Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޓީއޯ

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

މިފަދަ ގިނަ ޕްރޮޖެކްޓުތައް ހިންގަން ވަނީ ހަމަޖެހިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2022 | ހުކުރު 12:44
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރަނީ

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމްތައް ގާއިމްކޮށް، އެތަކެތި ބޭނުންކޮށްގެން އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފިއެވެ.

އެސްޓީއޯއިން އެ ކުންފުނީގެ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމްތައް ގާއިމް ކުރީ އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުންނެވެ. މިއީ މި އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހިންގި ޕައިލެޓް ޕްރޮޖެކްޓެކެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓުގެ ދަށުން ކާޑުގުދަނުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް، އިރުގެ ހަތަކައިން ކަރަންޓު އުފައްދައި އެ ގުދަނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދޭނެއެވެ. އަދި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެ ސިސްޓަމްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނަށް ވެސް ކަރަންޓު ފޯރުކޮށްދޭނެއެވެ. އެގޮތުން، އެ ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް އިރުގެ ހަކަތައިން ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދީފައި ވެއެެވެ.

އެސްޓީއޯއިން އެ ކުންފުނީގެ ކާޑު ގުދަން، ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށް ސޯލާ ޕީވީ ސިސްޓަމްތައް ގާއިމް ކުރުމުގެ މަސައްކަތް ފެށީ 17 ޖުލައި 2022 ގައެވެ. މި މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މަސައްކަތުގެ އިތުރުން ކާޑު ގުދަނުގައި ބޭނުންކުރާ ފޯކްލިފްޓުތައް ވެސް ވަނީ ބެޓަރީ އިން ދުއްވާ ފޯކްލިފްޓުތަކަށް ބަދަލުކޮށްފައެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ އެ ކުންފުނީގެ އެކި އިމާރާތްތަކުގައި އިއާދަކުރަނިވި ހަކަތަ ބެނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރު ޕްރޮޖެކްޓުތައް ހިންގުމަށް މަސައްކަތް ކުރަމުން ކަަމަށެވެ. އަދި ގްރީން އިނީޝިއޭޓިވްގެ ދަށުން ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ހިންގުމަށް ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އެ ކުންފުނިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތްތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތަށް ކުންފުނީގެ މަސައްކަތްތައް ބަދަލު ކުރުމަށެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)ސޯލާ ހަކަތަސޯލާ ޕީވީ ސިސްޓަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

29 ނޮވެމްބަރު 2023
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

28 ނޮވެމްބަރު 2023
ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

28 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު