Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭންކް އެކައުންޓުން ފައިސާ ގެއްލުން

ބޭންކް އެކައުންޓުން ފައިސާ ގެއްލުން: މައްސަލަ އަށް ހައްލު ހޯދަން މަޖިލީހަށް

މައްސަލަތައް ހުށަހެޅުމުން ބެންކުގެ އިތުބާރު ގެއްލި އިގްތިސާދު ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 08:19
މަޖިލީހުގެ ޖަލްސާ

މަޖިލީހުގެ ޖަލްސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ ބޭންކް އެކައުންޓްގެ ވެރިފަރާތަށް ނޭނގި ގެއްލޭ ކަމަށް ބުނާ މައްސަލަަތައް ފެންމަތިވުން އާއްމުވެފައިވާތީ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލައިގައި އޭނާ ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. ނަޝީދު ވަނީ ބީއެމްއެލް އަށް އެފަދަ މައްސަލަތައް ގިނައިން ދިމާވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އެފަދަ މައްސަލަަތައް ހައްލުކުރުމަށް ގިނަ ވަގުތު ހޭދަވުމާއި މައްސަލަތަކަށް އެކަށީގެންވާ ހަކަތަ ހޭދަނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ މައްސަލަ އަކީ ބޭންކާއި ސެންޓްރަލް ބޭންކުގެ އިތުރުން އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ އެއް ކަމަށެވެ. އެ މައްސަލަ ދިގުލައިގެން ދިއުމަކީ ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބޭންކް އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލައިގައި އެމްއޭ އިން ކުރަމުންދާ މަސައްކަތް ވެސް އިތުރުކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެ ފަދަ މައްސަލަތައް ބަލަން ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބޭންކް އެކައުންޓްތައް ފްރީޒް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ހުކުމެއް ކޮށްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ ވެސް އެފަދަ މައްސަލަތައް ހައްލުކުރަން އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ހައްލު ކުރެވޭނީ ހުރިހާ މުއައްސަސާއެއް އެކުވެެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ކުއްލި މައްސަލަ އަށް ބަހުސްކުރައްވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އިން އެ މައްސަލައަށް ހައްލު ހޯދުމަށް އިތުރު ގަވާއިދުތައް ހަދަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. މަޖިލީހުގެ ކޮމިޓީތަކަށް ކަމާއި ގުޅޭ މުއައްސަސާތައް ހާޒިރުކޮށް އަންގާފައިވާ އެންގުންތަކަށް އަމަލު ނުކުރާތީ އެކަމާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދުމާއި މަޖިލީހުގެ އިރުޝާދާއި އެއްގޮތަަށް ފިޔަވަޅު ނޭޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ނޫޅޭ އެތައް ބިދޭސީންގެ ނަމުގައި ސިމް ނަގާފައި ހުރި ކަމަށާއި، ޖަލުގައި ތިބި މީހުން ބޭނުން ކުރާ ސިމްތައް ހުރިކަން މީގެ ކުރިން މަޖިލީހަށް އިދާރާތަކުން ދިން މައުލޫމާތުތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައްސަލަ ހައްލުކުރުމަށް އިދާރާތަކުން މަސައްކަތްކޮށްފައި ނުވަނީ ކީއްވެގެންތޯ އާއި އެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

އެ މައްސަލަ އަށް ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ އެފަދަ މައްސަލަތައް ހުށަހެޅުމާއި ބެލުމުގައި ވެސް އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތްކަމަށް ވިދާޅުވެފައެވެ. އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ދާ ރައްޔިތުންނަށް ގިނަ ތަކުލީފުތަކާއި ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ސްޓާފުންގެ އިހުމާލުން ކަންކަން ހިނގާފައި ހުރުމުން އާއްމުންގެ އިތުބާރު ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ އަށް ދޭން ޖެހޭ މުހިންމުކަން ބޭންކުން ދެމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ އަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވީ އެ މައްސަަލަ އަކީ ސިޔާސީ މައްސަލަ އެއް ކަަމަށެވެ. އަދި އެގޮތަށް މައްސަލަތައް ހުށަހެޅުމުން ބެންކުގެ އިތުބާރު ގެއްލި އިގްތިސާދު ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މެމްބަރުންގެ ވާހަކައިގައި އެކައުންޓްތަކުން ފައިސާ ގެއްލެނީ އާއްމުންގެ ފަރުވާކުޑަކަމުގެ ސަބަބުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން އެފަދަ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް މެމްބަރުން ވިދާޅުވިއެވެ. އެފަދަ މައްސަލަތައް ބެލުމުގެ ޤާބިލްކަން ކުޑަކަން އިދާރާތަކުން މަޖިލީހަށް ދިން މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ކަންކަމަކީ އާއްމުންގެ އެކަނި ޒިންމާ އެއް ކަމަށް ބުނުމުގެ ފުރުސަތު ނެތްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މެމްބަރުން ވަނީ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ފިޔަވަޅު އެޅުން އަވަސްކުރުމަށް ވެސް ގޮވާލައްވާފައެވެ.

މަޖިލިސްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު