Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް އުސް ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުން - އިމްރާން

އަޅުގަނޑުމެން ހިންގަމުން މިދާ ނިޒާމަކީ އަދި ހަމަ ޅަފަތުގައި އޮތް ނިޒާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 08:35
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް, ހަރުދަނާކޮށް އުސް ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިއްމު އެއްމަސައްކަތަކީ އެކަމަށް އެކަށޭނެ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އިފްތިތާހުކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ 2500 އަހަރުގެ ކުރިއަށް ރާއްޖޭގެ ހިންގުމުގެ ނިޒާމް އެކިގޮތްގޮތަށް ބަދަލުވަމުން އައިސް މިއަދު 2010 ން ފެށިގެން އަޅުގަނޑުމެން ހިންގަމުން މިދާ ނިޒާމަކީ އަދި ހަމަ ޅަފަތުގައި އޮތް ނިޒާމެއްކަމަށެވެ. އެ ނިޒާމް ހަރުދަނާކޮށް ކުރިއަށް ގެންދަން އެންމެ މުހިއްމީ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2010 ން ފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފެއްދީންސުރެ, ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހިންގުމަށް ބޭނުންވާނެ މުވައްޒަފުންނާއި, ޤާބިލް ފަރުދުން ތައްޔާރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަކަމަށެވެ. ހަމައެކަނި މިވޭތުވެދިޔަ 2022 ވަނަ އަހަރު އެކަނިވެސް 1574 ބައިވެރިން އެލްޖީއޭގެ ޓްރެއިނިންގ ތަކުގައި ބައިވެރިވެ ޓްރެއިންވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެންނަމަވެސް މިހާރު މިގެންދެވޭ އުޞޫލާ ހަމަތަކުން ބަލާއިރު މިއަށްވުރެ ހަރުދަނާ ނިޒާމެއް ގެންނަން ޖެހޭކަމަށް ފާހަގަކުރެވި ޤަބޫލުކުރެއްވުނު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފައްޓަވާ, އެއަހަރު ރަޖިސްޓްރީވެސް ކުރެވުނުކަމަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެމަސައްކަތް ފެށިތަނާ ދާދިގާތުގައި ކޮވިޑް19 ގެ އާލަމީ ވަބާއާ ކުރިމަތިލާންޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަމަލީގޮތުން މަސައްކަތް ފެށުން މިހާ ހިސާބަށް ލަސްވެގެން ދިޔައީކަމަށް ވިދާޅުވިއެވެ. އެއާ ގުޅިގެން ލިބުނު މުއްދަތަކީ އިތުރަށް ތައްޔާރުވެ, ހަރުދަނާކޮށް, ފުރިހަމަކުރަން ހުރި ކަންކަން ފުރިހަމަކުރަން ލިބުނު ފުރުޞަތެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި އިތުރު ވިސްނުންތައް ގެނެސް, އެކަމަށް އެކަށޭނަ ޤާބިލް މިންގަނޑުތައް ކަނޑައެޅުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭގެނަތީޖާއެއްގެ ގޮތުން އިންސްޓިޓިއުޓް އިފްތިތާހުކުރެވޭއިރު އެހެން މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއިކުރެވިގެންދާކަމަށެވެ. އެއީ މިދިޔަ މުއްދަތު ލިބުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ޢިމްރާން ވިދާޅުވީ މިހާރު މިފެށުނު މަސައްކަތުގެ ސަބަބުން ލިބޭނެ އެންމެ މުހިއްމު އެއް ނަތީޖާއަކީ އުފާވެރި ޒިންމާދާރު މުސްތަޤުބްލަކަށްޓަކައި އިންސްޓިޓިއުޓްގައި ތަމްރީނުވުމުގެ ފުރުޞަތު އެބޭފުޅުންނަށް ފަހިކޮށްދިނުންކަމަށެވެ.

ރާއްޖޭގެ ގަވަރނިންގ ސިސްޓަމް ހަރުދަނާކޮށް, ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ގާތުން ފަސޭހަމަކާއެކު އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ތައްޔާރުކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ފުރުޞަތު އިންސްޓިޓިއުޓްގެ ސަބަބުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެން އިލްމީ މުއައްސަސާތަކާއެކު އަޅުގަނޑުމެންނަށް މަތިވެރި ރާސްތާތަކަކަށް ދަތުރުކުރެވޭނެކަމަށް ޔަޤީންކުރައްވާކަމަށެވެ. މުޖުތަމައެއް މަތިވެރިވެ ކުރިއަރާދަނީ އިލްމްގެ ނަތީޖާތައް ހާސިލްކުރުމުންކަމަށާއި, އެހެންވެ ދީނުގައި އިލްމް އުގެނުމަށް ބާރުއަޅުއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އިންސާނާ ކާމިޔާބުކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވަނީ އީމާންކަމާއި އިލްކް އެކުގައި ކުރިއަށްގެންދިއުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމުހޯމް މިނިސްޓަރު، އިމްރާން އަބްދުﷲއެލްޖީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު