Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ރަތަފަން ރައްޔިތުންނާއި ބައްދަލުކުރުން

ކުޑަ ރަށެއް، ބޮޑުރަށެއް ނުބަލައި، ރަށްރަށަށް ބޭނުންވާ މަޝްރޫއުތައް މި އަހަރު ފަށާނަން: ރައީސް

8 ޖެނުއަރީ 2025 | ބުދަ 06:46

މި އަހަރުގެ ބަޖެޓުގެ ތެރެއިން ބަލާނީ ވީހާ ވެސް ގިނަ ވައުދުތަކަކަށް އަމަލީ ސިފަ ގެނެސްދިނުމަށް އަމަލީ ގޮތުން މަސައްކަތް ފެށުމަށްކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 ޖެނުއަރީ 2025 | ބުދަ 06:46
ރައީސް މުއިއްޒު ރަތަފަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ.

ރައީސް މުއިއްޒު ރަތަފަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ.

ކުޑަރަށެއް އަދި ބޮޑު ރަށެއް ނުބަލައި، ހުރިހާ ރަށަކަށް ވެސް ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް މި އަހަރު ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުގެ ހެނދުނު ގދ. ރަތަފަންދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އަދި ސިޔާސަތަކީ ވެސް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި، ހަމަހަމަކަމާ އެކު ޚިދުމަތްތައް ދިނުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ރަތަފަންދުއަށް ވެސް ބޭނުންވަނީ އެންމެ އާބާދީ ބޮޑެތި ރަށްތަކަށް ވެސް ބޭނުންވާ ކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން އެކި ސަބަބުތަކާ ހުރެ ރަތަފަންދޫއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގައި ކުރިއަށް ނުގެންދެވި ހުރި އެ މަޝްރޫއުތައް މި އަހަރު ތެރޭ ފައްޓަވައިދެއްވާ އަމަލީ ސިފައެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރަތަފަންދޫގެ ރައްޔިތުންނަށް ދެއްވާކަމަށެވެ.

މި އަހަރުގެ ބަޖެޓުގެ ތެރެއިން ބަލާނީ ވީހާ ވެސް ގިނަ ވައުދުތަކަކަށް އަމަލީ ސިފަ ގެނެސްދިނުމަށް އަމަލީ ގޮތުން މަސައްކަތް ފެށުމަށްކަމަށާއި މި އަންނަ އަހަރު، އެގޮތަށް ނުފެށި ހުރި މަޝްރޫއުތައް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދެ އަހަރު ތެރޭގައި މިގޮތަށް ރަށްރަށުގައި ކުރަންޖެހިފައިހުރި ކަންކަން އަމަލީ ގޮތުން ހަމަ ހަގީގަތުގައި ވެސް ފަށައިދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަތަފަންދޫ ކައުންސިލްގެ އިމާރާތުގެ ހާލަތު ދަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 50 އެތައް ރަށެއްގައި ކައުންސިލްގެ އިމާރާތްތައް އެޅުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާއިރު އޭގެ ތެރޭގައި އެ ރަށް ވެސް ހިމެނޭ ކަމަށެވެ. ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ފަދައިން މި އަހަރު ތެރޭ ބަނދަރު ވެސް ހައްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ޒުވާނުންނަށް ވޮލީ ކޯޓަކާއި، ޔޫތު ސެންޓަރެއްގެ އިތުރުން ޖިމެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ރަށުގެ ސިއްޙީ މަރުކަޒު އިމާރާތުގެ ގޮތުންނާއި، މުވައްޒަފުންގެ ގޮތުން އަދި ވަސީލަތުގެ ގޮތުން ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަތަފަންދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ގާއިމުކޮށްދީ، ހުއްޓިފައިވާ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް މި އަހަރު ފައްޓަވައިދެއްވާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ތެރެއިން ފައިސާ ހަމަޖައްސަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހުވަދުއަތޮޅު ދެކުނުބުރިން އެމަނިކުފާނު އަންގާރަ ދުވަހު ވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީއަށް ވަޑައިގެންފައެވެ. ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުހަވުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް