Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގަލްފް ފުޑް އެކްސްޕޯ

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

ގަލްފް ފުޑް އެކްސްޕޯގައި ދިވެހި އުފެއްދުންތަކެއް ދައްކާލާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ފެބުރުއަރީ 2023 | ހޮނިހިރު 11:24
ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯގެ ސްޓޯލް

ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯގެ ސްޓޯލް

ދިވެހިން އުފައްދާ ތަކެތި ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ހޯދިފައިވާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 20 އިން 24 އަށް ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދިޔަ ގަލްފް ފުޑް އެކްސްޕޯގައި، އެސްޓީއޯއިން ވަނީ ރާއްޖޭގެ ފަރާތުން ބައިވެރިވެ ދިވެހިންގެ ބައެއް އުފެއްދުންތައް ދައްކާލާފައެވެ. މިގޮތުން އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވެއެވެ.

މިކަމާއި ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަރނޭޝަނަލް ޓްރޭޑަށް ވަނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެފައިވާކަމަށެވެ.

މި އެކްސްޕޯގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ސްޓޯލްގައި ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް، ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވަރ އާއި ޗޮއިސް ވެޖިޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވެއެވެ.

އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށް އެސްޓީއޯއިން ބުނެއެވެ. މި އަހަރުގެ މި ފެއަރގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ.

މިއީ މި ފެއަރ ބާއްވާ 28 ވަނަ ފަހަރެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ގަލްފް ފުޑް އެކްސްޕޯ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
27 ފެބުރުއަރީ 2023

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

27 ފެބުރުއަރީ 2023
އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް
11 ޖެނުއަރީ 2023

ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި

11 ޖެނުއަރީ 2023
ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި
19 ޑިސެމްބަރު 2022

ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

19 ޑިސެމްބަރު 2022
ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ
16 ސެޕްޓެމްބަރު 2022

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

16 ސެޕްޓެމްބަރު 2022
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި
13 ސެޕްޓެމްބަރު 2022

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2022
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
16 ޖުލައި 2022

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
04 ޖުލައި 2022

ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ

04 ޖުލައި 2022
ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ
24 ޖޫން 2022

ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާއަށް ބޮޑުކޮށްފި

24 ޖޫން 2022
ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާއަށް ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު