Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

ހުޅުމާލޭގައި އިތުރު ކޮމިއުނިޓީ ސެންޓަރެއް ތަރައްގީ ކުރަނީ

26 ފެބުރުއަރީ 2023 | އާދީއްތަ 02:15

ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗްމަހުގެ 9 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ފެބުރުއަރީ 2023 | އާދީއްތަ 02:15
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ހުޅުމާލޭގައި އިތުރު ކޮމިއުނިޓީ ސެންޓަރެއް ތަރައްގީ ކުރުމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިިން ނިންމައިފިއެވެ.

އެ ކުންފުނިން ވަނީ މި ކޮމިއުނިޓީ ސެންޓަރު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް 2 ގެ އަމީން އެވެނިއުގެ ފުރަގަހުގައި އޮތް ސަރަހައްދުން 14000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއް ވަނީ މި މަޝްރޫއު ހިންގުމަށް ކަނޑައަޅައިފައެވެ.

Advertisement - newsAdvertisement

ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޮމިއުނިޓީ ސެންޓަރު ތަރައްގީކޮށް ހިންގާގޮތަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮޮތުގައި މި ސެންޓަރުގެ ގްރައުންޑް ފްލޯގައި ސިނަމާއަކާއި ކިއޯސްކް އޭރިއާއަކާއި ޕަބްލިކް އޭރިއާއެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ބުކްޝޮޕަކާއި ސްޕޯޓްސް އޭރިއާއެއް ހުންނާނެއެވެ. އަދި ތިންވަނަ ފަންގިފިލާގައި ލައިބްރަރީއެއް ހަދަން ހަމަޖެހިފައިވާއިރު ހަތަރުވަނަ ފަންގިފިލާގައި މަލްޓިޕާޕަސް ހޯލަކާއި ކޯ-ވޯކިންގ އޭރިއާއެއް ވެސް ހަދާނެއެވެ.

މި ސެންޓަރުގެ ޓެރަސް ހާއްސަ ކުރާނީ ތަފާތު ހަރަކާތްތައް ބޭއްވޭ ގޮތަށް އިވެންޓް ސްޕޭސްއެއް ގޮތަށްކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް 2 ގައި ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ ޢާއްމުންނަށް އެކި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗްމަހުގެ 9 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެޗްޑީސީގެ މައި އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށްވަނީ ހުޅުވާލާފައެވެ.

ހުޅުމާލޭ ނެއިބަރހުޑް 1 ގައި ވެސް ކޮމިއުނިޓީ ސެންޓަރެއް ހުރެއެވެ. މި ސެންޓަރަކީ ވެސް ތަފާތު ޚިދުމަތްތައް ލިބޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

އެޗްޑީސީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް