Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޕްޝިފްޓް ޕްރޮގްރާމް

އަޕްޝިފްޓް ޕްރޮގްރާމް ލޯންޗްކޮށްފި

އަޕްޝިފްޓް ޔުނިސެފްގެ ގްލޯބަލް އިނޮވޭޝަން ޕްރޮގްރާމަކީ 45ށް ވުރެ ގިނަ ގައުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2023 | އަންގާރަ 10:10
އަޕްޝިފްޓް ޕްރޮގްރާމް ނައިބްރައީސް ލޯންޗްކޮށްދެއްވަނީ

އަޕްޝިފްޓް ޕްރޮގްރާމް ނައިބްރައީސް ލޯންޗްކޮށްދެއްވަނީ

ދިވެހި ސަރުކާރާއި ޔުނިސެފް ގުޅިގެން އަޕްޝިފްޓް، ލޯންޗްކޮށްފިއެވެ.

އަޕްޝިފްޓް ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން އިސްނަގައިގެންނެވެ. އަޕްޝިފްޓް އިފްތިތާހުކޮށްދެއްވީ ނައިބްރައީސް ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އޭޝިއާ ޖޯޖް ލާރިޔާ-އަދްޖޭ އާއި މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު އަލީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަޕްޝިފްޓް ޔުނިސެފްގެ ގްލޯބަލް އިނޮވޭޝަން ޕްރޮގްރާމަކީ 45ށް ވުރެ ގިނަ ގައުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ޒުވާނުންނަށް ދިރިއުޅުމާއި ދިރިއުޅުމަށް ބޭނުންވާ ޓްރާންސްފާ ކުރެވޭ ހުނަރުތައް ފޯރުކޮށްދެވެނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ޒުވާނުންނަށް ޤާބިލުކަން ހޯދައި، މުޖްތަމައުގެ ތެރޭގައި ހެޔޮ ބަދަލު ގެންނާނެ މީހުންގެ ގޮތުގައި ހެދިގެންދާނެއެވެ. އަޕްޝިފްޓް ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ ގައުމީ މަންހަޖުގައި ތަންފީޒުކޮށް، ދަރިވަރުންނަށް އީޖާދީ، ވިޔަފާރި، ކަންކަމުގައި ބައިވެރިވުމާއި އަދި މަސައްކަތު މާހައުލަށް ނުކުތުމުގެ ކުރިން ހުނަރު ދަސްކޮށްދެވިގެންދާނެއެވެ.

ރާއްޖޭގެ 48 ސްކޫލެއްގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުން އަޕްޝިފްޓް ޕްރޮގްރާމުގެ ޕައިލެޓް ޕްރޮގްރާމުގައި ބައިވެރިކުރެވޭނެއެވެ.

ދުނިޔޭގެ ފެންވަރުގައި ޔޫޕްޝިފްޓް އެކުލެވޭ ވަކިވަކި، އަދި ގުޅިފައިވާ ހަތަރު ކޮމްޕޯނެންޓުގެ ތެރޭގައި ހިމެނެނީ:

ހުނަރު-ތަރައްގީކުރުން:މައްސަލަ ހައްލުކުރުމާއި، ކްރިޓިކަލް ތިންކިންގ، އުފެއްދުންތެރިކަމާއި، އެއްބާރުލުން ދިނުމާއި، މުވާސަލާތުކުރުމާއި، ލީޑަރޝިޕްގެ ހުނަރު ތަރައްގީކުރުން

ސިވިކް އެންގޭޖްމަންޓް: މާނަހުރި ގޮތެއްގައި ފުރާވަރުގެ ކުދިންނާއި ޒުވާނުން އެމީހުންގެ މުޖްތަމައުތަކުގައި ބައިވެރިވުން

ވިޔަފާރިވެރިކަން:ފުރާވަރުގެ ކުދިން ހިއްވަރުދީ، ހުނަރުވެރިކަމާއި ވިސްނުމުގެ ތެރެއިން ޒުވާނުންނަށް މައްސަލަތައް ހައްލުކޮށް، ދިރިހުރެވޭނެ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން

ބާރުވެރިކުރުން:ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި އިތުބާރާއި، ކެތްތެރިކަމާއި، އެޖެންސީގެ އިޙްސާސް ބިނާކުރުން

ޔޫޕްޝިފްޓުން ރާއްޖޭގައި ކުރިއަށްގެންދާނީ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ޔުނިސޮލްވް މެދުވެރިކޮށެވެ. އިންކުއި ލެބްގެ އެހީތެރިކަމާއެކު، ސްކޫލް ބިނާކޮށް، މުދައްރިސުންނަށް ފަސޭހަކޮށްދޭ، ބްލެންޑެޑް ޑެލިވަރީ މޮޑެލްއެއްގެ ތެރެއިން މިހާރު ހުރި އަޕްޝިފްޓް މަންހަޖުތައް ބަދަލުކުރުން ހިމެނެއެވެ. ދުރުރާސްތާ އުނގެނުމުގެ ފުރުސަތުތަކާއި ފޭސް ޓު ފޭސް ހަރަކާތްތައް ގުޅިގެން، ވިސްނުމާއި ޒުވާނުންގެ މެދުގައި 21 ވަނަ ގަރުނުގެ ޓްރާންސްފާ، ނުވަތަ ނަގުލު ކުރެވޭ ހުނަރުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގެ އެޑިއުކޭޝަން ޕޮލިސީއަކީ ދިރިއުޅުމަށް ތައްޔާރުކޮށްދޭ ވަށާޖެހޭ ތައުލީމެއް ލިބިފައިވާ ކުދިން ތައްޔާރުކުރެއްވުން ކަމަށެވެ. އަދި އަޕްޝިފްޓް އިން ފޯރުކޮށްދެނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ކަމަށެވެ.

މި ޕައިލެޓް ޕްރޮގްރާމަށްފަހު، ޔުނިސެފުން މަސައްކަތް ކުރަނީ ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު އަޕްޝިފްޓް އިން އިތުރު ޒުވާނުންނާ ހަމައަށް ވާސިލްވެ، ހުނަރާއި ޖާގަ އަދި ފުރުސަތުތައް ހޯދުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.

"އަޕްޝިފްޓް" ޕްރޮގްރާމްމިނިސްޓްރީ އޮފް އެޑިއުކޭޝަން ނައިބު ރައީސް, ފައިޞަލް ނަސީމްޔުނިސެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025
ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި

ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި

20 އޯގަސްޓު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު