Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ސެމީ ފައިނަލްގައި މެލޭޝިޔާއާ ދެކޮޅަށް ކުޅޭނީ މުޅިން ތަފާތު މެޗެއް: ވެލޯސޯ

ވެލޯސޯ ބުނީ، އަމިއްލަ ފަސް ގަނޑުގައި ކުޅޭއިރު، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2023 | އާދީއްތަ 04:26
ޤައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު ވެލޯސޯ

ޤައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު ވެލޯސޯ

މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މެލޭޝިޔާއާ ދެކޮޅަށް ކުޅޭނީ މުޅިން ތަފާތު މެޗެއް ކަމަށް، ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުގެ ކޯޗު ސާޖިއޯ ވެލޯސޯ ބުނެފި އެވެ.

ވެލޯސޯ މިހެން ބުނީ ލީގު ބުރުގައި އަފްޣާނިސްތާނާ ދެކޮޅަށް ކުޅެ، ރާއްޖެ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ވެލޯސޯ ބުނީ ބައެއް ޙާލަތްތަކުގައި އެގޮތަށް ކަންތައް ދިމާވާނެ ކަމަށެވެ. އަދި ކުޅުންތެރިންނަށް ވެސް ގޯސް ހެދޭނެ ކަމަށާއި، ހަމައެއާއެކު ކޯޗިން އޮފިޝަލުންނަށް ވެސް ގޯސްތަކެއް ހެދޭނެ ކަމަށެވެ. ވެލޯސޯ ބުނީ މެޗުގައި ތިބޭ ރެފްރީންގެ އަތުން ވެސް ގޯސްތަކެއް ދާނެ ކަމަށާއި، އެކަންކަމަކީ ކުޅިވަރުގެ ބައެއް ކަމަށެވެ. ނަމަވެސް، މެޗުގެ އެންމެ މުހިންމު ވަގުތުގައި ފަސް ގޯސް ހެދުމަކީ މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ ކަމެއް ކަމަށެވެ. ވެލޯސޯ ބުނީ ސެޓު ނިންމާލެވޭ ވަރުގެ ލީޑެއްގައި އޮއްވާ، ގޯސްތަކެއް ހެދިގެން ސެޓު ގެއްލުނީ ކަމަށެވެ. ނަމަވެސް މެޗުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާއި، ކުރި ހިތްވަރާމެދު އުފާވާ ކަމަށް ވެލޯސޯ ބުންޏެވެ. އޭނާ ބުނީ މެޗުގައި އަފްޣާނިސްތާނުން ދެ ސެޓު ކާމިޔާބު ކުރުމުން ރާއްޖެ އަށް ޖެހޭނީ ދެ ވަނަ ނުވަތަ ތިން ވަނައިގައި ސެމީ މެޗު ކުޅެންކަން އިނގުނު ކަމަށެވެ. ތިން ވަނަ ސެޓުގައި އެހެން ޒުވާން ކުޅުންތެރިނަށް ފުރުސަތު ދިނީ އެ ސަބަބަށްޓަކައިކަން ފާހަގަކޮށް، ވެލޯސޯ ބުނީ އެއީ އެ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

މީގެއިތުރުން ވެސް ވެލޯސޯ ބުނީ މެލޭޝިޔާއާ ދެކޮޅަށް ކުޅޭ ސެމީ މެޗު ކާމިޔާބުކޮށް، ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެގޮތުން ފުރަތަމަ މެޗުގައި މެލޭޝިޔާ އަތުން ބަލިވި ނަމަވެސް، ސެމީ މެޗާއި އެ މެޗާ ވަރަށް ތަފާތުވާނެ ކަމަށެވެ. ވެލޯސޯ ބުނީ ފުރަތަމަ މެޗުގައި ބަލިވީ ވެސް ލިބުނު ފުރުސަތުތައް އެންމެ ރަނގަޅު ގޮތުގައި ނިންމާނުލެވުމުން ކަމަށެވެ. އަދި އެ މެޗުގައި ރާއްޖެ އިން ރަސްމީ މުބާރާތެއް ނުކުޅޭތާ އަހަރެއްހާ ދުވަސް ފަހުން، ކުޅުނީ މި މުބާރާތް ކަމަށެވެ. އެހެންކަމުން ފުރަތަމަ މެޗުގައި އެ ޕްރެޝަރު ވެސް އޮތް ކަމަށް ކޯޗު ބުންޏެވެ. މީގެ އިތުރުން ވެލޯސޯ ބުނީ، އަމިއްލަ ފަސް ގަނޑުގައި ކުޅޭއިރު، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ސަޕޯޓަރުންގެ ކުރިމަތީގައި، އެ މީހުންގެ ސަޕޯޓާއެކު ކުޅޭއިރު އެކަން ޕޮސިޓިވްކޮށް ނެގުމަށް ކުޅުންތެރި ގާތުގައި ވެސް ބުނެފައިވާނެ ކަމަށެވެ.

ހަތަރު ޤައުމު ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ އިން މެލޭޝިޔާއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ އެވެ.

ފޯ ނޭޝަންސް ކަޕްގައުމީ ވޮލީބޯޅަ ޓީމުސާޖިއޯ ވެލޯސޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

21 އޮކްޓޯބަރު 2024
ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި

ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި

10 އޮކްޓޯބަރު 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު