Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަންހެނުންގެ ސިއްހަތު

އަންހެނުންގެ ސިއްހަތަށް ދިމާވާ ތަކުލީފުތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު އެކި މައްސަލަައް ކުރިމަތިވެގެންދާ ހިނދު، އަދި، އެފަދައިން ދިމާވާ މައްސަލަތައް ދެނެގަތުން މުހިންމު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 02:49
އަންހެނުންގެ ސިއްހަތަށް ދިމާވާ ތަކުލީފުތަކާއި މައްސަކަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ މެންބަރު އީވާ އަބްދުﷲ

އަންހެނުންގެ ސިއްހަތަށް ދިމާވާ ތަކުލީފުތަކާއި މައްސަކަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ މެންބަރު އީވާ އަބްދުﷲ

އަންހެނުންގެ ސިއްހަތަށް ދިމާވާ ތަކުލީފުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ރަނގަޅު ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

މި ގަރާރުގައި ބުނެފައިވަނީ ސިއްހީގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ހިނދު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު އެކި މައްސަލަައް ކުރިމަތިވެގެންދާ ހިނދު، އަދި، އެފަދައިން ދިމާވާ މައްސަލަތައް ދެނެގަތުން މުހިންމު ކަމަށެވެ.

އޭގެތެރެއިން އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ހައިޟުވުމުގައި ދިމާވާ މައްސަލަތައް، ދަރިމައިވުމުގައި ދިމާވާ މައްސަލަތައް، ދަރިމައިނުވެގެން ކުރަންޖެހޭ ފަރުވާ އަދި މާބަނޑުވެގެން ވިހެއުމާއި ހަމައަށް ނުވަތަ ވިހެއުމަށްފަހުވެސް ދިމާވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެފަދަ މައްސަލަތަކުގައި އެކި އަންހެނުންނަށް ދިމާވެފައި ހުންނަނީ އޭގެ ޒާތުގައި ތަފާތު އެކި މައްސަލަކަން ވެސް ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ގިނަ ފަހަރު ބިނާވެގެންދަނީ އުފެދުމުގައި ހުންނަ ކަމަކަށް ނުވަތަ ހެދިބޮޑުވުމުގައި ދިމާވާ ކަމަކަށް ނުވަތަ ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ލިބޭ އަނިޔާއަކަށް ކަމުގައި ގަރާރުގައި ބުނެފައިވެއެވެ.

އަދި ޖިސްމާނީގޮތުން އަންހެނުންންގެ ސިއްހަތަށް ލިބޭ އަނިޔާތަކުގެ ތެރޭގައި، އެންމެ ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި ޖިންސީގޮތުން ދޭ އަނިޔާގެ ޝިކާރައަކަށްވުމާއި، ގެވެށި އަނިޔާގެ ނުރައްކަލަކަށް އަންހެނުން ހުށަހެޅިގެން ދިއުން ހިމެނޭކަމަށް ބުނެފައިވެއެވެ.

އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ނޭދެވޭ އަސަރުކުރުވާ ކަންކަމުގެ ތެރޭގައި ހިމެނޭ، ޑިޕްރެޝަން، އެންޒައިޓީ، އީޓިންގ ޑިސްއޯޑަރ ފަދަ ބަލިތަަށް އަންހެނުން ހުށަހެޅިގެންދިޔުން ބޮޑަށް އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އަދި ދާއިމީ ގޮތެއްގައި ބޭސްކުރަންޖެހޭ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ، ހިތުގެ ބަލި، ހަކުރު ބަލި، ކެންސަރ ފަދަ ބޮޑެތި ބަލިތަކަށް ފިރިހެނުންނެކޭ އެއްފަދައިން ނުވަތަ އެއަށްވުރެވެސް ބޮޑަށް އަންހެނުންނަށް އެފަދަ ބަލިތަކުގެ ނުރައްކާ ބޮޑުވެގެންދާ ފަހަރު އަންނަކަން ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

މާލީ ހާލަތު ހުންނަގޮތުން، ނުވަތަ އާއިލީ ޒިންމާތަކުގެ ސަބަބުން، ނުވަތަ އަންހެނަކަށް ވީތީ ކުރިމަތިކުރުވާ ތަފާތުކުރުންތަކުގެ ސަބަބުން، ސިއްހީ ހިދުމަތް ހޯދމަށް ސިއްހީ ހިދުމަތްތެރިންނާ ހަމައަށް ދިއުން އަންހެނަކަށްވީތީ ބައެއް ފަހަރު އުނދަގޫވެގެންދާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި އުފެދުމުގައި ޖިސްމާނީ ގޮތުން އަންހެނުން ފިރިހެންުންނާ ތަފާތު ކަމުގައިވީތީ، ނުވަތަ މުޖަތަމައިގައި އަންހެނުންގެ ދައުރަށް ނުވަތަ އަދާކުރާ ވަޒީފާއަށް ބަލާއިރު، ވަށައިގެންވާ މާހައުލުން ނުވަތަ ޖައްވުގެ ނުސާފުކަމަށް ހުށަހެޅިގެން ދިިއުމުގެ ސަބަބުން ކުރާ އަސަރު ފިރިހެނުންނަށްވުރެ އަންހެނުންނަށް ބޮޑަށް ކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި އިޖްތިމާއީ ނުވަތަ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރާ އިރު، ނިކަމެތި ހާލުގައި އުޅެންޖެހުމާއި، ލިބިފައިވާ ތައުލީމީ ފެންވަރު ނުވަތަ އަދާކުރުމަށް ލިބިފައިވާ ވަޒީފާގެ ސަބަބުން ދެރަ ނިކަމެތި ހާލުގައި އުޅެންޖެހުމާއި، ލިބިފައިވާ ތައުލީމީ ފެންވަރު ނުވަތަ އަދާކުރުމަށް ލިބިފައިވާ ވަޒީފާގެ ސަބަބުން ދެރަ ނިކަމެތި ހާލަތުގައި މާލީ ތަނަވަސްކަމެއް ނެތި އަންހެނުން އުޅެން މަޖުބޫރުވާތަން ފެންނަ އިރު، އޭގެ ސަބަބުން އަންހެނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުވާތަން ފެނިގެންދާ ކަމަށެވެ.

އަދި ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ މައިންނާއި ޅަ ދަރިންނަށް ލިބުމުން މަހްރޫމްވެ ދަތި ހާލުގައި އުޅެންޖެހޭ ސަބަބެއްގެ ގޮތުގައި، އެކަނިވެރި މައިން، ގިނަފަހަރަށް ދަރިންގެ ހަރަދު ނުލިބި މާލީގޮތުން ކުރިމަތިކުރުވާ ގޮންޖެހުންތަކާއެކު، ތަހައްމަލުކުރާ ވޭނާއި ތަކުލީފުތަކާއެކު، ހެޔޮ ދިރިއުޅުމެއް އުޅެވޭނެ ބޯހިޔާވަހިކަމެއްވެސް ނެތި، އުޅެންޖެހޭކަަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ކަންކަމަށް ބަލާއިރު، އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތައް ހަައްލުވާންއޮތީ އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކާއި އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމާއި އިޖްތިމާއީ ހާލަތަށް ރިއާޔަތްކޮށް ފުޅާ ދާއިރާއެއްގައި އެކަންކަން ދިރާސާކުރެވިގެންކަމަށް ބުނެފައިވެއެވެ.

ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތަކުގައި، އަންހެން މީހާގެ ފުރާނައަށް ނުރައްކާވާ ފަހަރު އަންނަކަން ފާހަަގަކުރެވޭ ކަމަށާއި، އެފަދަ މައްސަލަތަކުގައި ގިނަފަހަރަށް އެ މައްސަލަ ދިމާވާ ފަރާތުގެ އިތުރުން އެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ހާއްސަގޮތެއްގައި ކުދަކުދިންނަށް އެކަމުގައި ދަތި އުނދަގޫ ތަހައްމަދު ކުރަންޖެހޭ ފަހަރު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ގައުމީ ފެންވަރުގައި އެ މައްސަލަ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ކުރަންޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ކުރުމަށް ސަރުކާރާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ހިތްވަރުގަދަ އަންހެނުންމާބަނޑު އަންހެނުންރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲރައްޔިތުންގެ މަޖިލިސްހެލްތު މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު