Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ.ގެ ހިޔުމަން ރައިޓްސް ކައުންސިލް

އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ދިފާއުކުރުމަށް މިތިބީ ފުރިހަމައަށް ތައްޔާރުވެގެން: ޝާހިދު

27 ފެބުރުއަރީ 2023 | ހޯމަ 13:43

ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ތިން ބަހާގެ މައްޗަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ފެބުރުއަރީ 2023 | ހޯމަ 13:43
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ދިފާއުކުރުމަށް ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް, ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ. އެގޮތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ތިން ބަހާގެ މައްޗަށް ކަމަށާއި، އެއީ; އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން ކުރިއެރުވުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވިގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ ތިން ބަހާ ވާނީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ކައުންސިލުގައި ރާއްޖޭގެ މަސައްކަތް ބިނާވާނެ ބަހާތަކަށެވެ.

2018ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން، ޑިމޮކްރަސީއާއި ހެޔޮ ވެރިކަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް މި ސަރުކާރުން ވި ވައުދު ފުރިހަމަކުރުމަށްޓަކައި ގާނޫނުތަކަށާއި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގައި ޖަވާބުދާރީވުން އިތުރުކުރުމަށާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށާއި، އިންސާފުވެރި ޝަރީއަތެއް ހޯދުމުގެ ހައްގު ކަށަވަރުކުރުމަށްޓަކައި އައު ގާނޫނުތަކެއް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި; ހިއުމަން ރައިޓްސް ކޮމިޝަނުގެ މިނިވަންކަމާއި ޖަވާބުދާރީވުން އިތުރުކުރުމާއި، އިންތިގާލީ އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމާއި، ފުލުހުންގެ ޚިދުމަތް ހިންގުން ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމާއި މުޅިން އައު މަދަނީ އިޖުރާއަތުގެ ގާނޫނެއް ތައާރަފުކުރުން ހިމެނޭކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ދިފާއު ކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން އެނގެނީ 2019ވަނަ އަހަރު، އެކި ދާއިރާތަކުން އިންސާނީ ހައްގުތަކާގުޅޭ ކަންކަމުގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ލަފާދޭ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތުދީފައި ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތުރުފަތުރުގެ ދަތިތަކާއެކުވެސް މިއަދާ ހަމައަށް ފަސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

2020ވަނަ އަހަރު ބޭއްވުނު ރާއްޖޭގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި އެކި ގައުމުތަކުން ފޯރުކޮށްދިން 187 ލަފާ ފުރިހަމައަށް ބަލައިގަނެ، 5 ލަފައެއްގެ ވަކި މިންވަރެއް ބަލައިގެންފައި ވާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ޓްރީޓީ ބޮޑީތަކަށް ރިޕޯޓުކުރުމާއި މޮނިޓަރކުރުމަށް ގައުމީ ފެންވަރުގައި ކަނޑައެޅިފައިވާ އިންތިޒާމުތައް މެދުވެރިކޮށް، އަބަދުވެސް އެއްބަސްވެފައިވާ ކަންކަން ހާސިލްވާ މިންވަރު ގާތުން ބަލަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
26 އެޕްރީލު 2024

ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.

26 އެޕްރީލު 2024
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް