Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

ފޮތުގައި ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް އަށަގަންނުވަން ޖެހޭ އާދަތައް ބުނެދީފައިވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 10:43
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތަޢާރަފްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި ވާހަކަ ފޮތް ސީރީސް ކީ ސްޓްޖް 1 އަދި 2 ގެ ދަރިވަރުން ތަޢާރަފްކުރުމުގެ ގޮތުން މި ސްޓޭޖްތަކުގެ ދަރިވަރުން ކިޔަވަމުން އަންނަ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެން މިއަދު ޚާއްސަ ހަރަކާތެއް ކުރިއަށްގެންދާ ގޮތަށް އޮތީ ހަމަޖެހިފައެވެ. މިކަން ރަސްމީކޮށް ފެށުމުގެ ގޮތުން އާދިއްތަ ދުވަހުގެ ހެނދުނު މާލޭގެ ޢިއްޒުއްދީނު ސްކޫލްގައި ޚާއްސަ ހަފުލާއެއް ވަނީ ބާއްވާފައެވެ. މި ހަފުލާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަ ފޮތް ސީރީސް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ޙަސަންއެވެ.

Advertisement - newsAdvertisement

ޢިއްޒުއްދީނު ސްކޫލްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވަނީ ތަޢާރަފްކުރި ވާހަކަ ސީރީސްގެ ހުރިހާ ފޮތެއްވެސް ކިޔުމަށާއި އަދި އެއިން ކޮންމެ ވާހަކައަކުންވެސް ލިބޭ މެސެޖާ މެދު ވިސްނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި، އެ މެސެޖުތަކުގެ އެހީގައި އެހެން ކުދިންނާއި، މީހުން ލޯބިވާ ފަދަ ބަޔަކަށް ވުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުދިންނަށް ދިވެހި ގަޑީގައި ކުރިއަށްގެންދާ ކިޔުމާއި ގުޅޭ މަސައްކަތްތަކުގައި ވާހަކަ ފޮތްތައް ވީހާވެސް ގިނައިން ބޭނުންކުރެއްވުމަށާއި، އެ ވާހަކަ ފޮތްތަކުން ފޯރުކޮށްދޭ މެސެޖު ކުދިންނަށް ފަހުމްވާނެ ގޮތަކަށް މަސައްކަތްތައް ރާވައިދެއްވުމަށް ސްކޫލްތަކުގެ ދިވެހި މުދައްރިސުންގެ ކިބައިން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން އެދިވަޑައިގެންފައިވެއެވެ. . 

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް އަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަން ޖެހޭ އާދަތައް ބުނެދިނުމަށާއި، އެ އާދަތަކަށް އެކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ވާހަކަ ފޮތް ސީރީސް އެކެވެ. މި ސީރީސްގައި 6 ވާހަކަ ފޮތް ހިމެނޭނެ އެވެ. އަދި، މި ވާހަކަ ފޮތްތައް ކީ ސްޓޭޖް 1 އަދި 2 ގައި ކިޔަވާ ދަރިވަރުން ސްކޫލްތަކުގައި ތިބި ނިސްބަތުން ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ހަދިޔާކޮށްފައެވެ. 

"ގެވެށި ގުޅުން" ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް އެނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، މަޖައްލާ، ރޭޑިއޯ ޑްރާމާ ސީރީސް، ޓީވީ ޕްރޮގްރާމް ސީރީސް، ބުކްލެޓް، ޕޯސްޓަރ އަދި ބިލްބޯޑްފަދަ ތަކެތި ވަނީ ތައްޔާރުކޮށްފައެވެ. މީގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ ގޮތުންނާއި، ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަށްރަށުގައި މަޢުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން އެ މިނިސްޓްރީގެ ފަރާތުން އަންނަނީ ކުރަމުންނެވެ.   

މިނިސްޓްރީ އޮފް ޖެންޑަރގެވެށި ގުޅުން ކެމްޕޭން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި

ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި

15 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު