Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަގުބޮޑުކޮށް ތެޔޮވިއްކުން

ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ

އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖުލައި 2022 | ހޯމަ 10:46
ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑް

ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑް

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ތެޔޮ ސަބްސިޑީއާއި އެކު އާންމު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކި ނަމަވެސް، އެ ފަރާތްތަކުން ބޮޑު އަގުގައި ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދާ ކަމަށާއި، އެކަން ހުއްޓުވަމަށް ތެޔޮ ދޫކުރާ މިންވަރު ލިމިޓްކުރުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިކަން ހުއްޓުވުމަށް ނިންމާފައިވަނީ، ދައުލަތުގެ މާލިއްޔާއިން ސަބްސިޑީގެ ގޮތުގައި ބޮޑު ހަރަދެއް ތެލަށް ކުުރުމަށްފަހު، ރައްޔިތުންނަށް މަންފާއެއް ހޯދާ ދިނުމަށް ކުރަމުންދާ މަސައްކަތުގެ ނާޖާއިޒް ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާތީ އެކަމުގެ ކަންބޮޑުވުމާއެކުއެވެ. އަމްރު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ޝެޑްތަކުންނާއި، މަސްވެރިންނަށާ، ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ލިބޭ އަގަށް ވުރެ ދަށް އަގެއްގައި ކަމަށެވެ. ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައި ކަމަށެވެ.

Advertisement - newsAdvertisement

މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އެހެންކަމުން، މިކަންހުއްޓުވާ އަދި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގަ އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގަ ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގައި މަސައްކަތްކުރުން ހުއްޓުވުމަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދުނުކުރެވޭނެ ވާހަކަ އަންގާފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 111 ޑޮލަރާއި 118 ޑޮލަރާއި ދެމެދު ގެ އަގެއްގައެވެ. އޯޕެކް މެންބަރު ގައުމުތަކުގައި މިވަގުތު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 107.66 ޑޮލަރާއި 118.74 ޑޮލަރާއި ދެމެދުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރައްޔިތުންނަށް ކަރަންޓް ދިނުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން އަންނަ ކަމަށެވެ. ސަބްސިޑައިޒް ކުރަމުން އަންނަ އިރު، ދައުލަތުގެ ބަޖެޓުގައި މި އަހަރު ޖަހާފައި އޮންނާނީ 341.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެއީ އޭރު ތެލުގެ އަގު، ދުނިޔޭގެ މާކެޓުގައި ހުރިވަރަށް ބަލާފައި ކަމަށެވެ. އެހެން ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، އިތުރަށް 1.6 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ދޭންޖެހޭ ކަމަށެވެ. އަދި މިހާވަރު ދޭންޖެހޭނީ ރައްޔިތުންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެ ބުރަ ނަގަމުން އަންނަ ކަމަށާއި، ތެލުގެ އަގު ބޮޑުނުކުރާ ކަމުގައިވާނަމަ، ސަރުކާރުން އެ ޚަރަދު ކުރަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދާދިނުމަށްޓަކައި ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށާއި، އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަދަލަށް ބަލާލާއިރު، ޕެޓްރޯލް ލީޓަރެއް 16.55ރ (ސޯޅަ ރުފިޔާ ފަންސާސް ފަސް ލާރި) އަދި ޑީސަލް ލީޓަރެއް 16.77ރ (ސޯޅަ ރުފިޔާ ހަތްދިހަ ހަތް ލާރި) އަށް ވިއްކުމަށް ވަނީ ނިންމާފައެވެ.

އެސްޓީއޯސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ތެލުގެ އަގުހުސެއިން އަމްރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު