Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ކުލަބް ކެރިއަރުގައި މެސީގެ 700 ވަނަ ލަނޑާއެކު ޕީއެސްޖީ އަށް މޮޅެއް

އެއީ ޕީއެސްޖީ އަށް ޖަހައިދިން 28 ލަނޑާއި، ކުރީގެ ކުލަބް ސްޕެއިންގެ ބާސެލޯނާ އަށް ޖަހައިދިން 672 ލަނޑާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 02:50
މަސޭއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ

މަސޭއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ

ކުލަބް ކެރިއަރުގައި ލިއޮނަލް މެސީގެ 700 ވަނަ ލަނޑާއެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ފްރާންސް ލީގުގައި ވާދަވެރި މާސޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި މެސީގެ އިތުރުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭގެ މޮޅު ކުޅުން ވެސް ވަނީ ފެނިފަ އެވެ. މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އެމްބާޕޭ އެވެ. އެއީ މާސޭގެ އޭރިޔާ ބޭރުން މެސީ ދިން ބޯޅައެއް ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އެމްބާޕޭ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިނީ މެސީ އެވެ. އެއީ އެމްބާޕޭ ޖައްސާލި ބޯޅައެއް މާސޭގެ ގޯލް ކީޕަރުގެ ކައިރިން ގޯލަށް ވައްދައިލައިގެންނެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ ވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާގެ ކުލަބު ކެރިއަރުގައި ޖެހި ލަނޑުގެ އަަދަދު ވަނީ 700 އަށް އަރައިފަ އެވެ. އެއީ މިހާރު އޭނާ ކުޅެމުން އަންނަ ޕީއެސްޖީ އަށް ޖަހައިދިން 28 ލަނޑާއި، ކުރީގެ ކުލަބް ސްޕެއިންގެ ބާސެލޯނާ އަށް ޖަހައިދިން 672 ލަނޑާއެކު އެވެ. މީގެ އިތުރުން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން އެޑިންސަން ކަވާނީގެ ރެކޯޑާ ވެސް އަރާ ހަމަކޮށްފަ އެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް މިހާތަނަށް 200 ލަނޑު ޖަހައިދީފަ އެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ އޮތީ 25 މެޗުން ޖުމުލަ 60 ޕޮއިންޓު ހޯދައިގެން އެއް ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މާސޭ އޮތީ 52 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި މޮނާކޯ އޮތީ 50 ޕޮއިންޓާއެކު އެވެ.

ފްރެންޗް ލީގުޕީއެސްޖީލިއޮނެލް މެސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު