Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

6 ނޮވެމްބަރު 2023 | ހޯމަ 02:57

https://offenders.mv/ އިން ޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ދަފްތަރު ބަލާލެވޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ނޮވެމްބަރު 2023 | ހޯމަ 02:57
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި މަސައްކަތްކުރުމަށް ޓަކައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުން މުހިންމުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން އަދާހަމަކޮށް ބަލަހައްޓަމުން ގެންދާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވަނީ މި މަސައްކަތުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެ ދަފްތަރުގެ މަސައްކަތަކީ އެފަދަ ކުށްތަކާއި ދެކޮޅަށް ކުރާ މަސައްކަތުގައި ހަަމައެކަނި ފެށުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޕީ.ޖީ އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އެކު ކުރިއަށް ގެންދަންޖެހޭ ކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ދަފްތަރު، ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އަނިޔާ ލިބިފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޢުލޫމާތައި މި ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަކީ މިފަދަ އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައިވެސް ކުރުން ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ދަފްތަރު ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ ޕީ.ޖީ އޮފީހުގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކުގައެވެ. އެހެންކަމުން މިނިސްޓަރު ވަނީ އެކަން ފާހަގަކުރައްވާ ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމް އަދި ޕީ.ޖީ އޮފީހުގެ މުވައްޒަފުންނަށް އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޕީ.ޖީ އަލްއުސްތާޛް ހުސައިން ޝަމީމް ދެއްކެވި ވާހަކަފުޅުގައިވެސް ދަފްތަރުގެ މަސައްކަތަކީ އަދި ފެށުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދަފްތަރު ހަރުދަނާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކަމާގުޅުން ހުރި ހުރިހާ މުޢައްސަސާތަކަކުން އެއްގޮތަކަށް މަޢުލޫމާތުތައް ޝާޢިއުކުރެވިގެންދިއުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެ ކަން ވަނީ ފާހަގަކުރައްވާފައެވެ.

https://offenders.mv/އިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ބަލާލެވޭނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރޕީޖީ އޮފީސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
22 ޑިސެމްބަރު 2024

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

22 ޑިސެމްބަރު 2024
ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި
01 އޮކްޓޯބަރު 2024

ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

01 އޮކްޓޯބަރު 2024
ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް