Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަލް-މަލާންދް މިސްކިތް

ރަމަޟާން މަހަށް، މަހެއްވެސް ނެތް: ހުރި ހަމައެކަނި މިސްކިތްވަނީ ބިންހެލުމުގަ ސުންނާފަތިވެފަ!

މުޅި މިސްކިތް އޮތީ ބިމާ ހަމަވެފައި، ބިންހެލުން އައި ފަހުން 3 ހުކުރު ވެސް ކޮށްފައިވަނީ ބޭރުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 05:18
ބިންހެލުމަށްފަހު ހުރިހާ ނަމާދެއްވެސް ކުރަނީ މިސްކިތު ބޭރުގައި

ބިންހެލުމަށްފަހު ހުރިހާ ނަމާދެއްވެސް ކުރަނީ މިސްކިތު ބޭރުގައި

މުޅި އަހަރު ދުވަހުގެ ތެރޭގައިވެސް މުސްލިމު ޢުއްމަތާ ބައްދަލުކުރާ އެންމެ މާތް މައްސަރު ކަމަށް ވާ، ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމަށް، މަސްދުވަސްވެސް ދެން ނެތެވެ. އެމީހަކަށް ވީ ވަރަކުން، އެކި ގޮތް ގޮތުން، ރަމަޟާން މަހަށް ތައްޔާރު ވުމުގައި މުސްލިމު އަޚުންނާއި އުޚުތުން އަވަދި ނެތި އުޅޭ އިރު، ހެދޭނެ މާ ބޮޑު ގޮތެއް، ކުރެވޭނެ މާ ބޮޑު ކަމެއް ނެތި ފައި ތިބި އެތައް ބަޔަކުވެސް ތިބިކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ނަމުގައި އެކި ކަހަލަ ޕްރޮމޯޝަންތަކަށް ހެއްލި، ފައިސާތަކެއް ޚަރަދު ކުރަމުން ދާއިރު، އަޅުކަމުގެ މައިދާން ކަމުގައިވާ، ހުރުމަތްތެރިވެގެންވާ މިސްކިތެއްގެ މިންވަރު ނެތް ބަޔަކުވެސް އެބަ ތިބިކަން ހަނދާން ނައްތާނުލާށެވެ. މި ދައްކަނީ، ފެބުރުއަރީ 6 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުން ތަޖުރިބާ ކުރި ސޫރިޔާ ރައްޔިތުންގެ ވާހަކައެވެ. ސޫރިޔާޣެ ހުޅަނގު އުތުރުގެ ޕްރޮވިންސްއެއް ކަމަށް ވަ އިދްލީބުގައި އަދިވެސް މިސްކިތެއް ނެތެވެ.

ބިންހެލުމުގައި ހަލާކުވި އެއް ތަނަކީ އަލް-މަލާންދް މިސްކިތެވެ. މުޢައްޒިން ބަންގި ދިނުމުން، އިމާމްގެ ފަހަތުގައި ނަމާދު ކުރުމަށް ސޫރިޔާގެ މުސްލިމުން ޖަމާޢަތް ހެދީ، މިސްކިތުގެ ވެއްޓިފައިވާ ފާރުތަކުގެ ގާކުނޑިތައް ކައިރީގައެވެ. ހާމަ މަގުމަތީގައެވެ. ނިދުމާއި ހަނދާން ނެތުން ފިޔަވާ، ނަމާދަށް އުޒުރެއް ނެތެވެ. މާ ބޮޑަށް ހޫނުވެ، ދާހިތްލާނެތީ މިސްކިތަށް ނުގޮސް، ފިނި ކޮޓަރިތަކުގައި ތިބި މީހުން ޢިބުރަތް ހާސިލު ކުރަން ޖެހެއެވެ.

އަލް-މަލާންދް މިސްކިތުގެ އިމާމް، އާދިލް އަލް-ޝައިޚް ވިދާޅުވި ގޮތުގައި ބިންހެލުމަށްފަހު ހުރިހާ ނަމާދެއްވެސް ކުރަނީ އެގޮތަށް، މިސްކިތު ބޭރުގައެވެ.

އަވަށު ކައުންސިލުން ބުނި ގޮތުގައި، މިސްކިތާއެކު، އެ ސަރަޙައްދުން 200 އެއްހާ އިމާރާތް ވަނީ ސުންނާފަތިވެފައެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމާ ގުޅިގެން ސޫރިޔާއިން މަރުވި މީހުންގެ ޢަދަދު 6000 އާ ގާތް ކުރާއިރު، ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ތުރުކީވިލާތުން މަރުވި މީހުންގެ ޢަދަދު ބައި ލައްކައާ ގާތް ކުރެއެވެ.

އަލް-މަލާންދް މިސްކިތްސީރިޔާތުރުކީ-ސޫރިޔާ ބިންހެލުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު