Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާޒިލްގެ ފާޑުކިޔުން އަމްރު އަށް

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

ނާޒިލް ވަނީ އެސްޓީއޯގެ އެމްޑީ އަށް މައުލޫމާތު ނޭނގޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ފެބުރުއަރީ 2023 | ހޯމަ 13:23
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރ އިބްރާހިމް ނާޒިލް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އައްޑޫ ޕޯޓުގެ މަސައްކަތަށް ސަރުކާރުން އިސްކަން ނުދެއްވާ ކަަމަށް ބުނެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން އެ ވާހަކަތަކަށް ރައްދު ދެއްވާ ނާޒިލް ވިދާޅުވީ ކޮށްދެވުނު ކަންތައްތަކުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށެވެ. ހިތަދޫ ޕޯޓާއި ބެހޭ ގޮތުން ނާޒިލް ވިދާޅުވީ އެ ވާހަކަ އަކީ ތަކުރާރުކޮށް ދައްކަމުން އައި ވާހަކައެއް ކަމަށެވެ. އެކަމަށް ހައްލު ލިބޭނެ ކަމަށް އެންމެ ބޮޑަށް އުންމީދު ކުރީ އެސްޓީއޯ އިން ދަތުރުކުރަން ފެށި ބޯޓުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ހަފްތާ އަކު ތިނެއް ނުވަތަ ފަސް ދުވަހު އެ ބޯޓު އޮންނާނެ ކަމަށް ކުރިން ވިދާޅުވި ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ބޯޓު ވިއްކާލި ވާހަކަ އަޑު އިވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުޑަ ބޯޓު ބޮޑު ބޯޓަކަށް ބަދަލުކުރާ ވާހަކަ ވެސް ދެއްކި ކަމަށާއި އެކަން ވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއި އެކު އައްޑޫގެ ވިޔަފާރިވެރިން ކުރަމުން އައި އުންމީދު ނިމުނީ ކަަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

އަމްރު އެސްޓީއޯ އާއި ހަވާލުވި ފަހުން އައްޑޫގައި ވިޔަފާރިވެރިންނަށް ބޮޑުތަނުން ގެއްލުންވާ ކަމަށް ވެސް ނާޒިލް ވަނީ ވިދާޅުވެފައެވެ. އިންޑިއާ އިން ފުރައިގެން އައްޑޫ އަށް ގެންނަ ސިމެންތި ބޯޓާއި، ހިލަ ބޯޓު އައްޑޫ އަށް ގޮސް އެއްޗެހި ބާލަނީ ސީދާ އިންޑިއާއިން ގެނެސްގެން ކަމަށާއި މާލެއިން ތިލަފުއްޓަށް އައިސް ޓީ ޖެޓީ އަށް ބާލައިގެން، ޓީ ޖެޓީން ގޮސް ސައިޓަށް ބާލާ އަގަށް ވުރެ 25 ރުފިޔާ ސިމެންތި ބަސްތާއަކުން ބޮޑުވާ ސަބަބަކީ ކޮބާތޯ އޭނާ ވިދާޅުވިއެވެ. އައްޑޫ އަށް ދާ ހިލަ ބަސްތާ އަކުން 25 ރުފިޔާ، ސިމެންތި ބަސްތާ އަކުން 45 ރުފިޔާ އަދި ދަނޑަކުން 70 ރުފިޔާ ބޮޑުވާން ޖެހޭ ސަބަބެއް އަމްރު އަށް ނޭނގޭ ނަމަ އެސްޓީއޯގައި ހުންނަވަނީ ކީއްކުރައްވަންތޯ ނާޒިލް ސުވާލުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސްސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު