Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާގައި ފިޔާގެ އަގު ވެއްޓުން

އިންޑިޔާގައި ފިޔާގެ އަގު ދަށަށް ގޮސް، ބައެއް ދަނޑުވެރިން ހައްދާ ފިޔާ ނުވިއްކައި ހަލާކުވުމަށް އެބަ ބަހައްޓާ!!

އިންޑިޔާގެ 1 ރުޕީއަށްވެސް މިވަގުތު ފިޔާ ކިލޯއެއް ލިބޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2023 | އަންގާރަ 15:22
އިންޑިޔާގެ ދަނޑުުވެރިޔަކު ފިޔާ ބަސްތާއެއް ހިފައިގެން ދަނީ

އިންޑިޔާގެ ދަނޑުުވެރިޔަކު ފިޔާ ބަސްތާއެއް ހިފައިގެން ދަނީ

ކުރީ އަހަރު ތަކުގައި ރަމްލާން މަހާ ދިމާކޮށް ފިޔައާއި އަލުވީގެ އަގުތައް އަރައިގެން ދިޔަނަމަވެސް މިފަހަރު އެހެން ދިމާނުވުން ވަރަށް އެކަށީގެންވެއެވެ.  

ދުނިޔޭގައި ފިޔާ ލިބުމުގެ ދަތިކަމެއް އެބައޮތްކަމަށް ވަރލްޑް ބޭންކުން މިދިޔަ މަހު ބުނެފައިވަނިކޮށް، ރާއްޖެއަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރާ އިންޑިޔާގައި ފިޔާގެ އަގު ދަށްކަމުން ބައެއް ދަނޑުވެރިން ހައްދާ ފިޔާ ނުވިއްކައި ހަލާކުވުމަށް ބަހައްޓަމުން ދާކަމަށް ހިންދުސްތާން ޓައިމްސްއިން ބުނެފިއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ޔޫނިއަން ގަވަންމަންޓްގެ އިތުރުން ކޮންސިއުމަރ އެފެއަރޒް މިނިސްޓްރީ، އަދި ނޭޝަނަލް އެގްރިކަލްޗަރަލް ކޯޕޮރޭޓިވް މާކެޓިންގ ފެޑަރޭޝަން ގުޅިގެން މިހާރުވަނީ މަސައްކަތްތަކެއް ފަށާފައި ކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ފިޔާގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ސްޓޭޓް ކަމަށްވާ ނާސިކްގައި ސަރޕްލަސް ވާ ފިޔާ ސަރުކާރުން ގަނެ، ފިޔާ އާންމުކޮށް ނުހައްދާ ހިސާބުތަކަށް ވިއްކުމަށްޓަކައި ވަނީ ގެންދަން ފަށާފައެވެ.

އިންޑިޔާގެ ބައެއް ހިސާބު ތަކުގައި މިވަގުތު އެކެއް ނުވަތަ ދޭއް އިންޑިޔާ ރުޕީސްއަށް ވެސް ފިޔާ ކިލޯއެއް ލިބޭ ކަމަށް ވެއެވެ. އަދި ޓެކްސް ދައްކާފައި ހިލޭވެސް ބައެއް ފަރާތްތަކުން ފިޔާ ދޫކުރަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިޔާގައިވެސް ގިނަ ކެއްކުންތަކުގައި ފިޔާ ބޭނުންކުރާއިރު، ފިޔާ ތިޔާގިވުމާއި ތަދުވުން އޮންނަނީ ބޮޑަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގައެވެ. މިގޮތުން ވަރަށް ތިޔާގިކޮށް އޮވެފައި ހަމަ މަދު ހަފުތާކޮޅެއްގެ ތެރޭގައި އެހާ ބޮޑަށް ތަދުވެގެން ދެއެވެ. ފިޔާ ދަނޑުތަކަށް އެންމެ ބޮޑަށް އަސަރުކުރަނީ މާ ހޫނު ގަދަވުމުން ނުވަތަ މާބޮޑަށް ވިއްސާރަވެ ފެން ބޮޑުވާން ދިމާވުމުންނެވެ.

މަހާރަޝްތުރާގައި އެންމެ ގިނައިން ފިޔާ ހައްދާ އެކަކު ހިންދުސްތާން ޓައިމްސްއަށް މިދިޔަ ހަފުތާގައި މައުލޫމާތު ދީފައިވާގޮތުގައި، އޭނާ 512 ބާރަ ކިލޯ ވިއްކަންޖެހުނީ 512 ރުޕީސްއަށެވެ. އެއީ ފިޔާގެ އަގު އެކަންޏެވެ. ރެންޓާއި ޓްރާންސްޕޯޓް ޚަރަދުގެ އިތުރުން ޓެކްސް އެއްކުރުމުން 2 ރުޕީސްއަށް ކިލޯއެއް ޖެހުނުކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިޔާގައި އާންމުކޮށް 7 ރުޕީސްއާ 10 ރުޕީސްއާ ދެމެދުގެ އަދަދަކަށް ފިޔާ ކިލޯއެއް ލިބެއެވެ.

ސަރުކާރުން އާދީއްތަ ދުވަހު ބުނެފައިވާގޮތުގައި ފިޔާއެކްސްޕޯޓް ކޮށްގެން 2022 ވަނަ އަހަރުގެ އެޕްރީލުން ޑިސެމްބަރަށް 523.8 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހެދި ދެއަހަރު ވަންދެން އެކްސްޕޯޓް ކުރުން މަނާ ކޮށްފައި އޮތް އޮތުމުގެ ސަބަބުން ބާޒާރުގައި ފިޔާ މާބޮޑަށް މިހާރު ތިޔާގިވެ، އަގު ވަރަށް ބޮޑަށް ވެއްޓިފައި ވަނީ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.   

ފިޔަޔާއެކު އަލުވީގެ އަގުވެސް އިންޑިޔާގައި ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަލުވި އެންމެ ގިނައިން ހައްދާ ވެސްޓް ބެންގޯލް، އުއްތަރަ ޕްރަދޭޝް އަދި ޕަންޖާބްގައިވެސް ދަނޑުތަކުން ލިބުނު އެއްޗެހި ގިނަވެ، އަގު ވެއްޓިފައިވާކަމަށް ޚަބަރުލިބެއެވެ. ކުރިން ސަތޭކަ ކިލޯ އަލުވި 1،400 ރުޕީސްއާ 1،500 ރުޕީސްއާ ދެމެދުގެ އަގަކަށް ވިއްކޭއިރު، މިހާރު ސަތޭކަ ކިލޯގެ އަލުވި އުޅެނީ 350 ރުޕީސްއަށް ކަމަށް ވެއެވެ. މިއީ 76 އިންސައްތައިގެ ވެއްޓުމެކެވެ.

ފިޔާ އަދި އަލުވި މަދުން ލިބޭ ދުވަސްވަރެއްގައި އެތެރޭގެ އަގުތައް ހިފެހެއްޓުމުގެ ގޮތުން އެބާވަތެއް އެންމެ އަގުބޮޑުކޮށް އެކްސްޕޯޓް ކުރެވޭ އަގެއް ސަރުކާރުން ކަނޑައަޅައެވެ. އެއީ މިނިމަމް އެކްސްޕޯޓް ޕްރައިސްއެވެ. މިވަގުތު އެފަދަ އެއްވެސް މިންގަނޑެއް ސަރުކާރުން ނުހިފަހައްޓާ ކަމަށް ވެއެވެ.

މައުލޫމާތު: ހިންދުސްތާން ޓައިމްސް   

އިންޑިއާފިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު