Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯ ނޭޝަންސް ކަޕް

ނިޒާރުގެ އޮތީ ކުޅުންތެރިންނަށް ތައުރީފާއި ސަޕޯޓަރުންނަށް ޝުކުރު

މިއީ އަންހެން ޓީމްގެ ހެޑްކޯޗެއްގެ ގޮތުގައި ނިޒާރުގެ ފުރަތަމަ ތަޖުރިބާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 28 ފެބުރުއަރީ 2023 | އަންގާރަ 04:05
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު

ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ނިޒާރު

ފޯ ނޭޝަންސްކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި ސިންގަޕޫރު އަތުން ބަލިވިޔަސް މުޅި ޓީމަށް ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.

ފައިނަލް މެޗަށްފަހު ނިޒާރު ބުނީ ކުޅުންތެރިން ކުރަން ޖެހޭ ހުރިހާ މަސައްކަތަކާއި, ހިވްތަރެއް ކޮށްފިކަމަށެވެ. ޕްރެކްޓިސްގައިވެސް އަދި މެޗުގައިވެސް ކުޅުންތެރިން %120 ދީފިކަމަށް ކުރީގެ އެއްވަނަ ކުޅުންތެރިޔާ ބުންޏެވެ.

ނިޒާރު ބުނީ މުބާރާތާ ކުރިމަތިލީ ތައްޔާރުވެގެން ސީދާ ތަށި ހޯދަން ކަމަށެވެ. ފައިނަލް ކުޅެ, ތަށި ހޯދަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ޓީމުން ކުރިކަން ފާހަގަކުރަމުން ނިޒާރު ބުނީ މިދިޔަ މުއްދަތުގައި މިކުރި މަސައްކަތަށް ބަލާއިރު މިލިބުނު ކާމިޔާބީއަކީ ހަމަ ހަޤީޤަތުގައިވެސް ހައްޤު ކާމިޔާބީއެއްކަމަށެވެ.

ކުޅުންތެރިންގެ މަސައްކަތުގެ އިތުރުން އެންމެ ބޮޑަށް ނިޒާރު ފާހަގަކުރީ ދިވެހި ސަޕޯޓަރުންގެ ފަރާތުން އެލިބުނު ސަޕޯޓެވެ. އެއީ ޓީމަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަކޮށް ނިޒާރުބުނީ އޭނާގެ ހަޔާތުގައިވެސް އޭނާގެ ޓީމަކަށް ޚާއްޞަކޮށް އަންހެން ޓީމަކަށް މިވަރުގެ ސަޕޯޓެއް ނުލިބޭކަމަށެވެ. އެއީ ވަރަށްބޮޑަށް ފަޚުރުވެރިވާކަމެއް ކަމަށާއި, އެއާއެކު ރަން މެޑަލްވެސް ކައިރިވެއްޖެކަމަށެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ރާއްޖޭގެ އިތުރުން ވާދަކުރީ މެލޭޝިޔާއާއި ސިންގަޕޫރެވެ. ރާއްޖެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި މެލޭޝިޔާ ބަލިކޮށްގެންނެވެ.

ފޯ ނޭޝަންސް ކަޕްގައުމީ އަންހެން ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

27 މެއި 2023

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި
27 މެއި 2023

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން
25 މެއި 2023

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި
24 މެއި 2023

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ
24 މެއި 2023

ޒުވާން ކުޅުންތެރިން ކުޅެން ނުކުތުމަކީ ޓީމަށް ލިބޭ ހިތްވަރެއް: ފައިސަލް

24 މެއި 2023
ޒުވާން ކުޅުންތެރިން ކުޅެން ނުކުތުމަކީ ޓީމަށް ލިބޭ ހިތްވަރެއް: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު