަ ނޮވެމްބަރުމަހު ކެމްޕެއިން ރެލީ އެއްގައި އުޅުއްވަނިކޮށް މީހަކު ބަޑިޖަހައި ދިން ހަމަލާއެއްގައި ފައިންޕުޅަށް ވަޒަން އެރި ހާދިސާއަށްފަހު އިމްރާންޚާން ފުރަތަމަ ފަހަރަށް އަންގާރަ ދުވަހު އިސްލާމް އާބާދަށް ވަޑައިގެންނެވުމުން އޭނާގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެހަމަލާގައި ސަޕޯޓަރަކު މަރުވެ، ބާރަވަރަކަށް މީހުންނަށް އެކި އަނިޔާތައް ލިބިފައި ވެއެވެ.

ޕާކިސްތާނުގައި އިންތިޚާބް އަވަސްކުރުމަށް ގޮވާލައްވައި އިމްރާން ޚާން އާންމުންގެ މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާތާ އެތައް މަހެއް ވަނީ ވެފައެވެ. ނަމަވެސް މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވަނީ އިންތިޚާބް ބާއްވާނީ ޕާލަމެންޓްގެ ފަސްއަހަރުގެ ދައުރު ނިމުމުން، މިއަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

އިމްރާންޚާންގެ ރައްކާތެރިކަމާބެހޭ ގޮތުން އޭނާގެ ޕާޓީ، ޕާކިސްތާން ތެހެރީކް-އެ-އިންސާފްގެ އިސް ލީޑަރެއް ކަމަށްވާ ފަވާދު ޗައުދްރީ ވިދާޅުވީ "ފޭކް" ކޭސްތަކުގައި އިމްރާން ކޯޓަކުން ކޯޓަކަށް ގެންދާއިރު، އޭނާއަށާއި އެތައް ހާސް ސަޕޯޓަރުންނަށް ސެކިއުރިޓީގެ ގޮތުން ސީރިއަސް ބިރު އެބައޮތް ކަމުގައެވެ.

އިމްރާން ޚާން މަގާމުން ދުރުކޮށްފައިވަނީ އެޕްރިލް މަހު ޕާލަމެންޓްގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭގެ ފަހުން ގާނޫނީ އެތައް މައްސަލަތަކަކާ ކުރިމަތިލައްވަން އިމްރާނަށް ވަނީ ޖެހިވަޑައިގެންފައެވެ. މިގޮތުން އޭނާއަށް ދެން ޕަބްލިކް މަގާމެއް އަދާނުކުރެއްވޭނެ ކަމަށް އޮކްޓޯބަރު މަހު އިލެކްޝަންސް ޓްރައިބިއުނަލްއިން ނިންމާފައިވާއިރު، ނެޝަނަލް އެސެމްބްލީގައި އޭނާ ފުރުއްވަމުން ގެންދެވި ގޮނޑިވެސް ވަނީ ނިގުޅައިގެންފައެވެ. އެންމެ ފަހުން ކުރިމަތިވެ ވަޑައިގެންނެވި މައްސަލައަކީ އޭނާއަށް ވަފާތެރި، ކުރީގެ އާމީ ޖެނެރަލެއްކަމަށްވާ އަމްޖަދު ޝުއައިބް، ސަރުކާރުގެ އިދާރާތަކަށް ގެއްލުން ދިނުމަށް ސަޕޯޓަރުންނަށް ގޮވާލެއްވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރުމެވެ. އޭގެ އެއްދުވަސް ކުރިން ޝުއައިބް ވަނީ ޕާކިސްތާންގެ ނިއުސް ޗެނެލެއްގައި ސަރުކާރަށް ފާޑުކިޔައި ވާހަކަފުޅުދައްކަވާފައެވެ.

ޝަހްބާޒް ޝަރީފްގެ ސަޕޯޓަރުންނާ އިމްރާން ޚާންގެ ސަޕޯޓަރުންނާ ދެމެދު ކޯޅުންތައް ކުރިޔަށްދާއިރު، ޕާކިސްތާން ވަނީ އިގްތިސާދީގޮތުން ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ. އަދި ބޭރުގެ ދަރަނި ޑިފޯލްޓް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.   

ޕާކިސްތާންދުނިޔެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު